ވަޒީފާގައި އަބަދު ކަހަލަ ގޮތަކަށް މާލޭގައި އުޅެން ޖެހުމުން އެކުއެކީ ކަހަލަ ގޮތަކަށް މިރަށް ދޫކޮށް އަނބިދަރިންނާއި އެކު މާލެއަށް ބަދަލްވި ވަރަށް ގާތް ދެއެކުވެރިންނެވެ. ދެ ގުރޫޕެއްގައި އުޅުނެއްކަމަކު ޢާންމުކޮށް ހެނދުނުގެ ސައިގަޑީގައި އެއްތަންވެލުމަކީ މި ދެމީހުންގެ އާދައެކެވެ. މިގޮތުން ހެނދުނުގެ ސަޔަށް ނުކުތް ދުވަހެކެވެ. ދެމީހުން ނުކުމެ ސައްލާކޮށްލުމަށްފަހު ނިންމީ ކުރީގެ ރައްޓެއްސަކު ހިންގާ ހޮޓަލަކަށް ދިއުމަށެވެ. ބައެއްފަހަރަށް ހިލޭ ސައިފޮދުފޮދުވެސް ލިބޭތީއެވެ. މިތަނުން އެކަކަށް މާ މީރު ކުޅިމަހެއްވެސް އެހޮޓަލުގައި ހުންނަކަމަށްވެއެވެ.
ކޮންމެއަކަސް ދެމީހުން ގޮސް ހޮޓަލަށްވަދެ ހަމަޖެހިލުމަށްފަހު ނަގާނެއެއްޗެއް ނުނިންމިފައި ތިއްބާ އެއްކަލަ ކުޅިމަސް މީރު މީހާއަށް ތަންކޮޅެއްދުރުގައި އެލުވާފައިހުރި ދޮންކެޔޮގަނޑެއް ފެނިއްޖެއެވެ.
"އޭ! ވަރަށް ފައްކާވާނެ އިނގޭ! ދޮންކޭލާ ރޮއްޓާ ކުޅިމަހާ!" މިހެން ބުނެފައި ދެވަށް ދޮންކެޔޮ ގެނައުމަށް ވެއިޓަރަށް އިޝާރާތްކުރަމުން އެ ފެށީ ރޮށިކޮށާށެވެ. އަނެއް މީހާވެސް މަސްހުންޏަކާއި ހުނިރޮއްޓެއް ގެނުވައިފިއެވެ.
ވެއިޓަރު ދެވަށް ދޮންކެޔޮ ހިފައިގެން އައީމައި ކުޅިމަސްވެސް ގެންނާށޭ ބުނެފިއެވެ. އޭނާ މި ބަލަނީއޭ ބުނެފައި އިރުކޮޅަކުން އައިސް ކުޅިމަހެއް ނެތޭ ބުނެފިއެވެ. އެއިރު ކުޅިމަހާ ދޮންކޭލާ ރޮއްޓާ ކާހިތުން އެކަކު މީއިނީ ރޮށި ކޮށައި ދޮންކޭލާވެސް އެއްކޮށްގެންނެވެ.
"ނެތޭ!! ވަރަށް ސަކަރާތްވީ ތި އިނގޭ! ދޭބަލަ އަޅެ ތެލި ފޫކަހާލައިގެން ނަމަވެސް އެތިކޮޅެއް އަތުވޭތޯ" ކުޅިމަސް ކާހިތުން އިން މީހާ މިހެން ބުނިގޮތުން އެކުގައި އައި މީހާއާއި ވެއިޓަރު ގާތަށްވެސް ހިނިއަތުވެއްޖެއެވެ. އާ އެހެންނަ! ދޮންކެޔޮގަނޑު ފެނިފައި ހައްޓަކު ހެއެއް ނެތްވިއްޔާއެވެ. ކުޅިމަހެއް އެހެން އެއްޗެއް ހުރިތޯ ނެތްތޯވެސް ނުބަލައި އަވަހަށް ބެލީ ރޮށި މޮޑެވޭތޯވިއްޔާއެވެ.
އެންމެފަހުން ކުޅިމަސް ކަހަލަ އެހެން އެއްޗެއް ނެތްހޭ އެހީމައި ވެއިޓަރު ބުންޏެވެ.
"ޕެކެޓު ބިސް ހުންނަނީ"
"ޕެކެޓު ބިހޭ!!" ދެމީހުންނަށް ވެސް އަހައިލެވުނީ އެއްފަހަރާއެވެ.
"އާނ ފްރެޝްކޮށް ހުންނަނީ" ވެއިޓަރު މިހެން ބުނީމައި ކުޅިމަސް ކާހިތުން އިންމީހާ ހިތަށްއެރިއެވެ. މިވީ މާ ރަނގަޅަކަށެވެ. އެވާނީ ދޮންބިހާއި ލަގޮނޑިއާ އެއްޗެތި ކުޅިކޮށް ހަދާފައި ހުރީކަމަށެވެ.
"އަހަނ! ތިޔަވާހަކައެއް ނުބުނަމެއްނު ކުރިޔަކުން! އަވަހަށްގެނޭ! ތިޔަ މާ ފައްކާވާނެއޭ!" ތެދެކެވެ. ފައްކާކަން މޫނުމަތިންވެސް އެނގުނެވެ. ކުރިން ކަރުއެލިފައި އިނެއްކަމަކު މިހާރު މޫޑުވެސް ރަނގަޅުވެއްޖެއެވެ. އެކުގައި އައިސްއިން ރަހުމަތްތެރިޔާވެސް އެއީ ތެދެކޭ އަވަސްކުރާށޭ ބުނެފިއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ. ކުޅިމަސް ކާންއުޅޭ އެކުވެރިޔާއަށް ދިމާވިގޮތުން އޭނާވެސް އިނީ ފަށަން ނުކެރިފައެވެ.
ދެންތޯއެވެ. ވެއިޓަރު ތައްޓަކަށް 'ޕެކެޓު ބިސް' އަޅައިގެން އަތުވެއްޖެއެވެ. އެކަމަކު 'ޕެކެޓު ބިސް' ފެނިފައި އެކަކު ގާތަށް އައީ ހިންޏެވެ. އަނެކަކު އައީ ރުޅިއެވެ. ތިޔައިން ބޭފުޅެއް ނަމަ އަދި ވާނެގޮތެއްވެސް ނޭނގެއެވެ.
"މީ ޕެކެޓު ބިސް؟ އޭނ!!" ވެއިޓަރު ގެނައި ތައްޓާއި ދިމާއަށް އިނގިލި ދިއްކޮށްފައި، ދޮންކެޔޮ މޮޑެގެން އިން މީހާ އެހިއެވެ.
"ބުނަން! މީ ޕެކެޓު ބިހެއްނޫން! އެނގިއްޖެ! ތިޔަށް އަހަރެމެން ކިޔަނީ 'ބޭކެޑް ބީންސް'!" އެފަކީރު ހުރީ ވަރަށް ރުޅިއައިއްސައެވެ. އަނެކަކު ހަމަ ކަކަކަކަ އަޅާފައި ހެނީއެވެ.
ދޮގެއްވާނުނެވެ. ހަނާކުރި ދޮންބިހާއި، މެޔާއި، ލަނގޮޑިއާއި ކާހިތުން ރޮށިމޮޑެ، އަދި ނުވިތާކަށް ބަނޑުހައިވެފައި އިންދައި 'ޕެކެޓު ބިސް' ގެނައީމައި އަޅުގަނޑަށް ނަމަވެސް ވާނީ މިކަހަލަގޮތެކެވެ.

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ