• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

މުސްލިމުންގެ ފައިން ޗިސްކުރެވެމުން އެދަނީ މާތް ﷲ ގެ މަތިވެރި އިސްމުފުޅެވެ

Posted by Shall3y on Saturday, February 05, 2011 No comments


މާތް ﷲ ގެ އުސްމުފުޅަށް ޙުރުމަތްރެތިކޮށް ހިތުމަކީ ވާޖިބުކަމެއްކަމަށް ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ ނަމަވެސް މިއަދު މަގުމައްޗަށް ނިކުތުމުން ކުއްލިއަކަށް ފެނުނީ ޤައުމަށް ތަރައްޤީއާއި ތަހުޒީބު ގެނެސްދިނުމަށް ފޫގަޅާފައިވާ އަބުޠާލުން އެމީހުންގެ ކެންޕޭނުގައި ބޭނުންކުރަމުންދާ ލީފްލެޓްފަދަ ތަކެތީގައި ﷲ ގެ އިސްމުފުޅުތައް ލިޔެ އެތަކެތި މަގުމައްޗަށް މީސްތަކުންގެ ފައިތިލަ ދޮށަށް ވަރަށް އިހާނެތި ގޮތަކަށް އުކާލެވިފައިވާ މަންޒަރެވެ. ކިހާ ހިތާމަވެރި މަންޒަރެއްތޯއެވެ. ސައްތައިންސައްތަ މުސްލިމު ޤައުމެއްގައި މުސްލިމުންގެ ފައިން ޗިސްކުރެވެމުން އެދަނީ މާތް ﷲ ގެ މަތިވެރި އިސްމުފުޅެވެ. ކަންމިހެންހުރި އިރު ކޮންމެ ޖަމާޢަތެއްގެ ކޮންމެ މީހަކީވެސް އިސްލާމްދީނަށްޓަކައި ޤުރުބާންވުމުގެ ނަމުގައި ރައްޔިތުންގެ ކުރިމައްޗަށް ނިކުމެހުރި މީހެކެވެ.

މާތް ﷲ ގެ ވަޙީ ބަސްފުޅުގައި ވެއެވެ. ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّـهِ فَإِنَّهَا مِن تَقْوَى الْقُلُوبِ (الحج : 32) މާނައީ " ކަންހުރިމަގީ އެއީއެވެ. އަދި ﷲ ގެ ޝިޢާރުތަކަށް މާތްކޮށްހިތާމީހާ ދަންނާށެވެ! ފަހެ އެކަންތައްވަނީ ހިތްތަކުގެ ތަޤުވާވެރިކަމުގެ ތެރެއިންނެވެ."

ވީމާ މިފަދަ ކަންކަމަށް ސަމާލުވުމަށް ދިވެހިރާޖޭގެ އެންމެހާ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނަށް އިލްތިމާސްކުރަމެވެ. އަދި ޢާންމު ރައްޔިތުންވެސް މިތަކެތި ނަގައި މާތް ﷲ ގެ އިސްމުފުޅު ކަނޑައި ނައްތާލުމަށް ނަޞޭޙަތްތެރި ވަމެވެ

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments