މިއީ ޑރ. ސ. ޗަންދްރަސޭކަރަން ސައުތްއޭޝިއަން އެނާލިސިސް ގްރޫޕް އަށް ލިޔެފައިވާ ރިޕޯރޓެއްގެ ދިވެހި ތަރުޖަމާއެވެ.މި ލިޔުން ދިވެހި ބަހަށް ތަރުޖަމާ ކުރީ ޖޭ.އެސް ފަރަޑޭސް.
ރާއްޖޭގައި ބޭއްވުނު ތާރީޚީ ލޯކަލް ކައުންސިލް އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާ އަދި ރަސްމީކޮށް އިޢުލާންކޮށްފައި ނުވިނަމަވެސް އިންތިޚާބުގެ ނަތީޖާ ނިމޭނެގޮތް މިހާރު ވަނީ އެނގިބަޔާންވެފައެވެ. މިއިންތިޚާބުގައި ސިޓީ ކައުންސިލްތައް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕ) އިން ކާމިޔާބުކުރި ނަމަވެސް ގިނަ ކައުންސިލްތަކާއި ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ކަމަށް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ވަނީ ދައްކާފައެވެ.
ފާހަގަކޮށްލަންޖެހޭ ޙަޤީޤަތަކީ ރާއްޖޭގެ ކުރީގެ ރައީސް އަދި ޑީއާރްޕީގެ ޒަޢީމް މައުމޫން ޢަބްދުލްޤައްޔޫމްގެ ވިދާޅުވެފައިވާގޮތާއި ޚިލާފަށް ރާއްޖެއިން އެމްޑީޕީގެ ކުލަ، ރީނދޫ ކުލަ ފޮހެވިގެން ނުދާކަމެވެ. އަދި ކިއެއްތަ މި އިންތިޚާބުގެ ސަބަބުން ރީނދޫކުލަޔަށް އިތުރު އޮފްދާރުކަމެއް ގެނެސްދިނެވެ.
ރަށްތަކުގެ ދެމެދުގައި ހުރި މުވާސަލާތީ އެކިއެކި ދަތިތަކާއި އަދި އެހެނިހެންކަންކަމާއި ހުރެ، ލާމަރްކަޒީ އުސޫލުން އިދާރީކަންކަން ބަހައިލުމަކީ ދިމުޤްރާތީ ވެރިކަން ކުރުމަށް އައު ޤާނޫނު އަސާސީގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވާ ކަމެކެވެ. އަދި މިކަން ވަނީ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ތަފްސީލްކޮށްވަނީ ބަޔާންކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާގެ ބޮޑުކަމުންނާއި އަދި މިއިންތިޚާބު ބޭއްވުމުގެ އަސްލު ބޭނުމާއި ބެހޭގޮތުން އެހާބޮޑަށް ރައްޔިތުން އަހުލުވެރިކުރެވިފައި ނުވުމުގެ ސަބަބުން މީގެ ކުރީގައި ދެކެވިފައި އޮތީ އިންތިޚާބުން އެންމެ އެދެވޭ ނަތިޖާއެއް ނުނެރެވި އިންތިޚާބު ފެއިލްވުން އެކަށީގެންވާކަމަށެވެ. އަދި އެހެންމެ އިންތިޚާބު ބޭއްވޭ ގިނަ ހިސާބުތަކުގައި ހަމަނުޖެހުން ހިނގައިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. ނަމަވެސް ކަންހިނގައިފާވަނީ މިހުރިހާ ހީތަކާއި ބިރުތަކާއި ދިމާ އިދިކޮޅަށެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި ކޮމަންވެލްތުގެ ދެ އޮބްޒަރވަރުންވަނީ އިންތިޚާބުގައި ކަންހިނގާދާގޮތް ފިސާރި ރަނގަޅަށް ބަލައިފައެވެ.
1100 މަޤާމަށް 4400 ކެންޑިޑޭޓުން ރަށު ކައުންސިލަށާއި، އަތޮޅު ކައުންސިލަށާއި އަދި މާލެއާއި އައްޑޫގައި ސިޓީ ކައުންސިލްއަށް ކުރިމަތިލާފައިވެއެވެ. އައްޑޫގައި ސިޓީ ކައުންސިލް ނުބޭއްވޭނެކަމަށް ސިވިލް ކޯޓުންނާއި އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އެންމެ ފަހު ހިނދިކޮޅުގައި ސުޕްރީމް ކޯޓުން ބާތިލު ކޮށް އައްޑޫގައިވަނީ އިންތިޚާބު ބާއްވާފައެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ސިޓީކައުންސިލްގެ 11 ގޮނޑީގެތެރެއިން މާލޭ ސިޓީ ކައުންސިލްގެ 9 ގޮނޑީގެ އަޣްލަބިއްޔަތެއް އެމްޑީޕީއިން ކާމިޔާބުކޮށްފައިވާއިރު ޑީއާރްޕީއަށް މިދާއިރާގައި ކާމިޔާބުކުރެވުނީ 2 ގޮނޑިއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގައި ހުރިހާ ގޮނޑިއެއްވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީއެވެ
އެންމެ ފަހުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރަށުކައުންސިލްގައި ޑީއާރްޕީ އިން ކާމިޔާބުކޮށްފައިވަނީ 428 ގޮނޑިއެވެ. ރަށުކައުންސިލްގައި އެމްޑީޕީ އިން ކާމިޔާބުކޮށްފައިވަނީ 321 ގޮނޑިއެވެ. އަދި އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓުންނަށް ލިބިފައިވަނީ 150 ގޮނޑިއެވެ. އެހެން ޕާޓީތަކަށް ބަލާއިރު ރަށުކައުންސިލްގައި މުޅިއަކު ލިބިފައިވަނީ 26 ގޮނޑިއެވެއިންތިޚާބުގައި އެމް.ޑީ.ޕީއިން ހާސިލްކޮށްފައިވާ ކާމިޔާބާއި ގުޅިގެން، ރައީސް މުޙަންމަދު ނަޝީދު، އެމް.ޑީ.ޕީ ގެ ރައީސް އިބްރާހީމް ޙުސައިން ޒަކީއަށާއި، އެމް.ޑީ.ޕީ ގެ ޗެއަރޕާރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދއަށް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބަކީ އަދުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ސަރުކާރަށާއި އަދި ބައިނަލްލަޤުވާމީ މުޖްތަމަޢުއަށް ދެއްކުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއްކަމަށް އިންތިޚާބު ބޭއްވުމުގެ ދެދުވަހެއްވަރު ކުރިން އިދިކޮޅު ލީޑަރު އަޙްމަދު ތަސްމީނު ޢަލީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ” އަދުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން” ދައްކާފައެއްނުވެއެވެ. މިއާ ޚިލާފަށް، އިންތިޚާބުގެ މިނިވަންކަމާއި އަދި އިންސާފުވެރިކަމުގެ ސަބަބުންނާއި ރާއްޖޭގެ ރަށްތަކަށް ދިމުޤްރާތީ ވެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންދާ ގިނަ މަސައްކަތްތަކުގެ ސަބަނުން އަދުގެ ސަރުކާރުގެ ތާޢީދު ވަނީ އިތުރަށް ފުޅާވެފައެވެ.
ކުރީގެ ރައީސް މައުމޫނު ސިޔާސީ މައިދާން އެކީ ދޫކޮށްލީކަމަށް ވިދާޅުވެފައިއޮއްވާ ކުއްލިއަކަށް ސިޔާސީ މައިދާނަށް އަލުން ވަޑައިގަތުމީ މި އިންތިޚާބުގައި ދިމާވި އެންމެ ހައިރާންކުރަނިވި އެއްކަމެވެ. ބުނެވޭ ގޮތުގައި ޒަޢީމް މައުމޫނު މިގޮތަށް ކަންތައްކުރެއްވީ ޑީއާރްޕީއިން ބޭރުކޮށްފައިވާ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށް ތާޢީދުކުރެއްވުމުގެ ގޮތުންނެވެ. ރާއްޖޭގައި ޑިމޮކްރަސީ ވަނީ ހައިޖެކްކޮށްފައިކަމަށާއި، ދިމުޤްރާތީ ވެރިކަމެއް މިހާރު ރާއްޖޭގައި ނެތްކަމަށާއި، އަދި ރީނދޫކުލަ ރާއްޖޭގެ އުދަރެހުން ފޮހެލެވިއްޖެކަމަށް ވިދާޅުވީވެސް ހަމަ މި މަނިކުފާނެވެ. ނަމަވެސް އެންމެންވެސް ދަންނަ ޙަޤީޤަތަކީ މިމަނިކުފާނަކީ މިފަދައިން ފާޑުކިއުންތައް ރައްދުކުރުމުގައި އެންމެ ދުރުގައި ހުންނަންޖެހޭ މަނިކުފާނުކަމެވެ. ޑީއާރްޕީ އިން ކާމިޔާބު ނުވިތާނގައި، މައުމޫނުގެ ޢަމަލުތަކަށް ދެރަވެ ހިތާމަކުރުމަށް މިއީ އެމަނިކުފާނަށް އެންމެ އެކަށޭނޭ ދަނޑިވަޅެކެވެ.
މިހިނގައިދިޔަ އިންތިޚާބުން ހާމަކޮށްދީފައިވާ އަނެއްކަމަކީ ރާއްޖޭހެ ސިޔާސީ ކުރިމަގު އޮތީ ހަމައެކަނި އެމްޑީޕީއާއި ޑީއާރްޕީއަށް ކަމަށެވެ. އަދި އެހެން ޕާޓީތަކުގެ ވިދުން މިއަދު މިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެކީ ފަނޑުވެ އަނދިރިވެފައެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ކާރިސާއާއި އަޅާބަލާއިރު ލާމަރުކަޒީ އުސޫލުން ރާއްޖޭގައި ވެރިކަންކުރުމަށް ބޮޑު ހޭދައެއްކުރަންޖެހޭނެއެވެ. ރާއްޖޭގެ ރަށްތަކުގެ ތަރައްޤީއާއި ލާބަޔަށް މިއީ ހަމަޔަޤީނުންވެސް ބޭކާރު ވެގެންދާނެ ޚަރަދަކަށް ހަމަހިލާ ނުވާނެއެވެ.








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ