• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

މިއަދަކީ ލޯބިވެރިންގެ ލޯބިވެރިންގެ ދުވަހޭ. އާ ބިޓެއް ނުނަގަންތަ؟ އާކޮށްލަން ވާނެއެއްނު ދޯ

Posted by faradays on Monday, February 14, 2011 No comments

”އޭ, މިއަދަކީ ލޯބިވެރިންގެ ލޯބިވެރިންގެ ދުވަހޭ. އާ ބިޓެއް ނުނަގަންތަ؟ އާކޮށްލަން ވާނެއެއްނު ދޯ؟ ކޮންމެ އަހަރަކުވެސް ވާނެ އާ ކޮށްލަން.“ ދަންނަ ރަހުމަތްތެރިއަކު އިއްޔެ ދިމާވެގެން ބުންޏެވެ.
ހައިރާންވި އެވެ. އަޅުގަނޑުގެ އުމުރުންވެސް މިހާރު 28 ވަރަކަށް އަހަރުވެގެން ދަނީ އެވެ. އަދި ވެސް އެބުނާ ލޯބިވެރިންގެ ދުވަހެއް ދުވަހަކުވެސް ފާހަގަކުރެވިފައެއް ނުވެ އެވެ. ކީއްވެ ކަމެއް ނޭނގެ އެވެ. މަންމަ އަޅުގަނޑަކަށް ބުނެއެއްވެސް ނުދެވެ. ފަހަރެއްގައި މަންމަ އަށްވެސް ނޭނގެނީ ކަމަށް ވެދާނެ އެވެ. ކޮންމެ ގޮތެއް ވިޔަސް ސުވާލު އުފެދުނެވެ. އެބުނާ ލޯބިވެރިންގެ ދުވަހެއްގެ ހަގީގަތް ހޯދާލަން ބޭނުންވި އެވެ.

ލޯބިވެރިންގެ ދުވަސް(ވެލަންޓައިންސް ޑޭ) އަކީ ކޮބާ؟
އެގިފައިވާ ގޮތުގައި ވެލަންޓައިންސް ޑޭއަކީ ގަދީމީ ރޫމީން ފާހަގަ ކުރައްފެށި ހަފްލާ އެކެވެ. އެއީ 17 ވަނަ ގަރުނު ކުރިން ބުދުދީނުގެ އަހުލުވެރިންގެ ގޮތުގައި ވަނިކޮށެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ” އެއީ ރޫހާނީ ލޯތްބެކެވެ.“ މިހާރުވެސް ބައެއް ވެލަންޓައިންސް ކާޑުތަކުގައި ކިޕިއުޓު (ދެވަރަލާފައި ދުނި ދަޑިއަކާއި ތީރުތަކެއް ހިފައިގެން ވާކުޑަކުއްޖެއް.) ގެ ކުރެހުންތަކެއް ވެއެވެ. މިއީ ބުދަށް އަޅުކަންކޮށް އުޅުނު ރޫމީންގެ ”ލޯބީގެ ކަލާންގެ އެވެ.“
ރޫސީންގެ މިހަރަކާތް އެމީހުން ނަޞާރާދީނަށް ބަދަލުވުމަށް ފަހުގައި ވެސް މިހަފްލާތައް ފާހަގަ ކުރަމުން ދިޔަ އެވެ. އެހެންނަމަވެސް އެއީ ފާދިރީ ވެލަންޓައިން އަށް ނިސްބަތްކޮށް ޝަހީދުންގެ ލޯބީގެ ގޮތުގަ އެވެ.

ފާދިރީ ވެލަންޓައިން އާއި މިހަފްލާ ހުރި ގުޅުން.
ފާދިރީ ވެލަންޓައިން އަކީ ނަޞާރާދީނުގެ ފައްޅީގެ ކުރީގެ ދެ ޝަހީދުނަށް ދެވިފައި ނަމެކެވެ. ބުނެވޭ ގޮތުގައި އެނަން ކިޔާފައި ވަނީ ދެމީހަކު ނުވަތަ އެކަކަށެވެ. ރޫމީން ނަޞާރާ ދީނަށް އެބުރުމަށް ފަހު އެދީން ވަރުގަދައަށް ފެތުރުމުން, މީލާދީން ތިންވަނަ ގަރުނުގައި ރޫމީންގެ ވެރިއަކަށް ހުރި އިމްބްރާތޫރް ކްލޯޑިއަސް އެމީހުންގެ ސިފައިންނަށް ކައިވެނި ނުކުރެވޭ ގޮތަށް ހަމަޖެއްސި އެވެ. މި ނިންމުމާ ފާދިރީ ވެލަންޓައިން އިދިކޮޅުވެ, އަދި ސިއްރުން ސިފައިންނަށް ކައިވެނިކޮށްދޭން ފެށި އެވެ. ނަތީޖާއަކަށްވީ އެމީހުންގެ ވެރިމީހަކަށް ހުރި އިމްބްރާތޫރްއަށް އެކަން އެގި, ފާދިރީ ވެލެންޓިއިން ޖަލަށް ލުމަށްފަހު މެރުމަށް ހުކުމް ކުރުމެވެ. ޖަލުގައި ހުރި ދުވަސްވަރު ފާދިރީ ވެލެންޓިއިން ޖަލު ބަލަހައްޓާމީހާގެ އަންހެން ދަރިފުޅާއި ހިތާވި އެވެ. އެހެންނަމަވެސް އެއީ ސިއްރުންނެވެ. އެއީ ނަޞާރާއިންގެ ގާތުގައި އެމީހުންގެ ފާދިރީން ކައިވެނި ކުރުމައި އަދި ލޯބިވުމަކީ ވެސް ހަރާމް ކަމެކެވެ. ނަޞާރާއިންގެ ގާތުގައި މިފާދިރީއަކީ ވަރަށް މަތިވެރިމީހެކެވެ. ސަބަބަކީ މީނާ ޖަލުގައި ހޭދަކުރި ދުވަސްވަރު ނަޞާރާދީން ދޫކޮށް ރޫމީންގެ ބުދު ކަލާނގެތަކަށް ރުޖޫއަ ވެއްޖެނަމަ އޭނާ ޖަލުން މާފުކޮށް, ވެރިކަމުގައި ހުރި އިމްބްރާތޫރްގެ އަންހެން ދަރިފުޅާއި ކައިވެނިކޮށްދޭނެ ކަމަށް ބުނުމުންވެސް އޭނާ އެކަމަށް އިންކާރުކޮށް ނަޞާރާދީން ހިޔާރުކޮށްފައި ވާތީ އެވެ. ފާދިރީ ވެލަންޓައިން މިކަމަށް އިންކާރު ކުރުމުން މީލާދީން 14 ފެބުއަރީ 270 ގައި އޭނާ މަރާލެވުނެވެ.
ލޯބިވެރިންގެ ދުވަސް ފާހަގަ ކުރަން ފެށިފައި ވަނީ އޭނާ މަރާލަން އޮތް ދުވަހު ގަނޑުކޮޅެއްގައި އޭނާ ލޯބިވި އަންހެންކުއްޖާ ބެހެއްޓި އޯގާތެރިކަމާއި ގާތްކަމަށް ޝުކުރު އަދާކޮށް, އެގަނޑުކޮޅުގައި ”ލޯބިވާ ވެލަންޓައިންގެ ފަރާތުން“ މިހެން ލިޔެ އެކަނޑުކޮޅެއް ބޭއްވުމުން ނެވެ. އެހެންވެ, ނަސާރާއިން މިދުވަސް ވެލަންޓައިންސް ޑޭގެ ނަމުން ނަންދީ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ފެއްޓިއެވެ.

މުސްލިމުން މިދުވަސް ފާހަގަ ކުރުން ހުއްދަތަ؟
ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުމާއި މެދު ވާހަކަ ދައްކަވަމުން މިސްރުގެ އަޒުހަރު ޔުނިވާރސިޓީން ކިޔަވާވިދާޅުވެ, މިހާރު މިސްރުގައި ޕީއެޗްޑީއަށް ކިޔަވާވިދާޅުވާ މުހައްމަދު މޫސާ ވިދާޅުވީ ލޯބިވެރިން ގެ ދުވަހަކީ މުސްލިމުން ފާހަގަކުރަންޖެހޭ ދުވަހެއް ނޫންކަމަށެވެ.
”ލޯބިވެރިންގެ ދުވަހަކީ އަޅުގަނޑުމެން ދީނުގައި އެއްގޮތަކަށް ވެސް ފާހަގަ ކުރަން އޮންނަ ދުވަހެއް ނޫން. އަޅުގަނޑުމެން ދީނުގައި ފާހަގަ ކުރަންވީ ދުވަސްތައް އެބައޮވޭ ކަނޑައެޅިގެން ބަޔާންކޮށްފައި.“ މިހާރު މިސްރުގައި ޕީއެޗްޑީއަށް ކިޔަވައި ވިދާޅުވަމުން އަންނަ މުހައްމަދު މޫސާ ވިދާޅުވި އެވެ.
މުހައްމަދު މޫސާ ވިދާޅުވީ އެހެންދީނެއްގެ ބަޔަކު ކަމެއް ފާހަގަ ކުރިނަމަވެސް އަޅުގަނޑުމެން އެކަމުގެ ތެރެއަށް އިިސްލާމުން ވަންނަށް ނުޖެހޭނެ ކަމަށާއި އެހެން ދީނެއްގެ ބަޔަކު ފާހަގަ ކުރާ ކަމެއް އަޅުގަނޑުމެން ފާހަގަ ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments