• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އިސްލާމީ ޤައުމަކުން އުފެދުނު ހުދުމުޚުތާރު ވެރިޔަކު، ރައްޔިތުން މައިދާނަކަށް ނިކުމެ ފުރަތަމަ ބަދަލުކޮށްލީ މިރާއްޖޭގައި

Posted by faradays on Sunday, February 20, 2011 No comments

ޤާހިރާގެ ތަޙްރީރު މައިދާނުގައި ފެނިގެން އެދިޔައީ އިއްޔެ ފުރަމާލޭގެ ޖުމްހޫރީ މައިދާނުގައި ފެނިގެންދިޔަ މަންޒަރު ކަމަށް ރައީސުލްޖުމްހުރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރެއްވެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދުނިޔޭގެ އެހެން ޤައުމުތަކުގެ އިލްމުވެރިންނަށާއި ދަރިވަރުންނަށް ރާއްޖެއިން ހޯދައި ދިރާސާ ކުރެވެންހުރި ކަންކަމަށް ބައްލަވައިލައްވަމުންނެވެ
ރައީސް ނަޝީދު ވިދާޅުވީ ތިމާވެށްޓާއި އިއާދަކުރަނިވި ހަކަތަ އާއި ކަނޑުތަކާއި ފަރުތަކުގެ އިލްމީ ހޯދުންތަކާއި ދިރާސާތަކުގެ  އިތުރަށް މިރާއްޖެއިން ދުނިޔެއަށް ފެންނަންއޮތް، އަދި ހޯދުންތައް ހޯދައި، ބެލެވިދާނެ އެންމެ މުހިންމު އެއް ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވަނީ، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ރައްޔިތުން އެބައިމީހުންގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށްލުމުގައި އެކި ދާއިރާއާ އެކި ރޮނގުން ކޮށްފައިވާ ސުލްހަވެރި މަސައްކަތް ކަމަށެވެ
” އިސްލާމީ ޤައުމަކުން އުފެދުނު ހުދުމުޚުތާރު ވެރިޔަކު، ރައްޔިތުން މައިދާނަކަށް ނިކުމެ ފުރަތަމަ ބަދަލުކޮށްލީ މިރާއްޖޭގައި. އިސްލާމީ ދުނިޔޭގެ އެންމެ ނަންހުރި އެފަދަ ޤައުމެއް ދެން ހިންގަވާން އޮތީ، މިރާއްޖޭގެ ރައްޔިތުން މި އިސްލާމީ ޤައުމަށް އެކަށައެޅި މަގުތަކުން. ” ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ
ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ މިކުޑަކުޑަ އިސްލާމީ ޤައުމުން މަގުދައްކަން ލިބުނު ޑިމޮކްރަސީ އަށަގެންނުވުމުގައި މިރާއްޖޭގެ އެކި މުއައްސަސާތަކުންނާއި، މިޤައުމީ ޔުނިވަރސިޓީއިން ކުރިމަތިލައްވާ ޖަދަލުތަކާއި، ހޯއްދަވާ ކުރިއެރުންތައް، އިރާދަފުޅާއެކު ދެން ވެގެންދާނީ އެހެން އިސްލާމީ ޤައުމުތަކަށް ހުރި ޗާލޫ އަދި ރިވެތި މިސާލުތަކަކަށް ކަމަށެވެ.
ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހައިރު ވިދާޅުވީ ރައީސް ނަޝީދު އެ އިޝާރާތް ކުރެއްވެވީ 2003 ވަނަ އަހަރު ސެޕްޓެމްބަރު 19 ވަނަ ދުވަހު މާފުށީ ޖަލުގައި ހިންގި ބަޑިޖެހުމުގެ ހާދިސާތަކާ އޭގެ ކުރީ ރޭ ޖަލުގައި އީވާން ނަސީމް މަރައިލުމުން ހިތްވަރު ލިބިގެން ރައްޔިތުން ޑިމޮކްރަސީއަށް ބާރުލައި ކުރަންފެށި މަސައްކަތްތަކުން ހިތްވަރު ލިބި އޮގަސްޓް ،12 13 ގައި ޖުމްހޫރީ މައިދާނަށް އެއްވިއެއްވުމަށް ކަމަށެވެ.
” އެދުވަހު ސިފައިން ނެރެ ޑިމޮކްރަސީއަށް ގޮވާލި މީހުން ހިފައި ހައްޔަރުކޮށް އަދަބުވެސް ދިން. ނަމަވެސް އިޞްލާޙަށް މަސައްކަތްކުރި މީހުން މަސައްކަތްކުރީ ޞުލްހަވެރިކަމާއެކު. ހަމަ އެމައިދާނަށްވެސް އެކި ފަހަރުމަތިން ދިއައީ ޞުލްޙަވެރިކަމާއެކު އެއްވަމުން. އަދި މިއަދު މިފެންނަ ކާމިޔާބީ ހާޞިލު ކުރެވުނީވެސް ޞުލްޙަވެރިކަމާއެކު ކުރި މަސައްކަތްތަކުން. އެހެންކަމުން ރާއްޖޭގެ ރައްޔިތުން ޑިމޮކްރަސިއަށް އެދި ޞުލްހަވެރިކަމާއެކު ކުރި މަސައްކަތް ދުނިޔޭގެ ޤައުމުތަކުން ވަނީ ވަރަށް ބޮޑަށް ބަލައިގެންފައި” ކަމަށާ އެކަމުގެ ތައުރީފް ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންދާކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ
ޑިމޮކްރަސީއަށް އެދި މިޞުރުގެ މަގުތަކަށް އެއްވި މީހުންނަށް މިޞުރުގެ ސިފައިން ވަނީ ބޯފެނާއި ކާބޯތަކެތި ދީ އެހީތެރިކަން ފޯރުކޮށްދީފައެވެ

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments