• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ލަންދޫގެ 05 ކައުންސިލަރުން އަންނަ ހޮނިހިރު ދުވަހު ހުވާކުރަނީ

Posted by faradays on Wednesday, February 23, 2011 No comments

ކައުންސިލަރުން އަންނަ ހޮނިހިރު ދުވަހު ހުވާކުރާނެ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން އާންމުކުރުމާއި ގުޅިގެން ލަންދޫގެ ކައުންސިލަށް ހޮވުނު 05 ކައުންސިލަރުން ހުވާކުރުން ހޮނިހިރު ދުވަހު 11 ޖަހާއިރު ލަންދޫ ސުކޫލުގައި އޮންނާނެ ކަމަށް ލަންދޫ ރަށުކައުންސިލްގެ އިދާރާ ވަގުތީގޮތުން ހިންގުމާއި ހަވާލްވެހުންނެވި ހަސަން ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ކައުންސިލަރުން ހުވާކުރާތާ 01 ގަޑިއިރު ފަހުން ކައުންސިލްގެ މަގާމްތަށް އައްޔަން ކުރުމަށް ކައުންސިލަރުންގެ މެދުގައި ޖަލްސާއެއް ބޭއްވޭނެ ކަމަށާއި މި ތާރީހީދަރުބާރުގެ ރިޔާސަތު ބަލަހައްޓަވާނީ ވެސް އެބޭފުޅާ ކަމަށް ނުސީދާ ގޮތެއްގައި މި ބްލޮގަށް ދިން އިންޓަވިއުއެއްގައި ދާދި ދެންމެއަކު ވިދާޅުވިއެވެ.ކައުންސިލުން ކައުންސިލްގެ ރައީސް އައްޔަންކުރުމުން ރައީސަށް ރިޔާސަތު ހަވާލްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.ކައުންސިލަށް ހުވާ ލާދެއްވާނީ ކެނދިކުޅުދޫ ކޯޓްގެ މެޖިސްޓްރޭޓް ކަމަށް މައުލޫމާތުލިބެއެވެ.
ހޯމްމިނިސްޓްރީއިން މިކަން އާންމުކޮށް ނެރުނު ބަޔާނަށް ރިއާޔަތް ކުރުން

އިއްޔެ ހޯމް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވީ ހިނދު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އިޢުލާން ކުރައްވާފައިވާ ރަށާއި، އަތޮޅާއި، ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުން މަގާމުގެ ހުވާކުރެއްވުން 26 ފެބްރުއަރީ 2011 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 ން ފެށިގެން ރާއްޖޭގެ ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައި އޮންނާނެއެވެ. ރަށުކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އެކައުންސިލެއް ނިސްބަތްވާ ރަށެއްގައެވެ. އަތޮޅު ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އެއަތޮޅެއްގެ ވެރިކަންކުރާ ރަށެއްގައެވެ. އައްޑޫ ސިޓީ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ސ.ހިތަދޫގައެވެ. މާލޭ ސިޓީ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާލޭގައި" ބަޔާނުގައި ބުނެފައިވެއެވެ.
ވެރިކަމުގެ ބާރުތައް ރައްޔިތުންނާ ހިއްސާކޮށް، ސަރުކާރުން ރައްޔިތުންނަށްދޭ ޚިދުމަތްތައް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށްޓަކައި ފުރަތަމަ ފަހަރަށް އިންތިޚާބުކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމުގެ ތާރީޚީ ދަރުބާރުތަކުގައި ވީހާވެސް ގިނަ ރައްޔިތުން އެކުވެރިކަމާއި ޤައުމީ ރޫޙުގައި ބައިވެރިވެވަޑައި ގެންދެއްވުމަކީ ދިވެހި ސަރުކާރުގެ ވަރަށް ބޮޑު އެދުމެއްކަމަށްވެސް ހޯމް މިނިސްޓަރ ހަސަން އަފީފް ސޮއި ކުރައްވާ ނެރުއްވާފައިވާ ބަޔާނުގައި ވެއެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments