• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

މިއީ ސިޔާސީ ވުމެއް ނޫނެވެ. މިއީ މުރުތައްދު ވުމުގެ ސިފައެކެވެ.

Posted by faradays on Friday, February 04, 2011 No comments

މާތްﷲ ގެ ކުޅަދުންވަންތަކަމުގެ މަތިވެރިކަމުން އެކަލާނގެ އުފައްދަވާ އަޅުގަނޑުމެންނަށް ރިޒުޤު ކުރައްވާފައިވާ ތަކެތީގައިވަނީ ތަފާތު ކުލަތައް ޖައްސަވާ އެކުލަތަކަކީ އެ އެއްޗަކަށް އެންމެ ގުޅޭ އެންމެ ކަމުދާ ކުލަ ކަމުގައި ލައްވާފައެވެ. މަތީގައިވާ ފޮޓޯއިން އެފެންނަނީ މާތްﷲ ގެ ކުޅަދުންވަންތަކަމުގެ މިއުސޫލަށް ގޮންޖަހާ އެބައި މީހުން އެކަނލާންގެއަށް މަލާމާތްކުރުން ނޫން ފަހެ ކޮންކަމެއް ބާއެވެ. މިއީ  ރަށެއްގެ މަދު ބޭފުޅުންކޮޅެއްގެ ނަމަވެސް ހާލަތު އަދު ހުރި ގޮތެވެ.

މި މަޒުމޫނު ލިޔަން ފަށަމުން އިޝާރާތްކުރި ފޮޓޯ ގަނޑުގެ ވާހަކައިގައި އެވާފަދަ ދަށު ދަރަޖައިގެ ވިސްނުން ގެންގުޅޭ އެތައް ބަޔަކު މިރާއްޖޭގައި، މިއަތޮޅުގައި އަދި މިރަށުގައިވެސް އެބައުޅެއެވެ. އެގޮތުން ކައްކަން ބޭނުންކުރާ “ރީނދޫ” ބޭނުން ނުކުރުމާއި ދޮންރުކު ކުރުނބާ ނުބުއިމާއި ސްކޫލަށް ދަރިވަރުން ގެންދާ ކުލަފޮށިން ރީނދޫކުލަ އުނިކޮށްފައި ދަރިން ފޮނުވުން ހިމެނެއެވެ. މިހެން ގޮސް މިފަދަ އެތައް ކަމެއް ލިސްޓްކުރެވެން އެބަހުއްޓެވެ. މިދެންނެވި ފަދަ ގޮތަށް ޢަމަލުތައް ބަހައްޓަވާ ބޭފުޅުންނަކީ “ޔެލޯ ފޯބިއާ” ނުވަތަ ރީނދޫ ކުލަދެކެ ބިރުގަންނަ ބައެއް ކަމަށް އަޅުގަނޑަށް ސިފަކުރެވެއެވެ.
ސިޔާސީ މައިދާނުގައި ކަންކަން ހިނގަންވީ މިފަދަ ގޮތަކަށްބާވައެވެ؟ އެއްބަޔަކު ނޫކުލަ ދެކެ ބިރުގަނެފައި އަނެއް ބަޔަކު ރީނދޫކުލަ ދެކެ ބިރުން އުޅެން ޖެހޭބާވައެވެ؟ ނޫކުލައިގެ ކަނޑުތެރެއިން އޮޑި ދުއްވާފައި ދާއިރު އޮޑީގެ ކުރީގައި އެހެން އުޅަނދެއް އޮވެގެން ކަނޑުގައި ރީނދޫކުލަ ޖައްސަމުން ދިއުން މިއީ ބުއްދިވެރި ހަމަޖެހޭ ކަމެއްބާވައެވެ؟ ދޮންކެޔޮލާއި ދޮންއަނބާއި ދޮންފަޅޮލުން ރީނދޫކުލަ ކަނޑުވައި ނޫކުލަ ލައިގެން އުޅުންމިއީ ޤުދުރަތީ ޤާނޫނަށް މަލާމާތްކޮށް ފުރައްސާރަ ކުރުން ނޫންބާވައެވެ؟ ކާން ގެންގުޅޭ ކާނާއާއި ތަށި ސަމުސާ ނޫކުލައިން ނުވަތަ ރީނދޫ ކުލައިން ބެހެއްޓުން މިއީ ކޮންމެހެންވެސް ކުރުން ލާޒިމު ކަމެއް ބާވައެވެ؟ އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހިން މިއަށްވުރެން ބޮޑަށް ސިޔާސީ މައިދާނުގައި އަރާއަރަފޯދެން ވެއްޖެއެވެ. އެހެންނޫނީ މިވެވެނީ ސިޔާސީއެއް ނޫނެވެ. މިވެވެނީ މުރުތައްދުނޫން އެހެން ކޮންކަމެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ.
ނަމަވެސް އަޅުގަނޑުމެންނަށް މިއަދު އުފާވެރިކަން ލިބެނީ މިފަދަ ބޯދާ ވިސްނުންތައް ދޫކޮށް، މާޒީއަކީ މާޒީކަން ގަބޫލުކުރާ މީހުން ގިނަވަމުންދާ ކަމުންނެވެ. އަޅުގަނޑުމެންނަށް ހިންހަމަ ޖެހުން ލިބެނީ މިއަތޮޅުގެ ރައްޔިތުން ވެސް މަޑުމަޑުން ޒަމާނީ ޑިމޮކްރަސީއަށް ލޯހުޅުވި އެ ޑިމޮކްރަސީ ދަންނަ މީހުންގެ ފަހަތުން މަސައްކަތްކުރުމަށް ތެދުވަމުންދާތީއެވެ. އަޅުގަނޑުމެންނަށް ޖޯޝް އަންނަނީ މި ސަރުކާރާއެކު ރާއްޖޭގެ ޒުވާން ޖީލު ވާތީއެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments