• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އަނބިމީހާގެ ............ ބޭނުންކޮށްފިނަމަ ވަރިވާނެތޯއެވެ؟

Posted by Shall3y on Friday, February 18, 2011 2 comments


އަނބިމީހާގެ ފުރަގަސްފަރާތް ބޭނުންކޮށްފިނަމަ ނުވަތަ އަނބިމީހާ ހިލޭފިރިހެނަކާއިއެކު ޖިންސީގުޅުން ހިންގައިފިނަމަ ވަރިވާނެތޯއެވެ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
އަނބިމީހާގެ ފުރަގަސް ބޭނުން ކުރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އެއީ ކުފުރެކެވެ. އެއީ ލަޢުނަތް ލިބިގެންވާ ކަމެކެވެ.

أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ.
(( مَلْعُونٌ مَنْ أَتَى امْرَأَتَهُ فِي دُبُرِهَا )) سنن أبى داود ( صحيح أبي داود، ج 6، ص 375) މާނައީ: "ތިބާގެ އަނބިމީހާގެ ފުރަގަސް ފަރާތަށް ކާރިވެއްޖެ މީހަކީ މަލްޢޫނެކެވެ." الألباني މިހަދީޘް 'ހަސަން' (ރަނގަޅު) ކަމުގައި ވިދާޅުވެފައިވެއެވެ.

އަދިވެސް أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. (( لَا يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَى رَجُلٍ جَامَعَ امْرَأَتَهُ فِي دُبُرِهَا)) سنن ابن ماجه، (ج 6، ص 44). މާނައީ: "އަނބިމީހާގެ ފުރަގަސްފަރާތާއި ޖިމާޢުވެއްޖެ މީހާއަށް ﷲ ޢައްޒަވަޖައްލަ (އެކަލާނގެ ރަޙުމަތުގެ ބެއްލެވުމުން) ނުބައްލަވާނެއެވެ." الألباني މިހަދީޘް ޞައްޙަކަމުގައި ވިދާޅުވެފައިވެއެވެ. (صحيح الجامع، رقم: 7802).

އަދިވެސް أبو هريرة رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. ((مَنْ أَتَى حَائِضًا أَوْ امْرَأَةً فِي دُبُرِهَا أَوْ كَاهِنًا فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ)) މާނައީ: "ޙައިޟުވެރިއާ އާއި ކައިރިވެއްޖެ (ޖިމާޢުވެއްޖެ) މީހާ އާއި އަންހެނާގެ ފުރަގަސް ފަރާތް ބޭނުން ކޮށްފި މީހާ އާއި ކާހިނެއްގެ ގާތަށް އަތުވައްޖެ މީހާ ހަމަ ކަށަވަރުން ގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރު ވެއްޖެއެވެ." މިހަދީޘް الترمذي އާއި ابن ماجه އަދިވެސް އިތުރު އިމާމުން ރިވާކުރައްވާފައި ވެއެވެ. އަދި الألباني ޞައްހަ ކަމުގައި ވިދާޅުވެފައިވެއެވެ. (مشكاة، ج 1، ص 120). އެ ޢަމަލު ކުރާ މީހާ މިއްލަތުން ބޭރުވެ، މުރުތައްދު ނުވިއަކަސް އެއީ ކުފުރުގެ ޢަމަލެވެ.

ޒިނޭ ކުރުމަކީވެސް އެއްމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ވަކިން ޚާއްސަކޮށް ކައިވެންޏަށް ފަހުގައި ޒިނޭ ކުރުމުގެ ފާފަ ވަކިން ބޮޑުވެގެން ވެއެވެ. އަނބިމީހާގެ ފުރަގަސްފަރާތަށް އައުމާ ނުވަތަ ޒިނޭ ކުރުމަކީ ނުބައިވެގެންވާ ބޮޑު ދެ ފާފައެއް ކަމަކު އެއީ ވަރިވާކަމެއް ނޫނެވެ. ވަރިވާނީ ވަރި ކޮށްފި ނަމައެވެ. ނަމަވެސް މިއިން ފާފައެއް ކުރެވިއްޖެ މީހާ ވަގުތުން ތައުބާ ނުވެއްޖެ ނަމަ އަދި އެކަމުގެ މަތީގައި ދެމިހުރި ނަމަ އެފަދަ މީހަކާއި އިނދެގެން އުޅުމަކީ ހުއްދަކަމެއް ނޫނެވެ. އެފަދަ މީހާގެ އާއި ވަކިވާން ޖެހޭނެއެވެ. އެފަދަ ޢަމަލެއް ކުރެވިއްޖެ މީހަކު ލަސްނުކޮށް އަވަހަށް ތައުބާވުމަކީ ވާޖިބެކެވެ. ތައުބާވުމުން އެމީހާގެ ފާފަ މާތް ﷲ ފުއްސަވާނެއެވެ.

والله أعلم وبالله التوفيق وصلى الله على محمد وآله وصحبه وسلم

2 comments:

aslu faraday ge liyunthah varah kamudhey ekam midhen kaaku liyaa ehchehtha faraday asl saamaraa ge agu hifehehtumah takaa avahah mikan islaahu kurey

subuhaaanahu... tihrey ahaaage hiyaaalu hunna fenvaru.. islaaamakah filaaavalhe libeeyfadha liyume hmenyma tihen nubuney.

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments