ފޮޓޯގައިވަނީ އިންޑިއާ ކުއްޖެކެވެ. މިކުއްޖާގެ ހަށިގަނޑުގައިވާ އިތުރު ގުނަވަންތައް ވަކިކުރުމަށް އޭނާ ބޭނުންވެ އެވެ. އިތުރު ގުނަވަންތަކާއެކު ދިރިއުޅުން ވެފައިވަނީ، އޭނާއަށް ނުހަނު ދަތި އުނދަގޫ ކަމަކަށެވެ.
މިކުއްޖާގެ ހަށިގަނޑުގައިވާ އިތުރު ގުނަވަންތަކަކީ، މިކުއްޖާއާ އެއްމާބަނޑު އަޚެއްގެ ގުނަވަންތަކެކެވެ. އެ ކުއްޖާ ފުރިހަމައަށް ހެދިބޮޑުނުވުމުގެ ނަތީޖާއަކަށްވީ، އެކުއްޖާގެ ގުނަވަންތައް މިކުއްޖާގެ ހަށިގަނޑާ ގުޅުމެވެ.
މިކުއްޖާގެ ހަށިގަނޑުގައިވާ އިތުރު ގުނަވަންތަކަކީ، މިކުއްޖާއާ އެއްމާބަނޑު އަޚެއްގެ ގުނަވަންތަކެކެވެ. އެ ކުއްޖާ ފުރިހަމައަށް ހެދިބޮޑުނުވުމުގެ ނަތީޖާއަކަށްވީ، އެކުއްޖާގެ ގުނަވަންތައް މިކުއްޖާގެ ހަށިގަނޑާ ގުޅުމެވެ.
މިކުއްޖާ އުފަންވިއިރު، ހައެއްކަ ގަޑިއިރު ނޫނީ ދުނިޔޭގައި ނޯންނާނެ ކަމަށް ޑަކުޓަރުން ލަފާކުރި އެވެ. ނަމަވެސް ކަންތައްވީ ޑަކުޓަރުން ލަފާކުރި ގޮތަކަށް ނޫނެވެ.
ސާމަރާ ލައިވުގެ ހާއްސަ މަންދޫބެއްގެ ގޮތުން މި ވަގުތު އިންޑިޔާގައި ހުންނެވި ރިޕޯޓަރ އާއިލާ އާއި ހަވާލާދެއްވަާ ދާދި ދެންމެއަކު ވިދާޅުވީ މިކުއްޖާއާ ކުރިމަތިވާ އެންމެ ބޮޑު އެއް މުޞީބާތަކީ، ރަށްފުށު މީހުން އޭނާއަށް އަޅުކަންކުރުމެވެ. އިންޑިއާގެ ރަށްފުށުގެ ހޭލުންތެރިކަންކުޑަ ހިސާބު މީހުން ހީކުރަނީ، އޭނާއަކީ އެމީހުންގެ އިލާހުންތަކުގެ ތެރެއިން ގުނަވަންތައް ގިނަކަމަށް ސިފަކުރެވިފައިވާ އިލާހެއް ކަމަށެވެ.
ނަމަވެސް މިއަށްވުރެ ބޮޑު އެހެން މުޞީބާތެއް ވެ އެވެ. އެހެން ގޮތަކަށް ވިސްނާ މީހުންގެ ނަޒަރުގައި މިކުއްޖާއަކީ ބޮޑު ޝައިޠާނެކެވެ. އެމީހުން އެއްވެސް ރަޙުމެއް ނެތި، އޭނާގެ ގައިގައި ގަލުން ވެސް ތަޅައެވެ. މިހެންވެ، އޭނާ އުޅެން ޖެހެނީ ފިލަފިލައިގެންނެވެ.








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ