ކަރު ކަނޑައި ބުރިކޮށްލުމަށް ފަހު ވެސް ދެތިން ވިންދެއް ޖަހާ
މަރުވެފައިވާ މައްޔިތެއްމީ، އެކު ނުވެވި އަދި ހުރި ފަހާ
މަރުވެފައިވާ މައްޔިތެއްމީ، އެކު ނުވެވި އަދި ހުރި ފަހާ
އިރު ކަނޑާ ކުއްތަންވެލައި، ބޯލައިފި ކަނޑު އެއްކޯވަރުން،
މުރަކަޔާ އެތަކެއް ދިރުން، މާލައިފިޔޭ، ހުރިހާ މަހާ
ޙުރުމަތާ ކުލުނާއި އިޙްސާނުން ފުރައި ތުން ބަނދެލި ހިތް،
ބުރުއަޅާފައި އައިސް ޖަހައިގެންފިޔެ ވަގަކު އެ ނުވެސް މޮހާ
ސުވަރުގޭގައި ހެދުނު ފިނިފެންމަލުގެ ފަރި ގުލްޒާރުތައް،
އުވަވަޅެއްގެ ތެރަށް ޖަހައިފި މަށަންދަތިން އަޅުވާ ކަހާ
ފިރުމަމުން ހިނިތުންވަމުން އައި ފެހި ރަބީޢުން ދިރުވިބިން،
ނިރުތަކަށް ދަންދެން، މަރައި އެއްކޮށްފި ހަނަފަސް ހިރަފުހާ
އުދުހެމުން ޖައްވުގެ ތެރޭ ދާ ފެންވިލާތައް ވެސް ހެމުން،
ދުޖުލަތާ އަދި ނީލަށޭ ހުރިހާ ފެނެއް އެލަނީ ބަހާ
ރަތުރަނުގެ ކޮށްޓަކުތެރޭ ގަނޑުވަރަކު ބޮޑުވި ގުރާފުޅެއް،
އަތުލި ޞައްޔާދަކު ރޮލަށް އެ ހަފައިފި ރަޙްމެއް ނެތް ކިހާ
ޢާޝިޤީ މައިދާނުގާ ފަރުހާދު ހުއްޓާ ކުޅިބަލަން،
ފާސިޤަކު އޭނާގެ ވިއްކާލައިފި، ގޮސް ލަގަނާ އަހާ
ކާއިނާތަށް ރޫޙު ގެނުވާ ތަރިތަކާއި ހަނދަށް ބުނަން،
ޚާއިނުންނާ ޒާލިމުން ދަންނާށެ....ސިފަޔާ، ކުލަ ވަހާ
ޢާލަމަށް ބުނެދެންހެ ޢިޝްޤުގެ ތަޖުރިބާގެ ފިލާވަޅެއް
ހާލި ދޫކޮށް ދޫނި ދާނެޔެ އެސޮރުމެން ނިމުމުން ވިހާ








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ