އޭރު އެންމެ ކައިރީގައެވެ. ނޭފަތާއި ނޭފަތް ޖެހޭ ހިސާބުގައެވެ.
އޭރު އުފަލުން މަގޭ އަތުގައި ހިފާ ހިނިތުން ވެލިއެވެ.
އޭރު، އަހަންނަށް ދިރިއުޅުމުގެ މަޤާޞިދު ދަސްކޮށްދިނެވެ.
އަހަންނަށް ހިނިތުންވާން ދަސްކޮށްދިނެވެ. ދުނިޔެ ޖަރީކޮށް ދިނެވެ.
ފިނި ނޭވާލުމަށް ފުރުޞަތު ދިނެވެ. ހުރިހާ އުފަލެއް ހޯދައި ދިނެވެ.
ދުނިޔޭގައި އަހަރެން މީ، މީހެއްކަން އަންގައިދިނެވެ. ހިތްވަރުންނެވެ.
ހިނިތުންވާން ދަސްކޮށްދިނުމަށްފަހު، އަހަރެން ތި ރޮއްވަނީއެވެ.
ފިރުމާދިނުމަށްފަހު، ދޫކޮށްލުމުން، ހިތުގެ ރިހުން އިތުރުވަނީއެވެ.
އަތުގާ ހިފާ ވަކި ހިސާބަކަށް އައިސް ދޫކޮށްލުމުން މަގު އޮޅިއްޖެއެވެ.
އެއީވެސް ރެއެކެވެ. އެ އަނދިރި ހަނި ދޭތެރޭގައި އުފާކުރީމެވެ.
އަހަރެންގެ އުގުގައި އިނދެ ކަލާ އަހަންނަށް ދިން އުފާ މަތިން ހަނދާންވަނީއެވެ.
ލޯބީގެ ފިނިފޮނި އަރާމް އަލަށްވެސް ދަސްކޮށްދިނީ ކަލާއެވެ.
ތެދެކެވެ. ނަގޫރޯޅިއެއް އައުމުގެ ކުރިން ވައިމަޑުވެ، ކަނޑުމަޑުވެ ތެމާއަޅާއެވެ.
ދިރިއުޅުންވެސް ދަނީ ހަމަ އެހެންނެވެ. ހިތަށް އަރައެވެ. ކަލާ ދިޔައީ ކީއްވެގެން ހެއްޔެވެ؟
އިންސާނަކަށް އުފާދިނުމަށްފަހު، އެއުފަލުން މަޙްރޫމްވުމަކީ ބޮޑޫ ވޭނެކެވެ. އެކަން އެނގޭ ހެއްޔެވެ؟
އަހަރެން ވިސްނަމެވެ. ދެލޯމަރާލާ ކޮންމެ ފަހަރަކު ކަލާގެ މޫނު ފެނެއެވެ.
އެރޭ އެތަނުގައި ވީ ކަންތައް، ސިކުނޑީގައި ދައުރުވެއެވެ. ހާދަ މަޖަލެވެ.
އަލަށް ލޯބި ދަސްކޮށްދީފަ، އިންސާނަކު ދޫކޮށްލުމުން އޭނާ ލޯބީގައި މޮޔަވާނެއެވެ.
ތެދެކެވެ. އަހަރެން ޝަކުވާ ކުރާކަށްނެތީމެވެ. އަހަންނަށްވެސް އަވަސް އަރުވާލެވުނީއެވެ.
ތީ ކާކުކަން ބަލާ ނުލެވުނީއެވެ. ވާނީވެސް އެހެންނެވެ. ލޯބި އިންސާނާ ހޯދާނެއެވެ.
ކޮންމެ ތަނަކުން ނަމަވެސް، ޙަޤީޤީ ލޯބި އިންސާނާއާއި ބައްދަލުކުރާނެއެވެ. އެކަމަކު..
ފެންނަ އިރަށް ލޯބިވެ ތިމާދެކެ ލޯބިނުވާމީހަކު ފަހަތުން ދުވާން ވެއްޖެނަމަ، ވާނީވެސް މިހެންނެވެ.
ފުތަރަމަ ފެންނަވަގުތުވެސް ކަންފަތައް އިވޭނީ އެހެން ފިރިހެނެއްގެ ލޯބީގެ މެސެޖެއް ކަލާގެ ފޯނަށް އަންނައަޑެވެ.

2 comments:
އޯއް ސަޅި ފަރަޑޭ އަސްލު ވަރަށް ގަދަ
ޔޫ ތީ ހާދަ ގަދަ މީހެކޭދޯ.އަސްލު ހުރިހާ ކަމަކަށްވެސް ތިހުންނަނީ ދެން އަސް ލު ޔޫ..... މީއަށް ވަރަށް ކަމުދޭ
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ