• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ގިނައަދަދެއްގެ މަސްތުވާތަކެތި ގެންގުޅުނު މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

Posted by faradays on Wednesday, March 16, 2011 No comments


މުޙައްމަދު ރަޝީދު ޢބްދުލްބާޤިރު / މާލެ މުނިސްޕަލްޓީ ދަފްތަރު 1307، 50 އަހަރު – ފޮޓޯ:ޕޮލިސް
މިމަހު 12 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި 93.9 ގްރާމްގެ މަސްތުވާތަކެއްޗާއެކު 50 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެއެވެ. މިމައްސަލަ އާ ގުޅިގެން ފުލުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ މުޙައްމަދު ރަޝީދު ޢަބްދުލްބާޤިރު / ދަފްތަރު 1307 (50އ) އެވެ.

އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ކުޑަކަމުދާތަކެތި ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެމްއޯޕީއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމެންޓް ޑިޕަރޓްމެންޓް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޖިނާޙް ވިދާޅުވިއެވެ. އަދި މީނާއަކީ 2007 ވަނަ އަހަރު 8 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި ބައިވެރިވިކަމުގެ ތުހުމަތުކުރެވިފައިވާ މީހެއްކަމަށް ޖިނާޙް ވިދާޅުވިއެވެ.

އަދި މީގެއިތުރުން މިމަހު 10 ވަނަދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއެއް ބަލާފާސްކުރުމުގެ ތެރޭގައި، އެގޭ 6 ވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި 50 ސެލޯފިންކޮޅާއި، މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްއަޅާފައިހުރި ފިލްމުހުސްކުރި ދަޅެއް ފެނިފައިވާ ކަމަށާއ މިމައްސަލަ އާ ގުޅިގެން އެގެއިން 31 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވެސް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޖިނާޙް ވިދާޅުވިއެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments