• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ޖަޕާނަށްއައި ދުނިޔެ ސިއްސުވާލި ބިންހެލުމާއި އެރި ސުނާމީ

Posted by faradays on Monday, March 14, 2011 No comments



” ޖަޕާންގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކަށް އިތުރު ލޮޅުންތަކެއް އަރަމުންދާކަމުގެ ޚަބަރުވަނީ ލިބިފައެވެ. “
ޖަޕާން މިއަދު ކުރިމަތިވި ޤުދުރަތީ ކާރިސާގެ ސަބަބުން ރާއްޖޭގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް ޑރ.ވަހީދު ވަނީ، ޖަޕާންގެ ބޮޑުވަޒީރަށް ހަމްދަރުދީގެ މެސެޖެއްފޮނުއްވާފައެވެ.

ޖަޕާންގެ ސުނާމީ އެރި ސަރަހައްދުގައި ދިވެހި 2 އާއިލާއެއް ދިރިއުޅެމުންދިޔަ ކަމުގެ ޚަބަރުވަނީ ލިބިފައެވެ. މިދެއާއިލާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވެއެވެ. މީގެ އިތުރުން 4 އާއިލާއެއްގެ ހާލު ރަގަޅުކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދިވެސް އިތުރު 18 އާއިލާއަކާއި ގުޅުމުގެ މަސައްކަތްކުރަމުން އަންނަ އެއޮފީހުން ބުންޏެވެ.


އިރު އޮއްސުނު ފަހުން އެމެރިކާގެ ހާވާއީއަށްވަނީ ރާޅުތަކުގައި ހަފޫޓް އުސްމިންހުރި ސުނާމީ އަރާފައެވެ. އަދި މިއަށް ވުރެ ބޮޑު ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައިވާތީ، ހަވާއީގެ ގިނަ ރަށްތަކުން މީހުން ހުސްކޮށް ރައްކާތެރި ހިސާބުތަކަށް ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން އިންޑޮނޭޝިޔާއަށާއި ޓައިވާނަށްވެސް ވަނީ ސުނާމީ އަރައިފި އެވެ. ނަމަވެސް، އަދި ލިބުނު ގެއްލުމުގެ ތަފްސީލެއް ނުލިބެއެވެ.




ޖަޕާނުގައި ދިވެހި 24 އާއިލާ ދިރިއުޅޭކަމަށް ފޮރިން މިނިސްޓްރީން ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުލިބެއެވެ.


މިއީ ޖަޕާނުގެ ތާރީޚުގައި އައި ބިންހެލުންތަކުގެ ތެރެއިން އެންމެ ބާރުގަދަ ބިން ހެލުން ކަމަށް ތަޖުރިބާކާރުންދަނީ ބުނަމުންނެވެ.


ޓޯކިޔޯއާއި 321 މޭލު ބޭރުން އިރުއުތުރު އައްސޭރިފަށަށް މި ބިންހެލުން އައިސްފައިވަނީ ރާއްޖެގަޑިން 10.45 ގައި 8.9 ގެ ބާރުމިނުގައި ކަމަށްވެއެވެ. ޖަޕާން ބިން ހެލުމުގައި 26 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އަދި ގިނަ އަދަދެއްގެ މީހުންވަނީ ހާލުގައި ޖެހިފައެވެ.


ޕެސިފިކް ކަނޑާއި ގުޅިފައިވާ ސުނާމީގެ އިންޒާރު ދީފައިވާ ގައުމުތަކުންވަނީ މޫދާ ކައިރީ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ތިރި ހިސާބުތަކުން އުސް ހިސާބުތަކަށް ދިއުމަށް އަންގައިފަ އެވެ. ބައެއް ފަރާތްތަކުން ބުނަނީ، ޖަޕާނަށް އައި ބިން ހެލުމުގައި ޕެސިފިކްގައި އުފެދުނު ފުރަތަމަ ސުނާމީގައި 3 މީޓަރު ހުރިކަމަށް ޚަބަރުފަތުރާ ފަރާތްތަކުންދަނީ ބުނަމުންނެވެ.


ފޮރިން މިނިސްޓްރީން ބުނީ މުއާސަލަތީ ވަސީލަތްތަކާއި ގުޅުން ކެނޑީފައިވާތީ، ޖަޕާންގައި ތިބި ދިވެހިންނާ ބެހޭ އެއްވެސް ޚަބަރެއް އަދި އަދި ޖަޕާންގައި ތިބީ ކިތައް ދިވެހިން ކަންވެސް ސާފުވެފައި ނުވާ ކަމަށެވެ. އެފަރާތުން ބުނީ އެ މައުލޫމާތު ލިބުނުހާ އަވަހަކަށް ހިއްސާ ކުރާނެ ކަމަށެވެ.


މެޓް އޮފީހުންބުނީ ޖަޕާނަށް އައި ބިން ހެލުމުގެ އަސަރު ރާއްޖެ ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. މެޓް އޮފީހުގެ މީޓިއޮރޮލޮޖިކަލް ފޯކާސްޓާ ހުސެއިން ވަހީދު ވިދާޅުވީ، އިންޑިއާ ކަނޑުގެ އެއްވެސް ގައުމަކަށް އެ ސުނާމީގެ އަސަރުކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.


މިކާރިސާގެ ސަބަބުން އެގައުމުގެ ސަރުކާރުން ބުނީ ވެވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެކަމަށެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments