ނިދުމާއި ހޭލައި ހުރުމުގައި ގެއްލިފައި ވާ އެއްހިތަކާއި އެއްފުރާނައެއް ކަމަށް ވީ މީހާއަކީ ދަތުރުވެރިއަކަށް ވެ ބީރައްޓެއްސަކަށް ވެއްޖެއެވެ އަމިއްލަ ބާރުނުފޯރުވޭ މީހެއްގެ ހުވަޔާއި އަޙުދަކީ ކޮންއެއްޗެއް ހެއްޔެވެ؟ ކަލޭ ދިއުމަށްފަހު އުފާވެރިކަންވަނީ އަހަންނަށް ނުތަނަސްވެފައިވާ ހިތަށް އަލުން ހަމަޖެހުމެއް ނައެވެ.
ހިތުގެ ލޭގެ ދެލިން އުއްމީދުގެ ނޯޓްފޮތުގައި ، ވަކިވުމުގެ ވަގުތުގައި ، ވަފާތެރިކަމުގެ ދެލިން ލިޔަމެވެ
އުއްމީދުގެ އިރު ވިއްސާރަ ވިލާގަނޑުގެ ތެރޭގައި ފިލައިފިއެވެ
ވަޢުދުކުރެވުނު ރޭގަނޑު ހިތާމައިގެ ބައިގަނޑުގެ ތެރެއަށް ގެއްލިއްޖެއެވެ
އަހަރެންގެ ހިތުގެ ވިންދު ކަލާޔަށް ގޮވައެވެ
އަހަރެންގެ ލަވަޔާއި ޅެމަކީ ހިތާމައިގެ އަޑެވެ
ކަލާ މަތިން ހަނދާން ނައްތާލުމަކީ އަހަންނަށް ކިހިނެއް ކުރެވޭނެ ކަމެއް ހެއްޔެވެ؟
އަހަރެންގެ ވަފާތެރިކަމުގެ ހުވަޔަކީ އުވުމެއްނެތް ވަރުގަދަ ހުވައެކެވެ
ލޯބީގެ ހިތާމަ، ހެދިގެން ނިންޖާ ކާޓޫނުގޮތަށް އުޅެން އަހަންނަށް ދަސްކޮށްދީފިއެވެ. ގަބޫލް ކުރާށެވެ.
އަހަރެންގެ ހިނިތުންވުމާއި ސަމާސާއަކީ ހަމަމުޅީން ދެއްކުމެކެވެ
އުފާވެރި މީހެއްކަމަށް ފެންނަނީ ހަމައެކަނި މަޖްބޫރު ވެފައިވާތީއެވެ
ވަފާތެރިކަމުގެ ވިޔަފާރީގެ ފަރުޟު އަދާކުރަނީކަމަށް ވިސްނާށެވެ
ދުނިޔޭގެ އަހުލުވެރިންނާއި އުއްމީދުގެ އަހުލުވެރިންނާމެދު އަހަރެންގެ ފަރުވާލެއް ނެތެވެ
އަހަރެންގެ ކެއުމަކީ ކަލާގެ ހަނދާންތަކެވެ. އަހަރެންގެ ބުއިމަކީ ކަލާއަށް ޓަކައި އޮހޮރިގެންދާ ކަރުނައެވެ
ދެން އިތުރަކަށް ވަކިވުމުގެ ވޭނަކަށް ކެތެއް ނުކުރެވޭނެއެވެ
އަހަރެންގެ ވާހަކައަކީ ފުން ދިގު އާހެކެވެ. ކަލާ އަހަރެން ދެކެނީ މަކަރުވެރިއެއް ކަމަށެވެ. އޮޅުވާލާ ކަންކަން ހިއްސާ ނުކުރާ މާ ދުރު މީހެއްކަމަށެވެ. ސަބަބަކީ އަހަރެންނަށް ކަލާ ދެކެ މާބޮޑަށް ލޯބިވެވުމެވެ. އިޝްޤީ ލޯބީގެ މަޢުޟޫޢުގައި އެއްނަމެއްކީ ނަމަވެސް، އެ ލޯބި އެކިމީހުންނަށް ދައްކަނީ އެކިކުލައެވެ. މިސްރާބްތައް ދަންނަ ލޯބީގެ މާލިމީން އެބައިމީހުންގެ ޢިޝްޤީ ނައު އޭގެ މަންޒިލާ ދިމާއަށް ފުރިހަމަ ވައި ލިބިގެން ދަތުރު ކުރަމުންދާއިރު، ތަޖުރިބާނެތް އަހަރެން ކަހަލަ މާލިމީންގެ ލޯބީގެ ނައު ކަނޑުގެ ވަނީގައި އަނބުރާ ހޭރިޔާކޮށްވެސް މަންޒިލް އަތުނުވެ އުޅެންޖެހެނީ މަދެއްކޮށެއް ނޫނެވެ. އަހަރެން ކަލާދެކެވީ ލޯބީގައި ދަތުރު ކުރީ މިފަދަ މިސްރާބެއްނެތް ނަވެއްގައެވެ. ހިސާބަކަށް ނުދެވި އުޅެނިކޮން ކަނޑުގެ ރާޅުތަކުގެ ތެރެއަށް އަރަޤުވެގެން ދިޔައީއެވެ. އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ކޮށްލާފައެވެ. ހީ ނުކުރައްޗެވެ. އަހަރެން މި ކަމުގައި ކަރުން އަޅާހާ ހިނދަކު ކަލާ އަކަށް ހިތް ހަމަޖެހުމެއް ނުލިބޭނެއެވެ. އެކަމަކު ބުނަންހެއްޔެވެ. ދުވަހަކުވެސް އަހަރެންގެ ހައްޤުގައި ކަލާއަށް އަނިޔާއެއް ވިޔަކަ ނުދޭނަމެވެ. ކަލާ ބަދުނާމު ވިޔަކަ ނުދޭނަމެވެ. އަދި ކަލާ މުޅި ދުނިޔެއަށް ގިނަވިޔަކަނުދޭނަމެވެ. އަހަރެންގެ ހިތް ހަލާކުވިޔަސް ފަރުވާލެއްނެތެވެ. ކަލާއަށްޓަކައި މަރުގެ ހުކުމް ކުރިޔަސް އެކަން ގަބޫލުކުރާނަމެވެ.
އަހަރެންގެ މަހާނައިގެ ގަލުގައި ވަފާތެރިކަމުގެ ޝަހީދެއްކަމުގައި ލިޔެވޭނެއެވެ
ވަކިވުމުގެ އަލިފާނުގައި އަނދަނީއެވެ
ވަކިވުމުގެ ހިތާމަ ހަމަޖެހުން ފޭރިގެންފިއެވެ
އަހަންނަށް ރޭގަނޑު ރޭގަނޑަކަށް ނުވެއެވެ. ދުވާލު ދުވާލަކަށް ނުމެވޭމެއެވެ
ހިތުގެ ހަމަޖެހުމަކީ ދުރަށްދުވަމުންދާ ހިޔަންޏެކެވެ

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ