ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކެޔޮދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވެރިކަން ކުރާ އެމްޑީޕީއަށް ސޮއިކުރައްވައިފި ކަމަށް ބުނެ ބައެއް މީޑިޔާތަކުގައި ޚަބަރު ފަތުރަންފަށައިފިއެވެ. މިޚަބަރުތައް ބުނާގޮތުގައި އަބްދުﷲ ޝާހިދު އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި ދެބޭފުޅުން ދާދިފަހުން މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހުގައި ކަމަށެވެ.
ޢަބްދުﷲ ޝާހިދު ޑީއާރުޕީން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއިކުރެއްވިކަން އިދިކޮޅު ޑީއާރުޕީން އަދި ކަށަވަރުކޮށެއް ނުދެއްވައެވެ.
ޢަބްދުﷲ ޝާހިދު އެމްޑީޕީއަށް ސޮއިކުރެއްވި ކަމުގެ އަޑުތަކެއް ފެތުރިގެން މިއުޅެނީ ހޮނިހިރު ދުވަހުގެރޭ އެމްޑީޕީން ބާއްވާ '' ފިސާރި ޚާއްޞަ ޖަލްސާ'' ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންވާ ބައެއް މެންބަރުން އެރޭ އެމްޑީޕީއަށް ސޮއިކުރައްވާނެ ކަމުގެ އަޑުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ