• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

މިގަރުނުގެ އެންމެ ކަޅު ހަނދުކޭތަ އެއް ދުވަސް ފަހުން

Posted by faradays on Monday, June 13, 2011 1 comment

 
އަންނަ އަންގާރަ ދުވަހުގެ ދަންވަރު ގެ ވަގުތެއްގައި ރާއްޖެއަށް ހަނދުކޭތަ ހިފާނެއެވެ. މިއީ ހަނދުއެއްކޮށް ފޮރުވިގެންދާ ހަނދުކޭތައަކަށް ވާނެއެވެ. ހަނދުކޭތަ ހިފަނީ ދުނިޔޭގެ ނިވަލަށް ހަނދުވަދެ އިރުގެ އަލިކަން ހަނދަށް ގެއްލުމުންނެވެ. މިފަހަރު ދުނިޔޭގެ ހިޔަނީގެ މެދަށް ހަނދު ދިމާވާތީވެ ހަނދުކޭތަ ކުރިއަށް ވުރެ ކަޅުވެފައި ދުނިޔެމަތި އަދިރިވާނެއެވެ. އެހެންކަމުން، ސައިންސުވެރިން މިއީ މިގަރުނުގެ އެންމެ ކަޅު ހަނދުކޭތައިގެ ނަން ވަނީ ދީފައެވެ
"ކުރީ ފަހަރުތަކާ ހިލާފަށް މިފަހަރު ހަނދުކޭތައިގައި 100 މިނެޓު ހޭދަވާނެ. މިފަދަ ގޮތަކަށް ހަނދުކޭތަ ކުރިން ހިފާފައިވަނީ 16 ޖުލައި 2000 ގަ ކަމަށް ސާމަރާލައިވަށް ދެއްވި އެކުސްކުލޫސިވް އިންޓަވިއުއެއްގައި އިންޑިޔާގެ ކަލްކަތާ ގައި ހުންނަ ޖައްވީ ކަންތައްތަކާ ބެހޭ އެމްޕީ ބިރުލާ ޕްލެޓިނޭރިއަމްގެ ޑިރެކްޓަރު ޑރ ދުރައީ ވިދާޅުވިއެވެ

މިއަހަރުގެ ފުރަތަމަ ހަނދުކޭތަ ހިފަން ފަށާނީ ޖޫން 14 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަނޑިން ދަންވަރު 12:22 އެވެ. ދިވެހިން ކިޔާގޮތަށް ނަމަ ބުދަ ދުވަހުގެ އިރާކޮޅުގައެވެ. އަދި އުޑުމަތި ބަނަ ނޫންނަމަ ފުރިހަމަ ހަނދުކޭތައެއް ރާއްޖޭގެ ހުރިހާ ރަށަކަށް ފެންނާނެ ކަމަށް ވެއެވެ. މިގަރުނުގައި އެންމެ ދިގު އިރަށް ދެމިގެންދާނެ ހަނދުކޭތަކަމަށް ބެލެވޭ މިހަނދުކޭތަ ރާއްޖެ ގަނޑިން ދަންވަރު 2:02 އާ ހަމައަށް ދެމިގެންދާނެއެވެ.
މިހަނދު ކޭތައެއް ކެނެޑާ އަށާއި އުތުރު އެމެރިކާގެ ސިޓީތަކަކަށް ނުފެންނާނެއެވެ. ނަމަވެސް، އެފްރިކާގެ އިރުމަތީ ގައުމުތަކަށާއި އޭސިޔާގެ މެދުތެރޭގެ ގައުމުތަކަށާއި މެދު އިރުމައްޗަށާއި ހުޅަގު އޮސްޓުރޭލިޔާއަށް މޫސުން ތަންދޭ ނަމަ ހަނދުކޭތަ ފެންނާނެއެވެ.
ދެން ފުރިހަމަ ހަނދުކޭތައެއް ފެންނާނީ މިއަހަރު ޑިސެމްބަރު 10 ގައެވެ. އެފަހަރު 25 މިނެޓަށް ދެމިގެންދާނެއެވެ. މިފަހަރެކޭ އެއްގޮތަށް ފުރިހަމަ ހަނދުކޭތައެއް ދެން ފެންނާނީ 31 ޖެނުއަރީ 2018 ގައެވެ.އެމެރިކާގެ ވޯލްޑް ޓުރޭޑް ގޮއްވާލި ދުވަހާއި ދިމާކޮށް ކައިވެނި ކުރާ ފަރާތް ތަކަށް މިވެސް ރީތިތާރީހީ ދުވަހަކަށް ވާނޭކަމަށް ދެކެން. ދެތިކިޕީ .

1 comments:

ސާމަރާ ލައިވު ހާދަ ކުރިއަކަށް ޖައްސާލައިފިޔޭ ދޯ.ރިޕޯޓަރަކާއި އެކު އެރޭ މަރީއަށް ދެވިދާނެތަ ޖައްވަށް އެ ކޭތަ ބަލާލަން. ސާމަރާ ލައިވުގައި އުޅެނީ އަންހެނަކާ ކުޑަކުއްޖަކާ ދެން ފަރަޑޭ އެކަނިތަ.

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments