މި މަޖާ ހާދިސާ ހިގާފައިވަނީ އުތުރު ޕްރޮވިންސްގެ ފާދިއްޕޮޅު ހިންނަވަރު ގައެވެ. ދުވަސްވަރަކީ، ދިވެހި ރާއްޖޭގެ ދުވަސްވީ ވެރިކަން ނިމިގޮސް އައު ރައީސެއް ޤައުމުގެ ވެރިކަމަށް އައި ދުވަސް ވަރެވެ. މިގޮތުން ސިޔާސަތުތައް ބަދަލުވެ، އައު ކަންތައްތަކެއް ދިވެހިރާއްޖެއިން ފެނިގެން ދިޔައެވެ. މިގޮތުން ފެނުނު އެއް ބަދަލަކީ ރައީސް ނަޝީދު، ކޮންމެ ހުކުރު ދުވަހަކު 10 ޖަހާއިރު މީޑިއާގެ ވަޞީލަތްތައް ބޭނުންކޮށްގެން ޤައުމާއި މުހާތަބު ކުރަން ފެށުމެވެ.
މިހާދިސާ ކިޔުންތެރިންނާއި ހަމައަށް މިގެނެސްދެނީ މި ހާދިސާގައި ޝާމިލްވާ ހުރިހާ ފަރާތެއްގެ ސުޢޫރުތަކަށް ފުރިހަމައަށް އިހްތިރާމްކުރާ ޙާލު އެ ބޭފުޅުންގެ އަގު ވަށްޓާލުމުގެ މަޤްޞަދު ގައެއްވެސް ނުމެ ނޫނެވެ.
ބުނެވޭ ގޮތުގައި ހިންނަވަރުގެ 65 އަހަރުން މަތީގެ ބޭފުޅުން ރައީސް ނަޝީދަށް ވަރަށް ތާޢީދު ކުރެއެވެ. ފަހަރެއްގައި، މުސްކުޅިންނަށް ސަރުކާރުން ފޯރުކޮށްދޭ އިނާޔަތުގެ ސަބަބުން އެ ތާޢީދު ރައީސް ނަޝީދުއަށް ކުރަނީ ކަމަށް ވެދާނެއެވެ. މިރަށު ކަތްދައަކީވެސް 65 އަހަރު އުމުރަށް ވެފައި މިބުނާ ޢިނާޔަތް މަހުން މަހަށް ބަރާބަރަށް ލިބެމުން އަންނަ މީހެކެވެ. ކަތްދަގެ ޙާއްޞަކަމަކީ ހުކުރު ދުވަހު ކޮންމެތާކުހުރެފަނަމަވެސް، 10 ޖަހާއިރު ޓީވީ ކައިރިއަށް ރައީސް ނަޝީދު ދެއްވާ ޙިތާބު އަޑުއެހުމަށް އައުމެވެ. އެއްދުވަހަކު ކަންތައްވީ ގޮތް ދެން ބަލައިލަމާ ހިނގާށެވެ.
ކަތްދަ: “ދަރިފުޅާ ހުސެން ދެން ޓީވީ އަޅުވާ..މިހާރު ރައީސްގެ ހިތާބު އަންނާނެ…މިރަށުގެ ނަރުދަމާއާއި ބަނދަރުގެ ވާހަކަދައްކާނެ ކަން ނޭގެ”
ހުސެން: “އާން! މާމާ މިއަޅުވަނީ….މަށަށް އެންމެ ދުވަހަކުވެސް އެމް. އެން.ބީ.ސީ ހަބަރު ހުކުރު ދުވަހަކު ނުބެލޭނެ” މިހެން ވައިއަޑަކުން ބުނުމަށް ފަހު ހުސެން ގެއިން ނިކުމެއްޖެއެވެ. އިރުކޮޅަކުން އެ އައީ އެ ރަށު ސަވާ ދައިތަ އާއި ކުޑަ ހައްޖައެވެ.
ކަތްދަ: “އަހާނ…ދެކަނބޮލުން….އާދޭ…..އާދޭ…އަޑުއަހާލަން”
ސަވާ ދައިތަ: “އަނެއްކާ ކޮންއެއްޗެއް”
ކަތްދަ: “ރައީސްގެ ޙިތާބު”
ވަރަށް ޝަޢުޤުވެރިކަމާއެކު އަޑުއަހަން 3 ބޭފުޅުން ތިއްބައި، ޢާންމު ގޮތެއްގައި ރައީސް ރޭޑިޔޯ ހިތާބުގައި މާ ގިނަ ވާހަކަތައް ނުދައްކާތީ، ވާހަކަތައް އަޑުއަހަން ނުހަނު ބޭނުން ވެފަ ހުއްޓާ މިހެން ބުނި އަޑު އިވިއްޖެއެވެ.
“އަލްހަމްދު ލިﷲ ..ވަރަށް ބޮޑަށް ޝުކުރިއްޔާ”
ކޮންމެ އަކަސް އެ އިރު މި ހިތާބު ގެނެސްދެމުން ގެންދިޔައީ ދި ޓީވީ އިންނެވެ.
ހަމަ ހިތާބު ނިމުމާއެކު ކަތްދަ ސަވާ ދައިތަ އަދި ކުޑަ ހައްޖަ އާއި ދިމާ އަށް ނިތް އެލާފަ ބުނެލިއެވެ.
“ކޮބާ ހީވޭ…..މަބުނީމެއްނު….ހިންނަވަރު ވާހަކަ ގޮވާނޭ”
ސަވާ ދައިތަ: “އާނ. އަދި ކިރިޔާ އަހަރެމެންނަށް ޤައުމަށް ރައީސެއް މި ލިބުނީ”
ކަތްދަ އެވަގުތު ބުނެލިޔެވެ.
“ނިކަން ބަލާލަބަލަ ރައީސްގެ މޮޅުކަން……..މިއީ އައު ގޮތަކަށް ވާހަކަދައްކާވެސް ރައީސެއް…….ރައީސް ހިތާބު އެ ގެނެސްދިނީ ކަންފަތުން….މިއީ ކަންފަތުން ވާހަކަ ދައްކާ ރައީސެއް….ހަމަ ގައިމުވެސް…އަނގަޔަކުން އެންމެ ބަހެއްވެސް ނުބުނޭ”
ސަވާދައިތަ އަދި ކުޑަ ހައްޖަ މިކިޔާ އެއްޗެއް ނޭގިފަ މަޑުމަޑުން ހުއްޓެވެ. ކަންތައް މިވީ ގޮތަކީ، ދިޓީވީ އިން ހިތާބު ގެނެސްދިން އިރު ރައީސް ނަޝީދުގެ ޕޮޓޯއެއް ސްކްރީންގައި ހުއްޓެވެ. އަދި މި ފޮޓޯގައި ރައީސް އިންނަވަނީ ދެ ކަންފަތުގައިވެސް ހެޑް ސެޓް އަޅުއްވައިގެންނެވެ.
އާއެކެވެ. ކަތްދައަށް އޮޅުނީއެވެ. ކަތްދައަށް ހީވީ އެއީ ވަގުތުން ގެނެސްދޭ ޕްރޮގްރާމެއް ކަމަށެވެ. އެހެންވީމާ، ރައީސް އެއްވެސް ވަރަކަށް އަނގައިން ބަހެއް ވިދާޅުވާ މަންޒަރު ކަތްދަ އަށް ނުފެންނާތީ ކަތްދަ ނިންމީ ރައީސް ނަޝީދު ހުރިހާ ބަސްފުޅެއް ވިދާޅުވަނީ ކަންފަތުން ކަމަށެވެ. ވަކިން ބޮޑަށް ރައީސް ހެޑް ސެޓް ބޭނުންފުޅު ކުރައްވާފައިވާތީ ހަމަ ކަތްދައަށް އޮޅުނީއެވެ.
އަޅުގަނޑު މިލިޔުން ގެނަސް ދިނުމުގައި ހިތްހެޔޮކަމާއި ހިތް ތިރިކަމުގެ ނިހާއީ އާދެ ރައީސް ނަސީދަށް ކުޑާމިސް ވާގޮތަށް އެއްވެސް އަކުރެއްވެސް އަދި ފިއްޔެއްވެސް ވާނަމަ ނިހާޔަތަށް އެންމެހާ ކިޔުންތެރިންނާއި އަޅުގަނޑު އެބޭފުޅެއްގެ ޒައާމަތް އަބަދަށް އެދޭ ރައީސް ނަސީދުގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން..ތިޔައީ ނަސީދޭ އަދު ލޮބުވެތިވި ދިވެހި ގައުމު ފަހުރުވެރިވާ







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ