މިހާރަކަށް އައިސް ރައްޓެއްސަކާ ދިމާވާވުމުން އެންމެ ފުރަތަމަވެސް ކޮއްލާ ސުވާލަކީ "ހޫ އިސް ނެކުސްޓް؟" މާނައަކީ ދެންއޮތީ ކޮން މެންބަރެއް އެމްޑީޕީއަށް ސޮއިކުރުމުގެ ދަރުބާރުހެއްޔެވެ. ދެންއެންމެ އަވަހަށް އޮންނާނީ ކަނޑިތީމުދާއިރާ މެންބަރު މުހައްމަދު ހުސެއިން ސޮއިކުރައްވާ ދަރުބާރެވެ. މުހައްމަދު ހުސެއިނެވެ. އޭގެފަހުން ރިޔާޒު ރަޝީދެވެ. އަލިބެ ދަރުބާރު ބާއްވަންބޭނުންފުޅު ނުވާތީ އަލިބެގެ ސޮއިކުރުން އޮތީ އެމްޑީޕީ އޮފީހުގައެވެ. އަހުމަދު މުހައްމަދު ސޮއިކުރައްވަން ބޭނުންފުޅުވެލައްވަނީ އޭނަގެ ދާއިރާގައި ކަމަށްވާތީ، މޫސުމް ރަގަޅުވުމުން ވަރަށް އަވަހަށް އެދާއިރާއަށް އެމްޑީޕީގެ ވަފުދެއް ބެރުޖެހުންތެރިންނާއި އެކުދާނެއެވެ. އަލީ އާޒިމްގެ ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ މޫސުމް ރަގަޅުވުމުން ހިތްފަސޭހަމައިދާނުގައެވެ








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ