• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ކުކުޅުހިފައިގެން ގޮސް ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ކާނެއެއްޗެއް ބޭނުންވެގެން ހުރި ނިކަމެތި ފަޤީރެކެވެ.

Posted by faradays on Thursday, June 23, 2011 No comments

ދެ ކުކުޅު    

 
އެއްދުވަސް ވަރެއްގައި އުޅުނު ވަރައްމުއްސަނދި ވިޔަފާރި ވެރިއެކެވެ. މާތްﷲ ގެ ތަނަވަސް ރަޙުމަތުން ފައިސާއާއި މުދާވެރިކަން މީނާއަށް ލިބިގެން ވެއެވެ. ނަމަވެސް ﷲދެއްވި ނިޢުމަތަށް ޝުކުރުކުރާމީހެއްކަމުގައި މީނާ ނުވެއެވެ.
އެއްދުވަހެއްގެ ހެނދުނު މީނާ ބޮޑު ދެކުކުޅު ގަނެގެން ގެނެސް އަނބިމީހާއާއި ޙަވާލުކޮށްފައި މެންދުރުގެ ކެއުން ވަރަށް ރަނގަޅަށް ހެދުމަށް ބުނެފިއެވެ. އަދި މެންދުރުވާންވާއިރަށް ކެއުމަށްޓަކައި އަވަހަށް ގެއަށް އައެވެ. ކާމޭޒުމަތިފެނި މީނާގެ ކުޅުދިޔައިވެގެން ދިޔައެވެ. ކެއުމަށްޓަކައި އިށީން ވަގުތު ބޭރުދޮރުގައި މީހަކު ޓަކިދިން އަޑުއިވިއްޖެއެވެ.
މިވިޔަފާރި ވެރިޔާ މިކަމާ އެއްގޮތަކަށްވެސް ހިއްހަމައެއް ނުޖެހުނެވެ. އެހެންކަމުން އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. “ކިހާ ބޮޑުކަމެއް ހެއްޔެވެ؟ އެވާނީ މަގުމަތީގައި އުޅޭ ސަލާންޖަހާ ފަޤީރު މީހަކަށެވެ. މިގަޑީގައި ނޫނީ އޭނާއަށް މިގެއަށް އަންނަންވެސް ނޭނގުނު ހެއްޔެވެ. މިމީހުނާހެދި އަހަރެމެންނަށް ހަމަޖެހިގެން ކާލެވޭކަށްވެސް ނޯވެއެވެ.” ދުލުން ބޭރުވެގެން ދިޔަ ބަސްތަކުގެ ބޮޑުކަމާ ނުބައިކަމެއް މީނާގެ ކިބުރުވެރިކަމާ ބޮޑާކަމާހެދި މީނާއަށް ރޭކައެއްނުލިއެވެ.
ﷲގެ ރަޙުމަތުން މިފަދަ ޖައްބާރު ފިރިހެނުންނަށް ހެޔޮލަފާ އަނބިން މިންވަރުކުރައްވައެވެ. އެއީ އެއަނބިންގެ ފުށުން އެބައިމީހުންނަށް އެހޮމަގަށް ރުޖޫޢަވާނޭ އަލިމަގެއްގެ ގޮތުންނެވެ. މިގޮތުން މީނާގެ އަނބިމީހާއަކީވެސް އެފަދަ ހެޔޮލަފާ އަނތްބެކެވެ. މިއަނބިމީހާ، ފިރިމީހާއަށް ނަސޭޙާތްތެރިވިއެވެ. މީހަކަށް ދޭއެއްޗަކީ ގެއްލިގެން ދާއެއްޗެއްނޫނެވެ.ނަމަވެސް އޭނާގެ ރުޅި ވީ ހައްތަހާ ގަދެވެ.
ދުނިޔެ އޭގެޤާނޫނުގައި ހިނގަމުން ދެއެވެ. އެއްކަލަ ވިޔަފާރިވެރިޔާގެ ވިޔަފާރި ދަށައްދާން ފަށައިފިއެވެ. ދަރަނިތައް ބޮޑުވެއްޖެއެވެ. ފައިދާގެ ބަދަލުގައި ގެއްލުން ވާންފަށައިފިއެވެ. ހެޔޮލަފާ އަނބިމީހާވެސް ގެއްލިއްޖެއެވެ. ފިޔަފާރި ހުލިވާން ފަށައިފިއެވެ.
ނަސީބު ދިމާކުރި ގޮތުން އެއްކަލަ އަންހެން މީހާ އަނެއްކާވެސް ހަމައެފަދަ މުއްސަނދި ވިޔަފާރި ވެރިއަކާ ކައިވެނިކޮށްފިއެވެ. ނަމަވެސް ހެޔޮލަފާ ﷲއަށް ޝުކުރުކުރާ މީހެކެވެ. އެއްދުވަހަކު މީނާވެސް ހެދުނު ގެޔަށް ދެކުކުޅު ގެނެސްދީފައި މެންދުރުގެ ނާސްތާ ތަނކޮޅެއް ރަނގަޅުކޮށްލުމަށް އަނބިމީހާގެ ގާތުގައި ބުނެފައި ހިނގައްޖެއެވެ. އަދި މެންދުރުނަމާދުކޮށްލައިގައި ކެއުމަށްޓަކާގެއަށް އައިއިރު ކެއުން ހުރީ ފުރިހަމަވެ ތައްޔާރުވެފައެވެ. ދެމަފިރިން އިށީންދެ ކެއުމަށް ތައްޔާރުވީ ވަގުތު ބޭރުދޮރުގައި މީހަކު ޓަކިދިން އަޑު އިވިއްޖެއެވެ. ފިރިހެން މީހާ އޭނާގެ އަނބިމީހާއަށް ބުންޏެވެ. “އެއީ ކާނެއެއްޗެއް ނުލިބިގެން އުޅޭ ފަޤީރުމީހެއްކަމުގައިވެސް ވެދާނެއެވެ. އަދި އޭނާއަށް މިއީ ކޮންގެއެއްކަން އެނގި ކާއެއްޗެއް ހޯދުމުގެ ބޭނުމުގައި ޓަކިޖެހީކަމުގައިވެދާނެއެވެ. މިތަނުން އެއްކުކުޅު ގެންގޮސް އޭނާއަށް ދޭށެވެ. ”
ކުކުޅުހިފައިގެން ގޮސް ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ކާނެއެއްޗެއް ބޭނުންވެގެން ހުރި ނިކަމެތި ފަޤީރެކެވެ. އަންހެންމީހާ ކުކުޅުދިއްކޮށްލުމަށްފަހު އެނބުރި ފިރިމީހާގެ ގާތަށް ދިޔައިރު މޫނުމަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. ދެލޯފުރާވަނީ ކަރުނައެވެ. ފިރިމީހާ ބުންޏެވެ. ދެރަވަނީ ކޮންކަމަކާހެއްޔެވެ. މީހަކަށް ދޭއެއްޗަކީ ގެއްލިގެން ދާއެއްޗެއްނޫނެވެ. އަދި މީހުނަށް ދީފައި، އަހަރެމެންނަށް ފުދޭވަރަށްވުރެ އިތުރަށްވެސް ﷲ އިރާދަކުރެއްވީތީ އަހަރެންގެ އަތުގައި މުދާ އެބަހުއްޓެވެ. އަނބިމީހާ ދެރަވެލާފައި ބުންޏެވެ. ތިހެންވެގެނެއް ނޫނެވެ. ދެންމެ ސަލާންޖަހަން އެއައިމީހަކީ ތިމަންގެ ކުރީގެ ފިރިމީހާއެވެ. ފިރިމީހާ ބުންޏެވެ. އަހަންނަކީ ކާކުކަން އެނގޭހެއްޔެވެ. އަނބިމީހާ ބޯހަލުވާލުމުން ބުންޏެވެ. އެންމެފުރަތަމަ ތިގެއަށް ސަލާންޖަހަން ދިޔަމީހަކީ ތިމަންނައެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments