• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ހާލުބޮޑު ބަލިމީހަކާ ބެހޭގޮތުން ރައީސް ދެއްވި ޖަވާބު ލަންދޫ ކައުންސިލުން ކުށްވެރިކޮށްފި

Posted by faradays on Friday, June 17, 2011 1 comment


ހާޓް އެޓޭކެއް ޖެހިގެން ނ.މަނަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ނ. ލަންދޫ ދޮންވެލި، މުހައްމަދު އުމަރުގެ ހާލު ސީރިއަސްވެގެން އޭނާ މާލެ ގެންދެވޭނެ ގޮތެއް ހަމަޖެހޭތޯ ދެންނެވުމުން "އަޅުގަނޑަކީ ލޯންޗް ސެކްޝަން ހިންގާ މީހެއް ނޫނޭ" ވިދާޅުވެ، ރައީސް ޖަވާބު ދެއްވި ކަމަށް ބުނެ، ލަންދޫ ކައުންސިލުން ވަރަށް ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފިއެވެ.

ނ. ލަންދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކޮށް 14 ޖޫން 2011 ގައި ނެރެފައިވާ އެ ބަޔާނުގައި ވާގޮތުން، އެރަށު ދޮންވެލި މުހައްމަދު އުމަރުގެ ހާލުދެރަވެގެން މާލެ ގެންދެވޭނެ ގޮތެއް ނެތިގެން އުޅޭ ވާހަކަ ރައީސް ނަޝީދަށް ލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަޔާޒު ދެންނެވި ކަމަށްވެއެވެ. އެދުވަހަކީ ރައީސް ނަޝީދު މަނަދޫއަށް ވަޑައިގެންނެވި ދުވަހަކަށް ވުމާއެކު އެވާހަކަ ދަންނަވާފައިވަނީ އެއްވެސް މެދުވެރިއެއްނެތި ސީދާ ރައީސްގެ އަރިހުގައި ކަމަށް ވެއެވެ.

ރައީސް އެހެން ވިދާޅުވިއިރު ނ.މަނަދޫ ފަޅުގައި ޕޮލިސް ސަރވިސްގެ 3 ލާންޗާއި، އެމްއެންޑީއެފްގެ 2 ލާންޗާއި، ރައީސް އޮފީހުގެ 2 ލާންޗާއި އެކު ޖުމްލަ 7 ލާންޗް މާލެދިއުމަށް ތައްޔާރު ވެފައިވާ އޮތްކަމަށްވެސް އެބަޔާނުގައި ވެއެވެ.

"..ޖުމްލަ ހަތް ލޯންޗު ފަޅު ތެރޭގައި އެވަގުތު އޮތް ހިނދު ގައުމުގެ އިސްވެރިޔާ އެފަދަ ހާލަތެއްގައި އެފަދަ ޖަވާބެއް ދެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އަދި މި އަމަލު އެންމެ ހަރުކަށި އިބާރާތުން ލަންދޫ ކައުންސިލް އިން ކުށްވެރިކުރަމެވެ." އެބަޔާނުގައި ވެއެވެ.

އެއްވެސް ގޮތެއް ހަމަނުޖެހިގެން އެންމެފަހުން އޭނާ މާލެގެންދިޔައީ ހައުސިންގ މިނިސްޓްރީގެ ބަޔަކު މަނަދުއަށް އައި ދަތުރެއްގައި "ލިލީމާ" ކިޔާލާންޗަކުން ކަމަށްވެއެވެ. އެލާންޗުންވެސް އޭނާ މާލެގެންގޮސްދިނީ ބަލިމީހާ ގޮވައިގެންނޫނީ މަނަދޫން ނުފުރޭނެކަމަށްބުނެ ނ.އަތޮޅު ކައުންސިލްގެ ބޭފުޅުންގެ އެހީއާއިއެކު ބަޔަކު ނުކުމެގެން ކަމަށްވެސް ބުނެފައިވެއެވެ.

ހުރިހާ ކައުންސިލަރުންގެ ސޮއިކޮށް ލަންދޫ ކައުންސިލުން ރައީސް ނަޝީދާ ދެކޮޅަށް ބަޔާން ނެރެފައިވާއިރު، މަރުޙޫމް މުހައްމަދު ޢުމަރު ވަނީ އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމެން ދަނިކޮށް މިމަހުގެ 12 ވަހަދުވަހު މިބަލީގައި ނިޔާވެފައެވެ.

1 comments:

އޭ ފަރަޑޭ ރައީސް މީހާ ތިޔަކަން ކުރިނަމަ މިހާރު މައްސަލަ އޮންނާނީ އެންޓި ކަރަޕްޝަން ބޯޑުގައި. ނުކުރުމުން މައްސަލަ ގެންދަން ޖެހޭނީ ހިއުމަން ރައިޓް ކަމިޝަނަށް. އަދި ލަންދޫ ކައުންސިލްގައި ޕަވަރު ހުރިއްޔާ އެކުވެރި ދައުލަތްތަކުގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލަށްވެސް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ. ކޮންމެ ކަމެއް ސިޔާސީ ނުކޮށް ބަލަ. އެ މަރުހޫމަށް އެނގޭނެ ކައުންސިލްގެ ތިޔަ ބަޔާނަކީ ކޮންމެހެން އޭނާ އަށް ހެވެއްއެދިގެން ކުރިކަމެއް ނޫންކަން.ކައުންސިލްގައި 12 ހާސް ރުފިޔާ ލިބޭ ތިޔަ އިއްޒަތްތެރި ކައުންސިލަރުން 25 ލާރިވެސް އެމަރުހޫމަށް ދިއްކޮއްލާފަ ނުވާތީ އެކަން ކުއްވެރިކޮށް އަމިއްލައަށް ބަޔާން ނެރިބަލަ. ތިޔަބަޔާނަކީ 3 އަހަރު ނިމެންވާއިރަށް ރަށު ރައްޔިތުންގެ ރުހުން ހޯދަން އެންއުކުން. މައި ޑީޕް ސިމްޕަތީ ފޮރ ދަ ޑިކީސްޑް ވަން. މޭ އައްލާހް ބްލެސްހިމް އިން ހެވަން.

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments