• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ތިބާއާ ދުރައްދާންޖެހުނީ ތިބާއަށް ދެވޭނެ "އަނބިމީހާ" ގެ ލަޤަބު ނަގާލާ އަދި އެ "ޢާޝިގާ" ނޫނީ "ރަޙުމަތްތެރިޔާ" ބަދަލްކުރާތީ

Posted by faradays on Sunday, July 24, 2011 No comments


 
މިހެން ކަމުން ބުނެލަން އޮތީ ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ވިސްނަވާށެވެ.
ތިބާއަށް ދެވޭ "އަނބިމީހާ" ގެ ލަޤަބު ނަގާލާ އަދި އެ "ޢާޝިގާ" ނޫނީ "ރަޙުމަތްތެރިޔާ" އަކަށް ހަދާ ތަމައްދުނުން ރައްކާތެރިވާށެވެ.

ތިބާއަށް ދެވޭ "ބިކުރުވެރިޔާ" ގެ ލަޤަބު ނަގާލާ އަދި އެ "މުޖައްރިބާ" އަކަށް ހަދާ ތަމައްދުނުން ރައްކާތެރިވާށެވެ.

ކޮންމެ ގަޑިއެއްގައި އަންހެނަކާއިއެކު ފިރިހެނުން ހޭދަ ކުރާ ލޯބީގެ ބާރުމިން ގެނެސްދޭ ތަމައްދުނުން ރައްކާތެރިވާށެވެ.
އަންހެނުންގެ މިނިވަންކަމަށް ގޮވާލާ ތަމައްދުނުން ރައްކާތެރިވާށެވެ. އެއަށް ދެވޭނެ އެހެން ނަމަކީ އަންހެނުން ހަލާކުކޮށްލުމެވެ.

އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމޭ ކިޔައިގެން ހުޅަނގުން އޮޅުވާލާ އޮޅުވާލުމަށް ރައްކާތެރިވާށެވެ.

އޭ އުޚުތެވެ. އަހަރެންގެ ފަރާތުން މިޖުމުލަ އަޑުއަހާށެވެ. " އެއްވެސް އިއްޒަތްތެރި އަންހެނަކަށް އެންމެ ފިރިހެނެއް މެނުވީ ނުވެއެވެ. ހުރިހާ ފިރިހެނުން އެއީ އޭނާއަށް ހުރި މުޞީބާތެކެވެ. އެންމެ ފިރިހެނެއް މެނުވީއެވެ. އަދި ހުރިހާ ފިރިހެނުންނަކީ ފިތުނައެކެވެ. ރައްކާތެރިވާށެވެ. ހުރިހާ ފިރިހެނުންނަކީ މުޞީބާތެކެވެ. އެންމެ ފިރިހެނެއް ފިޔަވައެވެ. އެއީ އޭނާގެ ފިރިމީހާއެވެ. އަދި އަންހެނުން ފިރިހެނުންނާއި މަސްހުނިވެއްޖެނަމަ އެދުންތައް ވެސް މަސްހުނިވުމަކީ ޠަބީއަތެވެ.

އެހެންކަމުން ތިބާ ރައްކާތެރިވާށެވެ. އަދި ވަރަށް ބޮޑަށް ރައްކާތެރިވާށެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments