ދާދި މިދާކަށް ދުވަހު ރޭޕްކުރި ތޭރަ އަހަރުގެ ކުޑަކުއްޖާ، މަދަރުސާއަށް ކިޔަވަން ދިއުމުން، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތުކުރެވުނު ބަޔަކު ނުކުމެ މަދަރުސާގައި ތަޅު އެޅުވުން އެއީ، މާގިނަ ބަޔަކަށް ކަންބޮޑުވާ ކަމަކަށް ނުވިއެވެ. އެއީ އެހާ މުހިންމު ޚަބަރަކަށްވެސްނުވީތީ، އެޚަބަރު ބައެއް ނޫސްތަކަކުން ނުފެނެއެވެ. އެކަމާ ލޭކެކިގެން ނޫސް ތަކުގައި ކޮމެންޓް ޖަހާނެ ގިނަބަޔަކު ނެތެވެ. އެކަން ކުށްވެރިކޮށް، އެ ކުޑަ އަންހެން ކުއްޖާގެ ދިފާއުގައި އަނޑު އުފުލާނެ ސިޔާސީ، އަދި ދީނީ ލީޑަރަކުވެސް ހަމަ ނެތެވެ.
އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް، ނޫސް ބަޔާން ނެރުމުގެ ރޯގާ ޖެހިފައިވާތީ ނޫސް ބަޔާނެއް އަދި ތަންކޮޅެއްފަހުން ނެރުމަކީ އެކަށީގެންވާ ކަމެކެވެ. ދެން އެހިސާބުން އަނިޔާ ލިބުނު، އެ ކުއްޖާއަށްޓަކައި މަސައްކަތް ކުރެވުނުކަމަށް ހިތްހަމަ ޖައްސައިލައިގެން އުފަލުގައި ތިބެންވީއެވެ. ހިނގާލުމަކާ، ސައިކަލުބުރެއް، ނޫނީޕޯސްޓަރުކުރެހުމަކުން ނުރުހުންފާޅުކޮށްލުމަކީވެސް ކުރިއަށް އޮތްތަނުގައި އެކަށީގެންވާ ކަންކަމެވެ.
ތޭރަ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށްފައި، އޭނާއަށް ދެވުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުޑަވެގެން، ކުރިއަށް އޮތް ދުވަސްތަކާއި އަހަރުތަކުގައި ވެސް އޭނާއަށް ހަމަ ނޭވާ ލެވުނަ ނުދިނުމަށްޓަކައި، އެންމެން ފޫގަޅާ މަސައްކަތް އެއޮތީ ފަށާފައެވެ. މިއަދު އެކަމާ އަޅާ ނުލާ ދޫކޮށްލައިފިނަމަ އެމަސައްކަތް ކުރިއަށްދާނީ ކިހާ ވަރަކަށްކަން އަންދާޒާ ކުރެވޭބާވައެވެ؟ އެކުއްޖާއާއި އޭނާގެ އާއިލާ މީހުންނަށް، ރަށުގައި ދިރިއުޅުމަކީ ފަސޭހަ ކަމަކަށްވާނެ ހެއްޔެވެ؟ އަނިޔާވެރިންނަށް އެކަށީގެންވާ ހައްގު އަދަބު ނުދީ، މި ކުއްޖާއަށް އިންސާފު ނުލިބޭނަމަ، ނަތީޖާއަކަށްވާނީ ރޭޕްކޮށް އަނިޔާ ލިބޭ ކުދިންނާއި މީހުން އެވާހަކަސިއްރު ކުރުމެވެ. އަނިޔާ ލިބޭ ކުދިންނާއި މީހުން، އެ އަނިޔާގައި ތިބެ، ނެތިދަންދެން ޝިކާރަވެރިންގެ އަތްދަށުގައި އަބަދު މެ ތާށިވެފައި ތިބެންޖެހުމެވެ. ދީނުގައި ހަރާމްކުރައްވާފާ ނުބައިކަންކަމުގެތެރެއިން ކަމެއް، ތިމާކުރަން ބޭނުންނުވަނީސް، އެހެން މީހަކު ނުވަތަ ބަޔަކު ތިމާގެ ބާރު ކަނޑުވާލައިގެން، ގަދަ ބާރުން، ނުގަބޫލުގައި، އަނިޔާވެރިކަމާއެކު ކުރުން އާއްމުވެ އެފަދަކަންކަން އިތުރުވުމެވެ.
އަނިޔާ ލިބުނު ކުއްޖާ، އެކަން ސިއްރުނުކޮށް މީހުންގާތު ބުނި ބުނުމަކީ، އެކުއްޖާއަށް ކުރުން އެކަށީގެންނުވާކަމެއް، ބަޔަކު ކޮށްފިކަން، ބޮޑެތި މީހުންގާތު ބުނެދިނުމަށް އެޅި ހިތްވަރުގަދަ ފިޔަވަޅެކެވެ. ކުއްޖާ ހޭލުންތެރިވެފައިވާކަން ހާމަވާ ކަމެކެވެ. މިފަދަ ކުއްޖަކު ތައުލީމު އުނގެނުމުން ބަރީއަ ކުރުމަށްޓަކައި، މަދަރުސާގައި ތަޅު އެޅުވުމަކީ ތައުލީމު އުގެނި ހޭލުންތެރިކަން އިތުރުވިޔަ ނުދިނުމަށް އެޅި ފިނޑި އަމަލެކެވެ. ރަށުގެ ބައެއް މީހުންގެ ކަންތައް މިހިންހުރިއިރު އެކުއްޖާ އެ ރަށުގައި ދިރިއުޅޭނެގޮތް އެކަކަށްވެސް އޮޅޭނެ ބާވައެވެ؟
ރަށްރަށުގައި ކަންތައް ހިނގާ އުސޫލަށް ބަލާއިރު، އަދި މި ފަހުން ދިވެހި މުޖުތަމައުގައި ބައެއް ކަންކަމާމެދު، މީހުންގެ ވިސްނުމާއި ޚިޔާލު ހުންނަގޮތަށް ބަލާއިރު، މިކުއްޖާއަށް ގޯނާކުރި މީހުން، އެހެން އަމަލުކުރަންޖެހުނު ސަބަބަކަށްވީ ހަމަ އެ ކުއްޖާގެ ކުށުން ކަމުގައި ވާހަކަ ދައްކާ ހަދައެވެ. ފިރިހެނަކު ނުވަތަ ފިރހެނުންތަކެއް އެމީހުންގެ އަމިއްލަ ވިސްނުމާއި، ވަހިްޝީ އިހްސާސްތައް ކޮންޓްރޯލުގައި ބެހެއްޓުމަށްޓަަކައި އަންހެން ކުދިންނާއި އަންހެނުން ވަކި ގޮތަކަށް ހެދުން އުޅުމާއި، ގެއިންބޭރަށް ނުކުމެ، ތައުލީމު އުގެނި، ވަޒީފާ އަދާ ކުރުމަކީ ނުކުރާންވީ ކަމެއްކަމުގައި ބުނެދެވެނީ ކޮން އުސޫލަކުން ބާވައެވެ.؟ އެމް. އެން. ބީ ސީ ވަން އިން މި ހަފްތާ ފެށުނުއިރު ދެއްކި ޕްރޮގްރާމެއްގައިވެސް ވާހަކަ ދެކެވުނީ އަންހެނުންގެ އިއްފަތްތެރިކަން ރައްކާ ނުކުރެވިގެން، ވަކި ގޮތަކަށް ހެދުން ނޭޅިގެން ދިމާވާ ކަންކަމުގެ މައްޗަށެވެ. ނަސީބު ދެރަކަމުން ބަކަރީގެ އިއްފަތްތެރިކަން ރައްކާތެރިނުކުރެވިގެން ދިމާވާ ކަންތައްތަކުގެ ވާހަކައާއި، ބައެއް ފިރހެނުންގެ ވަހުޝީކަން މައިތިރިވާނީ ކިހެނެތްކަން ބުނެއެއް ނުދެއެވެ.
ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ބުރުގާއާއި، ބުރުގާ އަޅާ މީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުވެ، ފެހުމަށް ބޭނުންކުރާ ތަކެއްޗާއި ފޮތީގެވިޔަފާރި ހިންގާ މީހުންނަށް ލިބޭ ނަފާ، މިލިއަނުން މިހާރު ގުނެމުންދާކަމެވެ. ބުރުގާ އަޅާ ކުޑަކުދިންނާއި، ބޮޑެތި މީހުން ކިތަންމެ ގިނަވިޔަސް، ރާއްޖޭގައި ތަފާތު ބާވަތުގެ ކުށް ކުރުން އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމެވެ. އަދި ކުށް ކުރާ ގިނަ މިހުންނަކީ ފިރިހެނުން ކަމެވެ. ައަންހެނަކު، ނުަވަތަ އަންހެން ކުއްޖަކު ފިރިހެނަކަށް ގޯނާކޮށްގެން އެޚަބަރު ރިޕޯޓްކޮށްފައިވަނީ ނިސްބަތުން ކިހާވަރަކަށް ބާވައެވެ؟
ދަރުސުދެއްވާ ބޭފުޅުންވެސް ވަކި އަތަކަށްނުޖެހި، ރޭޑިއޯއާއި، ޓީވީން ގެނެސްދޭ ޕްރޮގްރާމްތަކަކީވެސް ތިލަފަތް ހަމަކޮށް މުޅި މުޖުތަމައު ރަގަޅު މިސްރާބަށް އެޅުވުމަށް މަސައްކަތްކުރާ ބަޔަކަށް ވާކަށް އަދިވެސް ނުވޭތޯއެވެ. އެހެންމީހުން ކުރާ ކޮންމެ ނުބައި އަމަލަކީ އަންހެނުން ދުނިޔޭގައި ލެއްވީތީ ވާކަމެއް ކަމުގައި ބުނެ، ޅަދަރީންނާއި އަންހެނުން ފިލަފިަލއިގެން އުޅުން މަޖްބޫރު ނިުކޮށް ހަގީގީ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ނުކުރާންވި ކީއްވެތޯއެވެ؟ ނޫސް ތަކުގެ ފަލަ ސުރުޚީއަށް، ތާކުން ތާކު ނުޖެހޭ ސިޔާސަ މީހުންގެ ޚަބަރު ވަރުވަރުން ގެނެސްދޭހެން މިފަދަ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލާ، ބަހުސްކުރުމުގެ ފުރުސަތު ހުޅުވާނުލަނީ ކީއްވެތޯއެވެ؟ އަބާދާއި އަބަދު އަންހެން ކުއްޖަކު ނުަވަތަ އަންހެނަކު ނޭވާ ލީ ގޮތަކުން، ނޫނީ ހިނގާފައި ދެވުނު ގޮތަކުން ނޫނީ ނޭފަތްހުރ ގޮތަކުން، ފިރހެނުން ކޮންޓްރޯލުން ނައްޓަން މެދުވެރިވަނީ ކަމުގައި ބުނެ އަންހެން ކުދިންނާއި އަންހެނުން ކުށްވެރިކުރުމުގެ ބަދަލުގައި، ފިރހެނުން ކުރާކުށްތައްކުރަނީ އެމީހުން އަމިއްލައަށް، އަމިއްލަ އިޚްތިޔާރުގައި، ހަމަ ބުއްދީގައި ކަން ބުނެ، އެކަމަށް ހައްގު އަދަބުދޭކަށް ނުވޭތޯއެވެ؟ ރައްޔިތުންގެ މަޖިލީހާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުޑަކުދިންނާއި އަންހެނުން ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި މިޙާރު ހުރި ގާނޫނާ ގަވާއިދު ހަރުދަނާކޮށް އެ ތަންފީޒު ކުރާކަށް ނުވޭބާވައެވެ؟
ބައެއް ކަންކަން އެއީ ނުވާކަމަކަށް ހަދައިގެން، ނުހިނގާ ކަމަކަށް ހަދައިގެން، ދެލޯ ކަނު، ކަންފަތް ބީރު ބަޔަކަށް ހެދިގެން މަޑުން ތިބޭހާ ދުވަހަކު އަނިޔާ ލިބޭމީހާ ކުށްވެރިވެ، އަނިޔާދިން މީހުން ބޭނުން ގޮތަކަށް ބޭނުންކަމެއް ކޮށްގެން އުޅެވުމަކީ އަޅެ އިންސާފް ހެއްޔެވެ؟

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ