ޙިކުމަތްތެރިޔާ ޖަވާބު ދިނެވެ. "މިދުނިޔޭގައި ފާގަތިކަން ލިއްބައިދޭނެ ސަލާމަތް ބުއްދި އެވެ."
އެފަދަ ބުއްދި އެއް ނުލިބިއްޖެނަމަ ދެން ކޯއްޗެއް ހެއްޔެވެ؟
އޭނާގެ އައިބުތައް ފޮރުވައިދޭނެ އަޚުންނާއި މިތުރުންނެވެ.
އެފަދަ ބަޔެއް ނުލިބިއްޖެނަމަ ދެން ކޯއްޗެއް ހެއްޔެވެ؟
މީހުންގެ ހިތްތަކުގައި އޭނާގެ މައްޗަށް ލޯބި ޖެހޭނެފަދަ މުއްސަނދިކަމެކެވެ.
އެފަދަ މުއްސަނދިކަމެއް ނުލިބިއްޖެނަމަ ދެން ކޯއްޗެއް ހެއްޔެވެ؟
އޭނާގެ އުޅުމާއި ގުޅުން ރީތިކޮށްދޭނެ މަކާރިމުލް އަޚުލާޤެވެ.
އެފަދަ އަޚުލާޤެއް ނުލިބިއްޖެނަމަ ދެން ކޯއްޗެއް ހެއްޔެވެ؟
އޭނާއަށް ރައްކާތެރިކަން ލިއްބައިދޭނެ ހަނުހުރުމާއި، ހަމަހިމޭންކަމެވެ.
އެފަދަ ހަމަހިމޭންކަމެއް ނުލިބިއްޖެނަމަ ދެން ކޯއްޗެއް ހެއްޔެވެ؟
އޭނާގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވުމަށްޓަކައި، އޭނާ އަވަހަށް މަރުވުމެވެ.







0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ