• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

މިއީ ހަމަ އެމީހާ އެވެ. އެ ފާފަވެރިޔާ އެވެ. ތިމަން ނަޔަށް ތަޢުބާވާން މަގުދައްކައިދިނީ އެދުވަހު އެ ހިފި ރޯދައެވެ.

Posted by faradays on Tuesday, August 09, 2011 No comments


މި ވާހަކަ ކިޔައިދިން ކަލޭގެފާނުން އެއްދުވަހެއްގައި އެއްގަމު ދަތުރެއްގައި ވިއެވެ. ފައުޖަކާއި އެކީގައި ވަޑައިގަންނަވަމުން ދަނިކޮށް އެމީހުންގެ މައްޗަށް ބަޔަކު އަރައި ގަނެ އަތުގައިވާ މުދާތަށް ފޭރިގަތެވެ. އެ މަގުފޭރޭ މީހުންތައް އެމީހުންގެ މުދާތައް ހިފައިގެން ގޮސް އެމީހުންގެ “ބޮސް” ކުރިމައްޗަށް އޮއްސާލިއެވެ. އޭގެ ތެރޭގައި ބައެއް ކާތަކެތިވެސް ހުރުމާއި އެކީގައި އެމީހުން އެއިން ކާންފެށިއެވެ. ނަމަވެސް ވާހަކަ ކިޔައިދެއްވި ކަލޭގެފާނުން ވިދާޅުވިއެވެ. ތިމަން ކަލޭގެފާނަށް ފެނުނީ އެ އެންމެން ކަމުން ގެންދާ އިރުގައިވެސް އެމީހުންގެ ބޮޑުމީހާ ނުކައި ހުރީތީއެވެ. ތިމަން ކަލޭގެފާނުން އެއީ ކީތްވެތޯ އެހުމުން އޭގެ ޖަވާބުގައި ބުންޏެވެ…………………………………… “ތިމަން މިހުރީ ރޯދަ އަށެވެ”

އެކަލޭގެފާނުން ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުން ހައިރާންވެގެން ހުރެ އަހާލީމެވެ. ކަލޭ ރޯދަ އަށް ތި ހުންނަނީ އަދި ވައްކަންތައްވެސް ކުރަމުން މީހުންގެ މުދައު ނުޙައްޤުން ފޭރޭ ޙާލުގައިދޯއެވެ؟ އޭނާ ޖަވާބުގައި ބުންޏެވެ. ނުބައި ނުލަފާ ކަންތައް ކުރިޔަސް ރަނގަޅު ހެޔޮ އެންމެ ޢަމަލެއް ނަމަވެސް ކުރަންޏާ ސަލާމަތް ވާނޭ ދޮރެއް ފަހުންވެސް ދިމާވެދާނެއެވެ.

މާނައަކީ ތިމަންނަ އަށް ތިމަން މިކުރާ ކަންކަމަކީ ނުބައި ކަމެއްކަން އިނގެއެވެ. އަދި މި ކަންތަކާމެދު ތިމަންނަ އަށް އަދަބު ނުލިބި ނުދާނޭކަންވެސް ދަންނަމެވެ. އެހެންވީމައި ކޮންމެސް ގޮތެއް ހޯދާން ވެގެން ކޮންމެވެސް ހެޔޮ ޢަމަލެއް ކުރާން ކަމަށް ރޯދަ ހިފަނީ އެވެ.

ވާހަކަ ކިޔައިދެއްވި ކަލޭގެފާނުން ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުންނަށް ދުވަސް ތަކެއް ފަހުން އެމީހާ ވައްތަރު ޖަހާ ، މޫނުމަތިން ރަނގަޅު މާތް ވައްތަރު ޖަހާ ހެޔޮލަފާ މީހަކު ގެފުޅު ވަށައިގެން ތަވާފް ކުރަނިކޮށް ދުށީމެވެ. އެމީހާގެ މޫނުމަތިން ވަރުބަލިކަން ހާމަވޭވޭ ހުއްޓެވެ. ތިމަން ކަލޭގެފާނުން ގޮސް އެމީހާ ކުރެން އެއީ ކުރިން ތިމަން ކަލޭގެފާނުންނާއި ބައްދަލުވީ މަގުފޭރޭ މީހުންގެ ބޮޑު މީހާތޯ ސުވާލު ކުރީމެވެ. އޭނާ ޖަވާބު ދިނެވެ….

އާނއެކެވެ. މިއީ ހަމަ އެމީހާ އެވެ. އެ ފާފަވެރިޔާ އެވެ. ތިމަން ނަޔަށް ތަޢުބާވާން މަގުދައްކައިދިނީ އެދުވަހު އެ ހިފި ރޯދައެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments