• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ލަންދޫ އެމް.ޑީ.ޕީ ގެ ބައްދަލުވުމަށް ލަންދޫ ޑީ.އާރު.ޕީގެ ގޮފިން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފާ

Posted by faradays on Thursday, January 13, 2011 1 comment

 ލަންދޫ އެމް.ޑީ.ޕީ ގެ ބައްދަލުވުމަށް ލަންދޫ ޑީ.އާރު.ޕީގެ ގޮފިން ވެސް ރޭ ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެފައެވެ. ލަންދޫ ރަށުކައުންސިލަށް އެމް.ޑީ.ޕީ ގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުން ރަސްމީކޮން ދައްކާލުމުގެ ގޮތުން ބޭއްވި ބައްދަލުވުމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އައުމަށް ހަމަޖެހިފައިވާތީވެ ، ލަންދޫ ޑީ.އާރު.ޕީގެ ގޮފިން ވަނީ ރީކޯ ލަންދޫގެ ރައްޔިތުންނަށް ދޭން ބުނި ލެބޯޓްރީ ހަދާން ކޮށްދިނުމަށްޓަކައި ފިލައިން ހަދާފައިވާ ލެބޯޓްރީ އެއް ލަންދޫގެ ބޮޑު މަގުމަތީގައި ދައްކާލުމަށް ބަހައްޓާފައެވެ. މީގެ އިތުރުން 6 ހޮޅިއެއްވެސް ވަނީ ތަފާތު ނަންތައް ޖަހައި ބާލިދީތަކެއް އަޅުވާ ސަރުކާރަށް ޖޯކް ޖަހުމުގެ ގޮތުން މަގުމަތީގައި ބަހައްޓާފައެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރަމުން އައި ދުވަސްވަރު ހުރިހާ ކެނޑިޑޭޓުންވެސް ދިޔައި ތަފާތު ވަޢުދުތައް ރައްޔިތުންނަށް ކުރަމުންނެވެ. އަތްފޯރާ ފަށަށް ދިރިއުޅުމުގެ އަގު ތިރިކުރުމާއި، މާލެއާއި ހުޅުމާލެ އާއި މާލެއާއި ދޭތެރޭ ބްރިޖް އަޅައިދޭނެ ކަމަށް ބުނެ ތަފާތު ކެނޑިޑޭޓުން ދިޔައީ ބޮޑެތި ވަޢުދު ތަކެއް ވަމުންނެވެ.
މިބައްދަލުވުމަށް އެމް.ޑީ.ޕީ ގެ ވަރަށް ގިނަ އިއްޒަތްތެރިންވަނީ ޙާޟިރުވިއެވެ. އޭގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ، މަނަދޫ ދާއިރާގެ މެމްބަރ އަހުމަދު ތޯރިގު އަދި ޔޫތް މިނިސްޓަރ ހިމެނިވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި ބައިވެރިވުމަށް މިބޭފުޅުން ލަންދޫއަށް ވަޑައިގަތީ ރޭ 8:15 އެހާކަށްހާއިރުއެވެ. ކަންދިމާކުރިގޮތުން އެބޭފުޅުން ރަށަށް އަރާވަޑައިގެންނެވީ ބޮޑުމަގަކުން ނޫނެވެ. އެހެން މަގަކުންނެވެ. މީގެސަބަބުން ޑީ.އާރު.ޕީ އަށް ސަޕޯޓްކުރާ ފާރާތްތަކުން ވަނީ އެކަމާއި ހިންހަމަ ނުޖެހުން ފާޅުކޮށް އަޑުގަދަ ކޮށްފައެވެ.
ނަމަވެސް ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ ވަޑައިގަތީ ސީދާ ބޮޑުމަގުންނެވެ. ޑީ.އާރު.ޕީގެ ގޮފިގެ ޖަގަހައިގެ ދޮރުމަތިން ޑީ.އާރު.ޕީގެ މެމްބަރުންނާއި ސަޕޯޓްކުރައްވައި ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ބައްދަލު ކުރުމަށްޓައި އަހުމަދު އީސާ ވަށައިލިއެެވެ.
" އަޅުގަނޑަށް ފުރިހަމަ އަށް އިތުބާރު އެބަ އޮތް ތިޔަ ބޭފުޅުން އަޅުގަނޑަކަށް ދެރަ ގޮތެއް ނަހަދާނެ ކަން. އަޅުގަނޑަކަށް ރައީސް ނަސީދު އާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އާއި ބެހޭގޮތުން ކުރާ ސުވާލަކަށް ޖަވާބެއް ނުދެވޭނެ. އަޅުގަނޑާއި ގުޅުން ހުރި ސުވާލަށް އަޅުގަނޑު މިހިރީ ޖަވާބު ދިނުމަށް ތައްޔާރަށް " ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ އެއްވެފައި ތިބި މީހުންނާއި މުހާތަބު ކޮށް ވިދާޅުވިއެވެ. އަދި ބައްދަލުވުން ނިމުމުން އިތުރަށް ބައްދަލުކޮށް ލުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސްތު އޮތް ވާހަކަ ދަންނަވާލުމަށްފަހު ބައްދަލުވުމަށް ވަޑައިގަތެވެ.
ޖަލްސާގައި އެމް.ޑި.ޕީ ގެ އިސްސަފުގައި ތިއްބެވި ގިނަބޭފުޅުން ބޭފުޅުންވަނީ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް ލަންދޫ ރަށުކައުންސިލަށް އެމް.ޑީ.ޕީ ގެ ފަރާތުން ކުރިމަތިލާފައިވާ އެއްވެސް ކެންޑިޑޭޓަކު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެންމެ ކުޑަވެގެން އަމިއްލަ ތައާރަފެއްވެސް ދީފައެއް ނުވެއެވެ.
ރޭގެ ބައްދަލުވުމަށްފަހު އޮތް ފަރިއްކޮޅަކަށްފަހު ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ވަނީ ރަށުގެ ބޮޑުމަގުން ފުރާވަޑައިގަތުމަށްޓަކައި ވަޑައިގަންފައެވެ. ޑީ.އާރު.ޕީގެ ގޮފި އާއި އަރާހަމަވުމުން ވާހަކަ ދައްކާލަން ބޭނުންކަމަށް ބައެއް ޑީ.އާރު.ޕީގެ މެމްބަރުން އެދުމުން ރީކޯ ވިދާޅުވީ " އަހަރެން އައި ކަލޭމެންނާއި ބައްދަލު ކުރާކަށް ނޫން" ކަމަށް ބުނެ މަޑުވެސް ކޮށްނުލައި ވަނީ ގޮސްފައެވެ.

1 comments:

ސާބަހޭ ސާމަރާލައިވް .ކީއްވެތަ ލެބޯޓަރީ ނުކެއީ ކަލޭ މީގެކުރިން އަހަރެމެން ވާވެއްދީ އެމްޑީޕީ ވަރެއް ނޯންނާނޭ ކިޔައިގެން.އަހަރެން ތި ޕާޓީއަށް ވަނީ ކަލޭ ބުނެގެން

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments