ކިތެއްމެ އަވަހަކަށް ކޮންމެ ތަނަކުން ކޮންމެ ވަގުތަކު ކޮންމެ މީހަކަށް ފެނުނު ކަމުގައިވީ ނަމަވެސް ފުރަތަމަ ބަހަކަށް ދުލުން ނިކުންނާނީ "ކޮބާ ވޯޓެއް ދޭންވާނެ" މިބަހެވެ. މިހެން މިވަނީ ވޯޓުގެ ފޯރި ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދިޔުމުންނެވެ. އެގޮތުން މިހާރު މިވަނީ މި އިންތިހާބުގައި ބައިވެރި ވެފައިވާ ޕާޓީ ތަކުގެ ޖަގަހަ ވެސް ހެދުުމުގެ އެންމެ ފަހުގެ މަސައްކަތް ތައް ކުރަމުންނެވެ.
ކައުންސިލު އިންތިހާބު ގައި ލަންދޫ އިން ބައިވެރި ވެފައިވަނީ 17 މީހުންނެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް ވޯޓު ދެވެނީ އެންމެ 5 މީހުނަށެވެ. މީގައި ހެއްވާ ކަމެއް ވެސް ހިމެނިފައި ވެއެވެ. އިންތިހާބު ގައި ބައިވެރި ވެފައި 17 މީހުން ވާއިރު ވޯޓު ދިނުމަށް އެތައް ބަޔަކު ބުނަމުން ދެޔެވެ. ކޮންމެ މީހަކުވެސް ފެނުމާއި އެކު ކޮބާ ވޯޓެއް ދޭންވާނެއޭ ބުނުމުން އެނިމުނީއެ އެންމެ ކުޑަ ވެގެން ވޯޓު ލާންވީ ކާކަށް ކަމެއްވެސް ނުބުނާނެ އެވެ. އަނެއް ބަޔަކު އިންތިހާއަށް ހިތް ހެޔޮވެގެން ކަންތައްތައް ކޮއްދީ ހަދާނެއެވެ. ނަމަވެސް ވޯޓު ދޭށެކޭ ނުބުނާނެއެވެ.
ތިމާ ވޯޓު ދޭނީ ހަމައެކަނި ތިމާގެ ފައިދާއަށް ވިސްނައިގެނެއް ނޫނެވެ. އަބަދުވެސް ވިސްނަންވީ އެންމެންގެ ފައިދާ އަށެވެ. ރަށުގެ ތަރައްގީ ބޭނުންނަމަ ތައުލީމީ ޤާބިލު ޖުވާނުން ހިޔާރު ކުރައްވާށެވެ.








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ