• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ލަންދުއަށް ވަޑައިގެންފި

Posted by Shall3y on Saturday, January 22, 2011 No comments


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ލަންދުއަށް މިއަދު ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި މިއަދު މެންދުރުފަހު 2:15 ހާއިރު ލަންދޫއަށް ވަޑައިގަތުމުން ލަންދޫރައްޔިތުންގެ ތެރެއިން ގިނަބަޔަކު އެމަނިކުފާނަށް އިސްތިޤްބާލުކުރުމަށްޓަކައި ރަށުގެ ބަނދަރު ސަރަޙައްދަށް ޙާޒިރުވިއެވެ. ޤައުމީ އިއްތިހާދުގެ ދިދައާއި، ދިވެހި ޤައުމީ ދިދަހިފައިގެން ތިބި ކުދިބޮޑު ގިނަބަޔަކު ވަނީ މިއަދު ބަނދަރު ސަރަހައްދުން ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކަށް މަރުހަބާ ދަންނަވާފައެވެ.

ޑރ.ވަޙީދުގެ މިދަތުރުފުޅުގައި ރައީސްއޮފީހުގެ އިސްބައެއް ބޭފުޅުންގެ އިތުރުން އެމަނިކުފާނުގެ އަނބިިކަބަލުންވެސް މިއަދު ލަންދޫއަށް ވަޑައިގެންނެވިއެވެ. އަދި އުތުރު ޕްރޮވިންސް އޮފީހުން ސްޓޭޓްމިނިސްޓަރުގެ ނައިބާއި، އެއޮފީހުގެ އިސްބައެއް ބޭފުޅުންނާއި، ނ.އަތޮޅުއޮފީހުގެވެސް އިސްބޭފުޅުން މިދަތުރު ފުޅުގައި އެމަނިކުފާނުގެ އަރިޙުގައި ލަންދޫއަށް ވަޑައިގެންނެވިއެވެ.

ޑރ.ވަހީދުގެ މިދަތުރުފުޅުގައި ، ޤައުމީ އިއްތިހާދު ޕާޓީން ލަންދޫ ކައުންސިލަށް ކުރިމަތިލައްވާ ހަމައެކަނި ކެންޑިޑޭޓް އަލްފާޟިލް އިބްރާހީމް ސަޢުދުގެ ކެމްޕެއިންޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވިއެވެ. ޖަގަހަ ހުޅުވައިދެއްވުމަށް ލަންދޫގައި މިއަދުބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނުގެ މިދަތުރު ފުޅަކީ ކުރިއަށް އޮތް ލޯކަލްކައުންސިލްގައި އެމަނިކުފާނުގެ ޕާޓީ ( ޤައުމީ އިއްތިހާދު ) ގެފަރާތުން ވާދަކުރާ ކެންޑިޓޭޓުން ތަޢާރަފްކޮށް އެފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްކަމަށް ވިދާޅުވިއެވެ.

ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ.ވަހީދު ގެއިތުރުން ޤައުމީ އިއްތިހާދުޕާޓީން ކުރިމަތިލައްވާ ހަމައެކަނި ކެންޑިޑޭޓް އަލްފާޟިލް އިބްރާހީމް ސަޢުދުވެސް ވާހަކަދެއްކެވިއެވެ. އޭނާގެ ވާހަކައިގާ 5 ފެބުރުއަރީ 2011 ގައި މިބާއްވާ އިންތިޚާބުގައި ލޯކަލްކައުންސިލަށް ކުރިމަތިލާ ކެންޑޭޑޭޓުންގެ ތެރެއިން މުޅިރާއްޖެއިންވެސް އެންމެ ހަގު ކެންޑިޑޭޓަކީ އޭނާކަމަށާއި، އޭނާ ލަންދޫކައުންސިލަށް ހޮވިއްޖެނަމަ ވެގެންދާނީ ރެކޯޑަކަށް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ލަންދޫއަށާއި، ލަންދޫގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ހެޔޮނަސީބެއްކަމަށާއި، ލަންދޫރައްޔިތުންގެ ދީލަތި ވޯޓުންއޭނާ ރަށުކައުންސިލަށް ހޮވައިދިނުމަށް ލަންދޫރައްޔިތުންގެ ކިބައިން އެދުނެވެ.

ޑރ.ވަހީދުގެ މިދަތުރުފުޅުގައި ލަންދޫ ލިޔެސް ޖަމްޢިއްޔާގެ ފަރާތުން ލަންދޫގައި ހިންގާ ލިޔެސްޕްރީސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިންނާ މިއަދު ހަވީރު ބައްދަލުކުރެއްވުން އޮންނާނެކަމަށާއި، މިރޭ 9:00 ގައި ލަންދޫ ރައްޔިތުންނާއިބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންދޫއޮފީހުން މަޢުލޫމާތު ދެއްވައެވެ.

މިދަތުުރުފުޅާ ގުޅޭ އެެންމަހާ ޚަބަރުތަކާއި، މަޢުލޫމާތުތައް ވީވަރަކުން ގެނެސްދެމުން ގެންދާނެވާހަކަ ކިޔުންތެރިންގެ މަޢުލޫމާތަށް ޓަކައިދަންނަވަމެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments