• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ފެންނާނެ"،"ގުޅޭނެ"،"އަތުޖެހޭނެ"،ކޮށްދޭނަން"،"ކުރާނަން"ވާނެ އެންމެންގެ ކައުންސިލަރު "ލޮބުވެތި ރައްޔިތުންގެ ބޮޑުބެ"

Posted by faradays on Monday, January 17, 2011 No comments

އަޅުގަޑުމެން އަތުން ވޯޓްދީ ހޮވަން މިއުޅޭ ކައުންސިލަކީ ނުވަތަ ކައުންސިލް މެމްބަރަކީ އެމީހުންގެ ކޮނޑުގައި ވަރަށްވެސް ބޮޑެތި ޒިންމާތަކެއް އެޅޭނެ ބައެކެވެ. ދީނީ ގޮތުންނާއި ޤައުމީގޮތުން ފަރުދީ ގޮތުންނާއި ރަށުވަންތަ ކަމުގެ ގޮތުން އެމީހުންގެ ކޮނޑުގައި އެޅޭނެ ޒިންމާތަކަކީ ވަކި ވަޤުތަކު ނުވަތަ ވަކިތަނަކު އެފަދަ މީހާ ހަނދުމަކުރަންޖެހޭ ޒިންމާތަކެއް ނުވަތަ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ މި ފަހުރުވެރި ރަށް އާދެ ލަންދޫއިން މިކަން ވެގެންދަނީ އެދިމައަކަށް ބަލައިލި މީހަކު ލަދުން ހަލާކުވާފަދަ ބީދައަކުންނެވެ. ތިމާ ބޭނުންވާ މަޤާމު ތިމާއަށް ލިބެންދެން ބޮޑެތިވެގެންވީހާ ޢަހުދުތަކާއި ވަޢުދުތައް ރައްޔިތުންގެ ކުރިމަތީގައި ވެއެވެ. އެހިނދުގައި ރައްޔިތުންގެ ކުރިމަތީގައި އޭނާގެ ވާހަކަތަކުން ރިވެތިވެގެންވީހާ ފޮނި، ކުލަރީތި މަންޒަރުތައް ސިފަކޮށްދެއެވެ. މޮޅެތިހެން ހީވާ ޝިޢާރުތައް ކެމްޕޭނުދުވަސްވަރު ބޭނުންކުރާނެއެވެ. "ފެންނާނެ"،"ގުޅޭނެ"،"އަތުޖެހޭނެ"،ކޮށްދޭނަން"،"ކުރާނަން"ވާނެ"،"އެންމެންގެ މެމްބަރު"،"ލޮބުވެތި ރައްޔިތުންގެ ބޮޑުބެ".....ދެން މިހެންގޮސް އިންސާނަކު ފިތްކަނޑައިގެންދާހާ މޮޅެތި ޝިޢާރުތަކެވެ. ދުވަހަކު ރައްޔިތެއްގެ ހާލް ބަލާވެސް ނުލާ އަމުދުން ކައުންސިލް މީ ކޮންއެއްޗެއްކަންވެސް ކިހާ ޒިންމާދާރު ކަމެއްކަންވެސް ނުމެ އެގޭހާލް އެވަރުން ނުވެގެން ރަށާއި ރަށުގެ ރައްޔިތުންގެ ކުރިމަގަށް ފުރައްސާރަކޮށްކޮށްފައި ތިބިމީހުންވެސް ބޮޑެތިހެންހީވާ ޖަގަހަތައްހަދައި ރައްޔިތުންގެ ޚާދިމުންގެ ޔުނީފޯމް ގަޔަށް ލައިގެން ތިބޭ ދުވަސްވަރު މިދަނީ ދުވަހެއް ދުވަހަކަށްވުރެ ފޯރި ގަދަކޮށެވެ.
މިއަދު ކައުންސިލް މެމްބަރަކަށް އެފަދަ މީހާ ކުރިމަތިލާއިރު ރައްޔިތުން އަތްފޯރާ ފަށުގައި އޭނާ ޙަރަކާތްތެރިވެއެވެ. ދަތްޕިލަދިލުވާލައިގެން މަގުމަތީ އަބަދު ހުންނާނެއެވެ. މީހުންނާއި ވަރަށްގިނައިން ސަލާމްކުރާނެއެވެ. އެހިނދުގައި ރައްޔިތުންނަށް ގިނަގުނަ ކަންކަން ކޮށްދޭވެސްމެއެވެ. ނަމަވެސް ތިމާ ބޭނުންވާކަންތައް ފުރިހަމަވުމުން ދެން އެމީހާއަށް ހީވަނީ ނިކަމެތި މީހާ ތިމާއަށް ހެޔޮހިތުން ދިންވޯޓުން ތިމާއަށް އާދެވުނު ފަޚުރުވެރި މަގާމް މިއީ ތިމާގެ އަމިއްލަ މިލްކިއްޔާތެއްހެންނެވެ. އެއްކަލަ އަތްފޯރާފަށުގައި ހުންނާނެ ކަމަށް މިއަދު އެބުނާ ރައްޔިތުންގެ ކައުންސިލަރު ލޮލަށް ފެންނާނީވެސް އެތައް ގަނައެއްތެޅި އެތައް ފާސްތަކެއްވެ އެތައް އެތައް ދޮރުތަކެއް ކަޑައްތު ކޮށްގެންނެވެ. ނުވަތަ ބައެއްފަހަރަށް ފައިންޕުޅު ނުވެސް ފެންނާނެއެވެ. އެންމެ މިސާލެކެވެ.
 ލަންދޫގެ ރައްޔިތުންނޭވެ!..ފާޑުފާޑުގެ ދޮގުވެރި ޅެންތައްކިޔައި އަޅުގަނޑުމެން ވާވައްދަމުންދުވާ މީހުންނާއި ދޭތެރޭގައި ފާރަވެރިވާން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ރަށަށް ޓަކައެވެ. އަޅުގަނޑުމެންގެ މުސްތަގުބަލަށް ޓަކައެވެ. އަދި ދެން އަންނަންއޮތްޖީލަށްޓަކައެވެ. މީހަކު ހަމަ ބުނާހާއެއްޗެއް ޤަބޫލު ކޮށްގެން މިހެން ތިބެވޭކަށްނެތެވެ. އަޅުގަނޑުމެންނަކީވެސް މާތްﷲ ބުއްދިދެއްވާފައިވާ ބައެކެވެ.

މިފަދަ ޚައްޞާސް ދަނޑިވަޅުތަކުގައި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ބުނެލަން ބޭނުންވަނީ ރައްޔިތުންނަށް އިޚްލާޞްތެރި ވުމަށެވެ. ވޯޓު ހޯދުމަށްޓަކައި ރައްޔިތުންގެ ފައިދަށަށް އައިސް މިއަދު އާދޭސްކުރަމުން ތިދާދިއުން ވެރިކަމަށްފަހުގައި ހަނދާންކުރުމަށް ނަސޭޙަތްތެރިވަމެވެ. ލަންދޫގެ ރައްޔަތުން ތިޔަފަރާތްތަކާ ވެރިކަން ޙަވާލު މިކުރާ އެންމެ ފުރަތަމަ ސަބަބަކީ ރަށުގެ ތަރައްގީއާއި ކުރިމަގު އުޖާލާ ކުރުން ކަމުގައި ތާއަބަދު ހަނދާންކުރުމެވެ. އަދި ރައްޔިތުންގެ ކުރިމަތީގައި ވަމުންތިދާ ވަޢުދުތައް ފުއްދައިދީ ބަހާއި ޢަމަލު ސީދާކުރުމަށް ނަސޭހަތްތެރިވަމެވެ. މަޤާމަށްފަހުގައިވެސް ރައްޔިތުން އަތްފޯރާފަށުގައި ތިބުމަށް ނަސޭޙަތްތެރިވަމެވެ. ނިންމާލަމުން ކައުންސިލް މެމަބަރ ކަމަށް ވާދަކުރާ ހުރިހާ މެމްބަރުންނަށް  ހަނދުމަކޮށްދޭންއޮތީ ތިބާ ތިޙަވާލުވާ މަޤާމާއިމެދު ސުވާލުކުރެވޭ ދުވަހެއް އެބަ އަންނަކަމެވެ. އެއީ ދަޅުހުރި ޖަނަވާރުގެ ކިބައިން ދަޅުނެތް ޖަނަވާރަށް ދީފައިފާ އަނިޔާއަށް އެތަކެއްޗަށްވެސް ބަދަލުލިބޭ ދުވަހެވެ. އެއީ ޙައްޤުގެ ދުވަސް ކަމުގައި ހަނދާންކޮށްދެމެވެ. އެދުވަހުން ކުރެވުނު ހުރިހާ ޢަމަލެއްގެ ޖަޒާ ލިބޭނެކަން ހަނދުމަ ކޮށްދެމެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments