• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ލަންދޫގެ ކުރިމަގަށް ހުރަސް އެޅި މީހާ ނިޔާވެއްޖެ ! އިންނާ ﷲ

Posted by faradays on Monday, January 17, 2011 1 comment

ލަންދޫގެ ކުދިބޮޑް އެންމެން މެންދަމުގެ އަރާމު ނިދީގައި ނިދާފައި ވަނިކޮށް ނުހަނު ބާރު އަދި އެހާމެ ބަރުއަޑަކުން  އަޑްގަދަ ކުރާއިން ގޮވަމުން އެދަނީ އަމިއްލަ ފަރާތެއްގެ ދެންނެވުމެކެވެ. ގޮވަމުން ދަނީ ލަންދޫގެ ކުރިމަގަށް ހުރަސްއެޅި މީހާ ދާދި ދެންމެއަކު ނިޔާވެއްޖެއެވެ. އެ މަރުޙޫމްގެ ޖަނާޒާގައި ބައިވެރިވުމަށާ މޫނު ދެކިލުމަށް ހުރިހާ ބޭފުޅުންވެސް ގަބުރުސްތާނަށް ހާޒިރުވުން އެދެމެވެ."
މި އަޑް ހަމަ އިވުމާއި އެކު އެންމެންގެ މޫނުމަތިންވެސް ހިތާމައިގެ އަސަރު ފާޅުވިއެވެ. ހަމަ އެ ހިނދުކޮޅުގައި އެންމެންގެ ހިތުގައިވެސް އުފެދުނު ސުވާލަކީ " އެއީ ކާކުބާވައެވެ؟" މި ޚިޔާލުގައި އެންމެންވެސް މިސްރާބު ޖެހީ ގަބުރުސްތާނާއި ދިމާއަށެވެ. " މި ރަށުގެ ކުރިއެރުމަށް ހުރަސްއެޅި އެ މީހަކީ ކާކުބާ؟ އެއީ ކޮންމެ މީހަކަށް ވިޔަސް އެމީހަކު އެ ނިޔާވީ އެވެ. "

ގަބުރުސްތާނުގައި  ބަހައްޓާފައި ހުރި ސަންދޯކާއި ކައިރިއަށް ފަހަރަކު މީހަކު ކައިރިވަމުން ދިޔައެވެ. ސަންދޯކުގެ ތެރެއަށް ބަލައިލުމާއެކު ކޮންމެ މީހެއްގެ މޫނުމަތިންވެސް ތަފާތު އަސަރުތަކެއް ފާޅުވެއެވެ. ސަންދޯއްކައިރީގައި ކޮންމެ މީހަކުވެސް ހައިރާންކަމާއެކު އޭގެތެރެޢަށް ބަލަން ހުރެއެވެ. އަދި ކޮންމެވެސް މީހަކު އޭނާގެ ހިތުގެ އެންމެ ފުނަށް ވާޞިލު ވެއްޖެ ކަމުގެ އިޙުޞާސް ކުރެވޭ ކަހަލަ އެވެ.
ސަންދޯކުގެ ތެރޭގައިވަނީ މޫނުބަލާ ލޯގަނޑެކެވެ. އޭގެ ތެރެއަށް ބަލައިލުމާއެކު ކޮންމެ މީހަކަށްވެސް ފެންނަނީ އެމީހެއްގެ ސޫރައެވެ. އެއާއި އެކު ލިޔުމެއް ވެއެވެ.

" ތިބާގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ އެކަމަށް ހައްދުތައް ކަނޑައެޅޭނެ މީހަކީ ހަމައެކަނި ތިބާއެވެ"
ތިބާގެ ޙަޔާތް ބަދަލުކޮށްލެވޭނެ ހަމައެކަނި މީހަކީ ތިބާއެވެ.

ތިބާގެ އުފާތަކަށް ބާރުފޯރުވޭނެ، ތިބާގެ ކާމިޔާބީތައް ދެނެގަނެ އެކަން އެގޮތުގައި ހިފެހެއްޓޭނެ މީހަކީ ތިބާއެވެ.

ތިބާގެ ނަފުސަށް އެޙީވެވޭނެ މީހަކީ ޚުދު ތިބާއެވެ.
ތިބާގެ ވެރިމީހާ ބަދަލު ވުމަކުން ، ތިބާގެ ރަހުމަތްތެރިން ބަދަލުވުމަކުން، ތިބާގެ ބަލަދުވެރިން ބަދަލުވުމަކުން، ތިބާގެ ބައިވެރިޔާ ބަދަލު ވުމަކުން ނުވަތަ ތިބާ މަސައްކަތްކުރާ ކުންފުނި ބަދަލުވުމަކުން ތިބާގެ ހަޔާތް ބަދަލެއް ނުވާނެއެވެ.
ތިބާގެ ހަޔާތް ބަދަލުވާނީ ތިބާ ބަދަލުވުމުންނެވެ. ތިބާއަކީ ތިބާގެ ހަޔާތުގެ ހުރިހާ މަސްޢޫލިއްޔަތުތަކެއް އަދާކުރަންޖެހޭ ފަރާތްކަމުގައި ޤަބޫލު ކުރެވުމުންނެވެ

ދެން ކަޑަވާނީ ކާކުބާ؟

1 comments:

faruhaadh thee gadha meehehe

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments