އޭ އެކުވެރި ކިޔުންތެރިޔާއެވެ. މިފަދަ ލިޔުމެއް ލިޔަންޖެހޭތީ ދެރަވެސް ވަމެވެ.އެހެނަސް ކަންތަށް މާ މައްޗައްގޮސް އަތް ނުފޯރާ ހިސާބަށް ދިޔައީމަ ދެން ނުހުރެވުނީއެވެ. މީ ލަންދޫ މީހެކެވެ. މީނާ ގަބޫލް ކުރާ ގޮތުން މީނާއަށް ދަސްވެފައިނެތް ރަށެއް، ޙަޤީޤަތް ނޭނގޭ ސަހަރެއް، ނޯންނާނެ އެވެ. ސިއްރުތައް ނޭނގޭ ބިމެއް، ފުންމިން ނޭނގޭ ކަނޑެއް، ނޯންނާނެ އެވެ. ބޯމިން ނޭނގޭ ވަލެއް، ތިލަމިން ނޭނގޭ ހަލެއް، ގިރިއެއް، މި ދުނިޔެއަކު ނޯންނާނެ އެވެ. މީނާ ދެ ފުށުން ނުދަންނަ ރަސްކަލެއް ވަޒީރެއް، އަމީރެއް ތާޖިރެއް، ދުނިޔަވީ ޙަޔާތް ދެކެފައެއް ނުވެ އެވެ. ޢާލިމުންނާއި ޖާހިލުން، ޢާބިދުންނާއި، ފާސިޤުން، ޒާލިމުންނާއި މަޡުލޫމުން، ޞިއްދީޤުންނާއި ޒިންދީޤުން، ޢާޝިޤުންނާއި މަޖުނޫނުން، މި ބިމުގައި އުޅެ މަރުވެ ނިމިގެން އެ ދަނީ މީނާގެ ލޯމަތީގަ ކަހަލައެވެެ.
އޭ އިންސާނާ އެވެ! ތިޔައީ، ޢިލްމުވެރިއެއްހެއްޔެވެ؟ މަސައްކަތްތެރި ފަންނާނެއް ހެއްޔެވެ؟ ޝާޢިރެއް، ލިޔުންތެރިއެއް، ނޫނީ ކުރެހުންތެރިއެއްހެއްޔެވެ؟ ނުވަތަ ތުއްތު ތުއްތު ކުުދިންތަކަކާއި ރައްޔިތެއްގެ މައްޗަށް އަމާނާތްތެރިވުމުގެ ވާޖިބު ތިބާގެ ނަސީބު، ތިބާގެ ކޮނޑުގައި އަޅުވައިފައިވާ މަސްއޫލުވެރިއެއް ހެއްޔެވެ؟ މި ސުވާލުތައް މި ކުރީ އަހަންނަށް ތިބާއަކީ ކާކުކަން ނޭނގި ގެނެއްނޫނެވެ. ބޭނުމަކީ ނަސޭހަތެއް ދިނުމަށްޓަކައި، ތިބާގެ ސިކުނޑީގެ ދޮރުފަތް ހުޅުވައިލެވޭތޯ ބެލުމެވެ.
ތިބާގެ ފަންނުވެރިކަމާއި، ހުނަރުވެރިކަމަށްޓަކައި ފަޚުރުވެރިކަމާއެކު ބޮޑާ ވާތީ އަހަރެން ބުނާނަމެވެ. ތިޔަ ކަމުގައި މޭ ފުއްޕާލެވޭ ފަދަ ޤާބިލުކަމެއް ކަލޭގެެ ކިބަޔަކު ނެތެވެ. ދުނިޔޭގެ ބިމުގެ ބަނޑުދަށުގައިވާ ބިންގަރާސްތަކާއި، ކަނޑުއަޑީގައި ވަޅުލެވިފައިވާ އުންމަތްތަކުގެ ޙަޟާރަތް ތަކާއި ލަންދޫގެ މާބުދުގޭގެ ހަގީގަތް ހުވަފެނަކުން ވެސް ދުށީމުހެއްޔެވެ؟ ސައްދާދުގެ އިރަމާ ގަނޑުވަރާއި، މިޞުރުގައި އެހެރަ އަހުރާމުތަކުގައިވާ ސައިންސާއި ޢިލްމުގެ ޙަޤީޤަތްތަކާއި ލަންދޫގެ ޗަކަބިންތަކުގެ ހަޤީޤަތް ހީ ޔަކަށް ވެސް މޭރުންވޭހެއްޔެވެ؟ މި ކަންކަމާމެދު ހިނދުކޮޅަކަށް ވިސްނުމުގެ ނަޒަރު ހިންގައިލިޔަސް، ކަލޭ ޖެހޭނީ ހުރިގޮތަށް އިސްދަށަށްޖަހާށެވެ. އެތަންތަނުގެ ފަންނުވެރިކަމާއި، މަސައްކަތްތެރިކަން އައީ ކިހިނެއްހެއްޔެވެ؟ އެކަންކަން ކުރި މީހުންގެ ޢިލްމާއި، އެމީހުން ބޭނުންކުރި ވަސީލަތްތަކުގެ ކުރިމަތީގައި، ތިބާ ބަހައްޓައިފި ނަމަ، އިނގިލީގައި ދައިގަންނާނެކަން ކަށަވަރެވެ. ކަލެއަކީ ލަންދޫ އާރާސްތުކޮށް އާބާތުރަ ފިލްވާލަދިން މޭސްތެރިޔާކަމަށް ވާނަމަ، ނޫޙުގެފާނުގެ ނާކޮޅުބަން މީހުންގެ ކުޅަދާނަކަން ހިތްމައްޗަށް ނުގެނެވުނީތީ އަހަރެން ހިތާމަ ކުރަމެވެ. ވިސްނާ ފިކުރުކޮށްލައިބަލާށެވެ!
ކަލޭހިތުން ކަލޭތީ އެހެންމީހުންނަށް ނަސޭހަތްތެރިވާ ބުއްދިވެރި ޙިކްމަތްތެރިޔަކީމު ހެއްޔެވެ؟ ތިބާގެ ބުއްދިވެރިކަމާއި، ވިސްނުންތެރިކަން ލަންދޫގެ އެހެން ރައްޔިތުންނާއި ނުބައްދަލުކަމަށް ގަބޫލުކުރެވެނީހެއްޔެވެ؟ ލުޤުމާނު ޙަކީމުގެ ވާހަކަ އަޑު ނާހަމު ދޯ އެވެ! އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަތްފުށްތައް ނިކަން އެނގޭމީހަކު ގާތު އަހައިގެން ހޯދައިބަލާށެވެ. ބުއްދިޔާއި ޙިކްމަތްދެއްވި އަޅުންނަކީ ކިހާ މަތިވެރި ކިހާ ޤާބިލް ބައެއްކަން ކަލެއަށް އެނގިގެންދާނެ އެވެ.
ޢިލްމުވެރިކަމަކީ ތިބާގެ ނަސީބުހެއްޔެވެ؟ މާގިނަ ފޮތްތައް ކިޔުނީހެއްޔެވެ؟ މާގިނަ ދާއިރާގެ ޢިލްމުތަކަށް އަހުލުވެރިވީހެއްޔެވެ؟ ތިބާގެ މަޢުލޫމާތުގެ މުއްސަނދިކަމާއި ދޫފަރިތަކަމާހުރެ އަޖައިބުވާ މީހުން ގިނަކަމަށް ބުނެ ތިބާ ވެސް ވަނީ އަންތަރީސް ވެފައި ދޯ އެވެ؟ އެހެންކަމަށް ވާނަމަ، ޚިޟްރުޢަލައިހިއްސަލާމުގެ ވާހަކައިން ތަންކޮޅެއް ކިޔައިދީފާނަމެވެ. އޭރުން ކުޑައެއްހެން ވައިގެ ތެރެޔަށް ފޮޅުވައިލެވިފައި ތިޔަ ހަރަ ބޮޑާކަމުގެ ދެ ފިޔަ، ވަގުތުން މޯޅިވާނެކަން ކަށަވަރެވެ. އެހެންވެއްޖެ ނަމަ، އެ ލިބުނީ ބޮޑުބައްޔަކަށް މޮޅު ފަރުވާއެކެވެ. އަވަސް ޝިފާއެކެވެ.
ލަންދޫގައި ދީންވެރީން މަދުކަމުން ކަންބޮޑުވަނީ ހެއްޔެވެ؟ ދީނަށް އުޅޭމީހުންގެ ލިސްޓެއް ނަގާއިރު ވެސް ތިބާ ފިޔަވައި ކުފޫހަމަވާ، ކަމުދާ ކަހަލަ މީހަކު ނެތްކަމަށް ވިސްނެނީހެއްޔެވެ؟ ސަލްމާނުލްފާރީސީ ފަރީއްކޮޅު ކައްކަވަން ގެންގުޅުއްވި ތެލީގެ ވާހަކަ ނުކިޔަމު ހެއްޔެވެ؟ ޢުމަރުގެފާނުގެ ފޮތިއެޅި ޖުއްބާކޮޅުގެ ވާހަކަ ވެސް ތިބާ ކިޔެވި ފޮތްތަކުގައި ނެތީހެއްޔެވެ؟ ޢުޘްމާނުގެފާނުގެ ދީލަތިފުޅުކަމާއި، ޙާޠިމުއްޠާއީގެ ދަރިކަލުންގެ ހިތްޕުޅު ހެޔޮކަމުގެ ޚަބަރު ވެސް ކަލެޔަށް ކިޔައިދޭން އެބަ ޖެހޭ ދޯ އެވެ؟ މޫނުމަތީގައި ޖެހިފައި ތިޔަހަރަ ކިބުރާއި ހަސަދައިގެ ވަގޮށްތައް މޮހިގެން ދިޔުމަށްޓަކަ އެވެ.
ފެންނަހާ ރައްޓެއްސަކަށް ތިބާގެ އަންހެނުން ދައްކާ ލޯތްބާއި، ޖަވާޖީ ޙަޔާތުގައި ތިބާޔަށްވުރެ ތެދުވެރި އަނެކަކު ނެތް ކަމަށް ތިޔަ ކުރާ ދަޢުވާގެ އަސްލަކީ ކޮބައިހެއްޔެވެ؟ ކޮންމެ ކަމަކުން އެންމެ ކުރީގައި ހުރުމުގެ ޝައުޤު ތިޔަ ހުންނަނީ ކޮން ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް އުފެދޭ ޝުޢޫރަކުން ހެއްޔެވެ؟ ވަފާތެރި ލޯބިވެރިންނާއި، އިޚްލާޞްތެރި ޒަވާޖީ ގުޅުންތަކުގެ ނަމޫނާތައް ޢަދަދު ވެވޭވަރަށްވުރެ މާގިނަ އެވެ. މިއީ ހަމައެކަނި ތާޖުމަހަލުގެ ނަމޫނާއިން ނިންމާލެވޭނެ ކަމެއް ނޫނެވެ.
އޭ މަސްއޫލުވެރިޔާ އެވެ! މިވަރުން ކަލެއަށް ވިސްނޭނެ ކަމަށް ހީކޮށް މިވަގުތަށް ކުރުކޮއްލަމެވެ.

2 comments:
ސާބަހޭ ފަރަޑޭ ކަލެއަށް ތިޔަކަން ކުރެވިދާނެ.ތީ އަސްލުވެސް ހަމަ ތެދު ވަރަށް މޮޅު މިކަހަލަ ލިޔުންތަށް އަބަދުވެސް ގެނަސްދެއްޗޭ
ey dhen anehkaaves huhtaalaa mifaharu varah reethi
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ