• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ޤައުމިއްޔަތު ސަލާމަތްކުރެވޭނީ ހަމައެކަނި ޑީއާރުޕީއަށް އިންތިޚާބު ކާމިޔާބުކުރެވިގެން: މައުމޫނު

Posted by faradays on Friday, January 07, 2011 No comments

ދިވެހިންގެ  ޤައުމިއްޔަތު ސަލާމަތްކޮށް ހިމާޔަތްކުރެވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ހަމައެކަނި ޑީއާރުޕީއަށް ކާމިޔާބުކުރެވިގެން ކަމަށް ޑީއާރުޕީގެ ޒަޢީމް މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕާޓީގެ މެންބަރުންނާ އަދި ހެޔޮ އެދިވަދައިގަންނަވާ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ރޭ ކަލާފާނު ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ޒަޢީމް މައުމޫނު ވިދާޅުވީ މިހާރަށްވުރެ އިޤްތިޞާދީ ގޮތުން މާދަތި ދުވަސްތައް ރާއްޖެ ތަޖުރިބާކޮށްފައިވާކަމަށެވެ. މީގެ ވިހިވަރަކަށް އަހަރުކުރިން ހިނގައިދިއަ ކުވޭތު ހަނގުރާމަ އާއި އިރާޤް ހަނގުރާމަ ފަދަ ހަނގުރާމަތަކާ ގުޅިގެން މުޅި ދުނިޔެއަށް ވެސް އިޤްޠިޞާދީ ދަތިތަކާއި ކުރިމަތިލާންޖެހުނު ކަމަށާއި އަދި އެދަދިތައް ރާއްޖެއަށް ވެސް ކުރިމަތިވި ކަމަށެވެ.
ނަމަވެސް އެއިން އެއްވެސް ކަމަކާގުޅިގެން ރާއްޖޭގެ ބިންތަކާ ޤައުމީ ތަރިކަ ބޭރު ބަޔަކަށް ވިއްކައި ދީހަދާފައިނުވާނެ ކަމަށާއި ރާއްޖެއަށް އެދަތިތަކުން އަރައި ގަނެވުނީ އެގޮތަށް ރާއްޖޭގެ ބިންތައް ނުދިނުމުން ކަމަށްވެސް ޒަޢީމް މައުމޫނު ވިދާޅުވިއެވެ.
” އެދަތިތަކުން އަރައިގަތުމަށް ރާއްޖޭގެ ބިންތައް ވިއްކާކަށް ނުޖެހުނު. އަޅުގަނޑުމެންގެ މުއްސަނދިކަން ބޭރުބައަކަށް ދޫކޮށްލާކަށް ނުޖެހުނު. އަޅުގަނޑުމެންގެ ރާއްޖެއަށް ލާދީނީ ހަރަކާތްތައް ގެންނާކަށް ނުޖެހުނު. އަޅުގަނޑުމެންގެ އިސްލާމީ ތައުލީމު ފުނޑުފުނޑުކޮށްލާކަށް ނުޖެހުނު.” ކަމަށްވެސް ޒައީމް މައުމުނު ވިދާޅުވިއެވެ.
” އަޅުގަނޑުމެންގެ މުއައްސަސާތަކާ، ބިންބިމާ ބޮޑެތި ރައުސުލްމާލުތައް ބޭރު މީހުންނަސް ދޫކޮށްލައިފިނަމަ ވާނެގޮތަކީ އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެން ދިއުން. އަޅުގަނޑުމެންގެ ސިޔާދަތަށް އުނިކަން އައުން. އަޅުގަނޑުމެންނަކީ ބޭރުގައުމުތަކުގައި އަގުހުރި ނުވަތަ އޮއްޓަރު ހުރި އެއްޗެއް ބުނާ ބައަކު ކަމުގައި ނުވުން. ” ކަމަށްވެސް ޒަޢީމް މައުމޫނު ވިދާޅުވިއެވެ.
ޒަޢީމް މައުމޫނު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޑީއާރުޕިގެ މެންބަރުންނަށް ކާމިޔާބު ލިބިއްޖެނަމަ އެކަމުން ޔަޤީންކޮށްދޭނީ ރާއްޖޭގެ ބިންބިމާ އަގުހުރި މުދާތައް ބޭރުމީހުންގެ އަތްމައްޗަށް ނުދާނެކަން ކަމަށެވެ. އަދި އަޅުގަނޑުމެންގެ ދީނާ އަޤީދާ އޮޔާ ނުދާނެކަން ކަމަށެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ އިސްލާމީ ތައުލީމު ހަލާކުވެގެން ނުދާނެކަން ކަމަށެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments