• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އަހަރުގެ ފުރަތަމަ މެޗް މާފަރަށް

Posted by faradays on Friday, January 07, 2011 No comments

ލަންދޫގައި މިއަދު ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗު 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް 2011 ވަނަ އަހަރު ލަންދޫގައި ކުޅެވުނު އެކުވެރިކަމުގެ ފުރަތަމަ ފުޓްބޯޅަ މެޗުން މާފަރުޓީމް މޮޅުވެއްޖެއެވެ.
ލަންދޫގެ ހުނަރުވެރި ، މަޝްޙޫރު ކުޅުންތެރިޔާ ޔޫސުފް ޢަބުދުއްރަޙީމް ( ޔޫއްޓޭ ) ގެ ރެފްރީކަމުގެ ދަށުން ކުޅެވުނު މި މެޗުގައި " ލިޔެސް " ގެ ޓީމުން ވަނީ ހުނަރުވެރި މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުފެށިގެންގޮސް މެޗުނިމެންދެންވެސް ގިނަވަގުތު ބޯޅަހިފަހައްޓާ ގިނަހަމަލާތަކެއް އުފައްދާފައިވަނީ ލަންދޫ " ލިޔެސް " ގެ ޓީމުންނެވެ. މިގޮތުން މި މެޗުގައި ލަނޑުޖެހުމަށް ލިބުނު ހުސްއެތައް ފުރުޞަތުތަކެއް ބޭކާރުކޮށްލުމުގެ ސަބަބުން ދަނޑުން ބާލަންޖެހުުނު  ޒުވާން އުއްމީދީ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އަށް ލިބުނު ހުސްފުރުޞަތުތައް ފާހަގަކޮށްލެވެއެވެ.
މި މެޗުގައި މާފަރުޓީމުންވެސް ފެނިގެންގޮސްފައިވަނީ އެހެންޏާމް އެޓީމުންކުޅޭ ދިގު ބޮޑުބޯޅައިގެ ބަދަލްގައި ރީތިކުރު ޕާސްތަކެކެވެ. އަދި ހަމައެހެންމެ މިއަދުގެ މެޗުގައި އެޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ޑިސިޕްލިންގ ކުޅުމެކެވެ.
މާފަރުޓީމުން މިއަދުގެ މެޗުގައި ލަނޑުޖަހާފައިވަނީ އެޓީމް އުފެއްދި ކައުންޓައެޓޭކަކުން އެޓީމަށް ލިބުނު ކޯނަރަކުން އިސްކޮޅުންދިގު ވަރުގަދަ ކުޅުންތެރިޔާ ނަސްރު އެވެ. މިއަދުގެ މެޗުގައި މާފަރު ޓީމުން އުފެއްދި ކައުންޓް އެޓޭކުތަކުން " ލިޔެސް " ގެ ގޯލަށް އަމާޒްވި މަދުބޯޅަތައް " ލިޔެސް " ގެ ގޯލް ބެލެހެއްޓި ހަސަނިކް ވަނީ ވަރަށް ހުޝިޔާރު ކަމާއިއެކު ދިފާޢުކޮށްފައެވެ. ގިނަބަޔަކު ޤަބޫލްކުރާގޮތުގައި މިއަދުގެ މެޗުން " ލިޔެސް " ޓީމް ބަލިވެފައިވަނީ އެޓީމްގެ ނަސީބު ދެރަކަމުންނެވެ.
މިއަދުގެ މެޗުން މާފަރު ޓީމް މޮޅުވުން ވެގެންދާނީ މިދިޔައަހަރު ނިމެމުންދަނިކޮށް މާފަރު ޓީމް 1 ލަނޑު 0 ލަނޑުން ލަނދޫއަތުން ބަލިވި ބަލިވުމުގެ ރަނގަޅު ބަދަލްހިފުމަކަށެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments