ޅ.އަތޮޅުގައި އޮންނަ ކަނދުފައްޗެއްގެ ކައިރިން 6 ފޫޓުގެ ދިރޭ ކިނބުލެއް ފެނިއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި މި ކިނބޫ ފެނިފައިވަނީ ޅ.ނައިފަރުން މަހަށްނުކުމެ އުޅުނު ދޯންޏަކަށެވެ.އަންގާރަ ދުވަހުގެ މެންދުރުފަހު މެންދުރުފަހު 1:30 ހާއިރުކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ
އަދި މި ކިނބޫ އިއްޔެ ހެނދުނު ނައިފަރަށް ގެންގޮސް ފައިވާކަމަށްވެސް ފުލުހުންހާމަކުރައްވާފައިވެއެވެ. އެ ކިނބޫ ނެގި ދޯނީގެ ފަރާތުން ކިނބޫ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނާއި ހަވާލިކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއްވިއެވެ
މީގެ އިތުރުން ތ. އަތޮޅު ވިލުފުށީ ކައިރީގައި އޮންނަ ހޮނޑެލިފުށި ކިޔާ ފަޅުރަށަކުން މިދިޔަ މަހުގެ 15 ވަނަދުވަހުވަނީ ކިނބުލެއްފެނިފައެވެ. އެފަހަރު ފެނުނު ކިނބުލުގެ ދިގުމިނުގައި ހަތަރު ފޫޓް ހުންނާނެކަމަށް ފުލުހުންވަނީ ހަމާކުރައްވާފައެވެ








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ