• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ނ.ލަންދޫ ކައުންސިލަށް ތަޢުލީމީ ޤާބިލް ބޭފުޅަކު ބޭނުންނަމަ، ކެންޑިޑޭޓް ނަންބަރ 9 ޢަލީ ޙާފިޘް އަށް ވޯޓް ދެއްވާ

Posted by faradays on Tuesday, February 01, 2011 1 comment

  ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ނ.ލަންދޫ ކައުންސިލަށް ކުރިމަތިލައްވާފައިވާ ޒުވާން ކެންޑިޑޭޓުންގެ ތެރޭގައި ނ.ލަންދޫ ފުސްފަރު، ޢަލީ ޙާފިޘް ހިމެނިލައްވައެވެ. ޢަލީ ޙާފިޘް އަކީ 2007 ވަނަ އަހަރު ނ.ލަންދޫ ސްކޫލުން ޖީ.ސީ.އީ އޯލެވެލް ނިންމާފައިވާ ތަޢުލީމީ ޤާބިލް ޒުވާނެކެވެ. ސްކޫލް ދަޢުރުގައިވެސް ސްކޫލުގެ އިސްމަޤާމްތަށް ކުރައްވާފައިވާ ހީވަގި ޒުވާނެކެވެ. ކަންކަން ރާވާ ހިންގުމުގައި އެންމެ އިސް ސަަފްގައި ހިމެނިލައްވާ ޒުވާނެކެވެ.
ކުޅިވަރުގެ ރޮގުންނާއި ތަޢުލީމީ ރޮނގުން ފާހަގަކޮށްލެވޭ ހީވާގި ޝަޙްޝިއްޔަތެކެވެ. ސަމާސާ މިޒާޖެއްގެ ވެރި ޢަލީ ހާފިޘް މިފަހަރު ލަންދޫ ކައުންސިލަށް އެ ނުކުންނަނީ ތިޔަ ލޮބުވެތި ރައްޔިތުންގެ އަތްޕުޅުގައި އެ ޒުވާނާ ހޮވުމުގެ އިޙްތިޔާރު އޮތް ޙާލުގައެވެ. އާއެކެވެ. ވޯޓް ބާޠިލްކޮށްނުލައި ނުވަތަ ވޯޓަކީ ބޭކާރު ވޯޓެއްގެ ގޮތުގައި ނުހެދޭނީ މި ފަދަ ޤާބިލްކަން ހުރި ޒުވާނުންނަށް ވޯޓް ދެވިގެންނެވެ. ތަޢުލީމީ އެތައް އެތައް ބޭފުޅުންތަކެއް ތިއްބެވި ކަމުގައި ވިޔަސް ކޮންމެވެސް ތަފާތެއް އުޅޭނެކަން ކަށަވަރެވެ. އެތަފާތު އަޅުގަނޑު މި ލިޔުމުގައި ހިމަނާލަކަށް ނެތީމެވެ. ތިޔަ ލޮބުވެތި ރައްޔިތުން އެކަން ދެނެގަންނާށެވެ.
ރަށެއް ކުރިއަށް ގެންދެވޭނީ ރަނގަޅު ޕްލޭންތަކެއް ރާވަން އެނގިލައްވާ އަދި ލިޔެކިޔުންތަކުގައި އެބުނާ އެއްޗެއް ރަނގަޅަށް އެނގިލައްވާ. ރައްޔިތުންނަށް އެފަދަ ލިޔުން ދޭހަކޮށްދީ ޚުލާޞާކޮށްދޭން އެނގޭނަމައެވެ. ތަފާތު މަޝްރޫޢުތައް ރާވާ ކުރިއަށް ގެންދަން އެނގިލައްވާނަމައެވެ. އެހެންކަމަށް ވާނަމަ، ޢަލީ ޙާފިޘަކީ ވެސް މިފަދަ ކަންކަން ކުރުމުގައި ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވެގެންވުމީ މިފަހަރުގެ ރަށު ކައުންސިލަށް ޢަލީ ޙާފިޘް ގެނެވުމުގެ ވަރަށް ބޮޑު ބޭނުމެކެވެ.

1 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments