ކެންޑިޑޭޓްގެ މަޢުލޫމާތު:
ނަން: އަލީ ހާފިޡް
އާންމުކޮށްކިޔާނަން: ހާބެ
ކުރިމަތިލީ ހައިސިއްޔަތު: އަމިއްލަ
ކެންޑިޑޭޓް ނަމްބަރ: 9
އުފަންތާރީޙް: 9 ޖުލައި 1988
އެޑްރެސް: ފުސްފަރު /ނ.ލަންދޫ
1- ރަށުކައުންސިލަށް ކުރިމަތިލީ ކީއްވެ؟
ރަށުގެ ތަރައްޤީއަށް ލޯބިކުރާ ގިނަބައެއްގެ އެދުމުގެ މަތިންނާއި އަޅުގަނޑާއި، އަޅުގަނޑުގެ ރަށަށް ޚިދުމަތް ކޮށްދިނުމުގެ އުއްމިދުގަ.
2- ރަށުކައުންސިލަށް ހޮވިއްޖެނަމަ ރަށަށް ކުރާނެ ފައިދާއަކީ ކޮބާ؟
ރަށުގެ ރައްޔިތުން އެދެފިކޮށްމެކަމެއް ފަސްނުޖެހި ކޮށްދިނުން. (ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން)
3- ރަށުކައުންސިލްގެ ޒިންމާތަށް އެނގެނީ ކިހާ މިންވަރަކަށް؟
އެނގޭ ވަރަށް ރަނގަޅަށް.
4- މިރަށު ރައްޔިތުންގެ ހާލަތާއި ވިންދު ތިބޭފުޅާއަށް އެނގެނީ ކިހާމިންވަރަކަށް؟
ވަރަށް ރަނގަޅަށް އެނގޭ.
5- ރަށުކައުންސިލް ހޮވުމަށް ބާއްވާ އިންތިހާބަށް އެއްވެސް ނުފޫޒެއް ފޯރަފާނެ ކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟
ނުފޯރާނެ. ޤަބޫލެއް ނުކުރަން.
6- މިއަދާ ހިސާބަށް އައިއިރު އެއްވެސް ކެމްޕޭނެއް ކުރައްވަން ތޯ؟
ވަރަށް ގަދަޔަށް އެބަކުރަން.
7- ތިޔަބޭފުޅާ ޤަބޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ ތާޢީދު ތިބޭފުޅާއަށް އޮތީ ކިހާވަރަކަށްތޯ؟
ރައްޔިތުންގެ ތާޢީދު އޮތްކަމަށް ޤަބުކުރަނީ. ގާތްގަނޑަކަށް %55 ކާމިޔާބުކުރެވޭނެ.
8- ރަށުކައުންސިލްކަމަށް ތިބޭފުޅާ ކުފޫހަމަވާ ކަމަށް ތިބޭފުޅާ ޤަބޫލުކުރައްވަންތޯ؟
ޤަބޫލުކުރަން.
9- ރަށުކައުންސިލަށް ހޮވިއްޖެ ނަމަ ތިބޭފުޅާ ހައިސިއްޔަތު ބަދަލުކޮށްފާނަންތޯ؟
ނުކުރާނަން.
10- މިޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނެވެ. އަދުގެ ޓެކްނޮލޮޖީ ތިބޭފުޅާއަށް އެނގިލަށްވަނީ ކިހާމިންވަރަކަށްތޯ؟
އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ.
11- ރަށުގެ ތަރަށްޤީއަށް މިއަދާ ހިސާބަށް އައިއިރު އެއްވެސް ކަމެއް ކޮށްދީފައިވާނެތޯ؟ އަދި އެއީ ކޮންކަމެއްތޯ؟
ލަންދޫގައި މިވަގުތު ހިނގަމުންދާ ހަމައެކަނި މަދަނީ ޖަމްއިއްޔާގެ ނައިބު ރައީސްކަން މިހާރުވެސް އަޅުގަނޑު މިދަނީ ކުރަމުން. ކިޔަވާ ނިމުނީންސުރެ ބަލަމުންމިދަނީ ރަށުގެ ރައްޔިތުންނަށް އެންމެގާތުން ޚިދުމަތްކުރެވޭނީ ކޮންގޮތަކުންކަން ބަލަމުން. އެގޮތުން އަޅުގަނޑަށް ޤަބޫލުކުރެވުނީ ރައްޔިތުންނާއި އެންމެ ގާތުން ޚިދުމަތް ކުރެވޭނީ ރަށުކައުންސިލަށް އިންތިހާބުވެގެންކަން.
12- ލަންދޫގެ ރައްޔިތުންގެ މާލިއްޔާތުގައި ވަރަށް ގިނަ ފައިސާ އެބަހުރި. ތިބޭފުޅާ ރަށުކައުންސިލަށް ހޮވިއްޖެ ނަމަ އެފައިސާއިން ކުރުމަށް ރާވާފައިވާ ކަންތައްތަކަކީ ކޮބާ؟
ރައްޔިތުން އެއްކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން އެފައިސާއަށް ގޮތެއް ނިންމާނީ.
13- ރަށުކައުންސިލް ކަމަށް ތިބޭފުޅާ ނުހޮވިއްޖެ ނަމަ އެކަން ހަޖަމްކުރެވޭނެތޯ؟
ހަޖަމް ކުރެވޭނެ.
14- ނިންމާލަމުން ބުނާނީ ކީކޭތޯ؟
މިފަހަރު ރަށުކައުންސިލް އިންތިހާބު ކޮށްދޭށޭ. އޭރުން ރަށުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް އަޅުގަނޑު ކޮށްދޭނަން.
ޝުކުރި








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ