• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ވޮއިސްފޮފް މޯލްޑިވްސް އަކަށް މުޙައްމަދު ޚާލިދު

Posted by Shall3y on Tuesday, February 01, 2011 No comments


މައިޓޯންސް ވޮއިސް އޮފް މޯލްޑިވްސްގެ ފަހުރުވެރި އެއްވަނަ ޅ.ނައިފަރު ލޯޑްވިލްމާގޭ މުހައްމަދު ޚާލިދް ހޯދައިފިއެވެ. ހާލިދު އެއްވަނަ ހޯދާފައިވަނީ ގްރޭންޑް ފިނޭލޭގައި ސ.ފޭދޫ މިޔުޒިކީގޭ އިބްރާހިމް ސައީދުއާއި ވާދަކޮށްގެންނެވެ.

މައިޓޯންސް ވޮއިސް އޮފް މޯލްޑިވްސްގެ ފުރަތަމަ ޕްރޮގްރާމަށް ހުށަހެޅި އެއްލައްކަ ރުފިޔާވަނީ ހާލިދާ ހަވާލުކޮށްފައެވެ. މައިޓޯންސް ވޮއިސް އޮފް މޯލްޑިވްސްގެ ގަދަ ފަސް ބައިވެރިން ހިމަނައިގެން އަލްބަމެއް ނެރޭ ގޮތަސްވެސް އެމްއެންބީސީންވަނީ ނިންމާފައެވެ. މި ޝޯގައި ޖަޖުން މާކްސް ދެމުންއައި ގޮތުގެ ތަފްސީލްވެސް ވަނީ ޝޯގެ ބައިވެރިންނަށް އަރުވާފައެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ރިއަލިޓީ ޝޯ ނިމިގެން ދިޔަ މި ޝޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފަވެއެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި އޮޑިޝަންތައް ބާއްވާ މައިޓޯންްސް ވޮއިސް އޮފް މޯލްޑިވްސްގެ ޝޯއަށް ފަނަރަ ލަވަކިޔުންތެރިން ހޯދާ ކުރިއަށް ގެންދިޔަ މިޝޯގެ ބައިވެރިން މިހާރު ވަނީ ރާއްޖޭގެ މަގްބޫލް ލަވަކިޔުންތެރިންގެ ގޮތުގައި ބެލެވިފައެވެ.

ލަވަ ކިޔުމުގެ ދާއިރާއިން މިހާރު މި ލަވަކިޔުންތެރިންނަށް ގިނަ ފުރުސަތުތަކެއް ލިބެމުންދާއިރު މިހާރު މީގެ ތެރެއިން ގިނަ ލަވަ ކިޔުންތެރިން ތަކެއްވަނީ ލަވަތައް ރިކޯޑްވެސްކޮށްފައެވެ. މައިޓޯންސް ވޮއިސް އޮފް މޯލްޑިވްސްގެ ފަހު ޝޯގައި ތަފާތު މުނިފޫހު ފިލުވުމުގެ ހަރަކާތްތަށްވެސް ކުރިއަށް ގެންގޮއްސައެވެ.

މައިޓޯންސް ވޮއިސް އޮފް މޯލްޑިވްސް ފެ ފުރަތަމަ ސީޒަން ނިންމުމުގެ ޝޯގައިވަނީ ސީޒަން ދޭއް އިފްތިތާހްކޮށްފައެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments