މަޢުލޫމާތުނެގީ: އިލެކްޝަންސް ކޮމިޝަންގެ ވޯޓަރ އެޑިއުކޭޝަން ސެކްޝަނުން ތައްޔާރުކޮށްފައިވާ ލީފްލެޓަކުން
1- ވޯޓުލުމަށްޓަކައި ވޯޓުލާ މަރުކަޒަށް ދިއުމުގެ ކުރިން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީގައި ނަންއޮތީ ކިތައްވަނައިގައިތޯ ޗެކްކޮށްލުަމަކީ ބުއްދިވެރި ކަމެކެވެ. އެކަން ކުރުމަށްޓަކައި ދެގޮތަކަށް ޢަމަލު ކުރެވިދާނެއެވެ.
ހ- ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުގައި ނުވަތަ މަރުކަޒު ކައިރީގައި ބަހައްޓާފައި ހުންނަ ރަޖިސްޓްރީ އިން ޗެކް ކުރެވިދާނެއެވެ.
ށ- އަންނަނިވި ގޮތަށް 1414 އަށް އެސް.އެމް.އެސް ކޮށްގެން ބެލިދާނެއެވެ.VIS IdCardNo (ވީ.އައި.އެސް ޖައްސަވާފަ ހުސްތަންކޮޅެއް ދޫކުރައްވާފަ އައިޑީކާޑް ނަންބަރު ޖައްސަވާފައި 1414 އަށް އެސް.އެމް.އެސް ފޮނުވާށެވެ.
2- ވޯޓް ދޭނީ ކާކަށްކަން ނުވަތަ ކޮންބަޔަކަށްކަން ނިންމަވާނީ އަމިއްލަފުޅަށެވެ.
3- ވޯޓުލާ މަރުކަޒަށް ދުރުވާއިރު ހަނދާންކޮށް އައިޑީ ކާޑު ނުވަތަ ޕާސްޕޯރޓް ނޫންނަމަ ފޮޓޯއާއި އައިޑީ ނަންބަރު ޖެހި ލައިސަން ކާޑު ގެންދަންވާނެއެވެ. މި ތިންލިޔުންވެސް ވާންޖެހޭނީ މުއްދަތު ހަމަނުވާ ލިޔުން ތަކަކަށެވެ. ވޯޓުލާ މަރުކަޒަށް ގޮސް އިލެކްޝަންސް އޮފިޝަލަށް ކާކުކަން އަންގައިދޭ މިދެންނެވިފަދަ ރަސްމީ ލިޔުން ދައްކަވަން ވާނެއެވެ.
4- ވޯޓުލުމުގެ މަސައްކަތް އަވަސް ކުރުމަށް ރަޖިސްޓްރީގައި ނަން އޮތް ތަރުތީބު ނަންބަރު، އިލެކްޝަންސް އޮފިޝަލާއި ހަވާލުކުރަންވާނެއެވެ.
5- ވައަތު ޝަހާދަތް އިނގިލީގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ ދެލިން (އިންޑެލިބަލް ދެލިން) ފާހަގަ ކުރުވަން ހަނދާން ކުރާށެވެ.
6- ވޯޓު ކަރުދާސް ލިބުމުން އަވަހަށް ވޯޓިން ބޫތަށް (ވޯޓުލުމަށް ޚާއްޞަކުރެވިފައިވާ ކޮށިގަނޑަށް) ގޮސް ވޯޓު ކަރުދާހުގައި ފާހަގަ ޖަހާށެވެ. ޖިސްމާނީގޮތުން ފާހަގަ ޖެހުމަށް ނުކުޅެދިގެންވާ މީހުން ފިޔަވައި އެހެން މީހުން، ވޯޓު ކަރުދާހުގައި ފާހަގަ ޖަހަންވާނީ އެމީހަކު އަމިއްލައަށެވެ. ޖިސްމާނީގޮތުން އަމިއްލައަށް ފާހަގަ ޖެހުމަށް ނުކުޅެދިގެންވާ މީހާ އަށް އެހީތެރިވެދޭމީހާ އަކީ އެ ފޮށްޓަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރެޖިސްޓްރީގައި ނަން އޮތް މީހަކަށްވުން ލާޒިމެވެ.
7- ލަންދޫގެ:-
ރަށު ކައުންސިލްގެ ވޯޓު ކަރުދާހުގައި (ރަނގަޅު ފާހަގަ) ފާހަގަ ޖަހާނީ އެމީހަކަށް އެންމެ ކަމުދާ ނުވަތަ ފެންނަ 5 (ފަހެއް) ކެންޑިޑޭޓުންގެ ނަމާއި ދިމާގައެވެ.
އަތޮޅު ކައުންސިލްގެ ވޯޓު ކަރުދާހުގައި (ރަނގަޅު ފާހަގަ) ފާހަގަ ޖަހާނީ އެމީހަކަށް އެންމެ ކަމުދާ ނުވަތަ ފެންނަ 2 (ދޭއް) ކެންޑިޑޭޓުންގެ ނަމާއި ދިމާގައެވެ.
ހަނދާންކުރާށެވެ. ކަނޑައެޅިފައިވާ ޢަދަދަށްވުރެ މަދުން ނުވަތަ އިތުރަށް ü ފާހަގަ ޖަހައިފިނަމަ އެމީހެއްގެ ވޯޓު ބާޠިލް ވާނެއެވެ.
8- ވޯޓު ކަރުދާހުގައި ޖަހާފައިވާ ފާހަގަ ނޭނގޭނެހެން ފަތްޖެހުމަށްފަހު ވޯޓު ފޮށްޓަށް ވައްޓާލާށެވެ. ހަނދާން ކުރާށެވެ. ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އެއްވެސް މީހަކަށް ދެއްކުމަކީ ޤާނޫނީގޮތުން ކުރެވޭ ކުށެކެވެ.
9- ވޯޓުލާ ނިމުމުން ވޯޓުލާ ސަރަހައްދުން ބޭރަށް ނިކުތުމަށް އަވަސްވެގަންނާށެވެ.








0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ