ހދ. ކުނބުރޫއިން އަހަރެންނަށް އިވުނު އެއް އަޑަކީ އެރަށުގައި ޖިންނި ގެންގުޅޭ މީހަކު އުޅޭ ކަމުގެ ޚަބަރެވެ. އެއީ އަންހެނެކެވެ. މެދު އުމުރުފުރާގެ މީހެކެވެ. އެމީހާ އުޅެނީ ކުޑަ ކުޑަ ގެއެއްގައި އެކަނިންނެވެ. އޭނާއާއެކު އެއްވެސް މީހަކު ނޫޅެއެވެ. އަހަރެން އެންމެ ހައިރާންވި ވާހަކައަކީ އެ އަންހެން މީހާ ކައިބޮއި ހަދާގޮތް އެރަށުގެ މީހުންނަށް ނޭނގޭ ކަމަށް ބުނުމުންނެވެ. " ކައްކާ ކަމަކަށް ނުވޭ. އެކަމަކު އޭނާ ހުންނަނީ ކައިގެންނޭ ބުނަނީ" ކުނބުރުދޫ މީހަކު ބުންޏެވެ. އަންހެން މީހާގެ އެއްބަޑު ބޭބެ ބުނީ އެގޭގައި ހިފާގެންގުޅޭ ތަކެތި ހުންނާނެ ކަމަށާއި ކައްކާ ކާކަމެއް ނޭނގޭ ކަމަށެވެ.
އެ އަންހެން މީހާއަކީ އާންމުކޮށް ރަށު ތެރެއަށް ނިކުމެ އުޅޭ މީހެއް ނޫނެވެ. އެހެންނަމަވެސް އޭނާ އެނިކުންނަ ވަގުތުތަކެއްގައި ބޭރަށް ނިކުމެ ވަލަށްވަދެ އުޅޭ ކަމަށެވެ. އޭނާ އެއުޅޭ ގޮތަކަށް އުޅުމަށް ހުރަސް އަޅާނެ މީހަކު ނެތެވެ. މިނިވަންކަމާއެކު އެކަނިވެރި ދިރިއުޅުމެއް އޭނާ ހޭދަކުރަމުން ދެއެވެ.
ޖިންނި ގެންގުޅޭ ކަމަށްބުނާ އެ އަންހެން މީހާ އާ ބެހޭ ގޮތުން އަހަރެން އަޑު އެހި އެންމެ އަޖައިބު ކުރަނިވި ވާހަކައަކީ އޭނާގެ ޖިންނި ތިން ދަރިން ތިބޭ ވާހަކައެވެ. ތިން ފަހަރުވެސް އޭނާ ބަނޑު ބޮޑުވި ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެއެވެ. އަދި އެމީހާ ހެލްތު ޕޯސްޓަށް ދައްކާ ޓެސްޓްކޮށްވެސް ހަދާ ކަމަށްވެއެވެ. އެހެންނަމަވެސް އެއްވެސް ޓެސްޓަކުން އޭނާ މާބަނޑުކަމެއް ނޭނގެއެވެ. " ބަނޑު ބޮޑަސް މަސްވަރު ކަންތައްވެސް އެދުވަސްވަރު ޖެހޭ. އެގޮތަށް ފަސްވަރަކަށް މަސްދުވަހު ބަނޑު ބޮޑުކޮށް ހުރެފަ ހިނދެނީ" އަންހެން މީހާގެ އަވައްޓެރި އަކު ބުންޏެވެ.
މި ވާހަކަތަކުގެ ހަގީގަތް ހޯދުމަށް އަހަރެންގެ ޝަޢުޤުވެރިކަން ވަރަށް ބޮޑުވެއްޖެއެވެ. ރަށުގެ އެކި މީހުންނާ ސުވާލުކޮށް ހަދަންފަށައިފީމެވެ. އެކަމުގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނެ ކަމަށް ދެތިން މީހުން ބުނި މީހަކާ ބައްދަލުކޮށްފީމެވެ. އޭނާ ދެއްކީ ވަރަށް ތަފާތު ވާހަކައެކެވެ. " އެ އަންހެން މީހާ އިނދެގެން އުޅުނީ އަހަރެންގެ ކޮއްކޮ އަކާ. ކޮއްކޮ އަކީ ބޯޓް ދަތުރުކުރާ މީހެއް. އޭނާ ބޭރުގައި ހުއްޓާ މި އަންހެން މީހާ ކުޅުދުއްފުށީ މީހަކާ ހިތާވީ. އެކަންތަކުގައި ކޮއްކޮ މިމީހާ ވަރިކުރީ. އޭގެ ފަހުން ސަކަރާތްވީ "
ނަފްސާނީ ގޮތުން ބަލިކަށި މި އަންހެން މީހާ ފެންނަނީ އަބަދުވެސް ވަރަށް ސާފުތާހިރުކޮށް ހުއްޓައެވެ. އޭނާގެ ހަގީގީ ބައްޔަށް ފަރުވާ ދިނުމުގެ ބަދަލުގައި އެ ބަލި މީހާ ދައްކާ ވާހަކަތައް ޤަބޫލުކޮށްގެން ގާތްތިމާގެ މީހުންނާއި އެރަށުގެ މީހުން ތިބީއެވެ. އެހެންވިއްޔާ އޭނާ ދުވަސް ދުވަސްކޮޅުން ބަނޑު ބޮޑުވުމުގެ ހަގީގަތަކީ ކޮބާހެއްޔެވެ؟ "ޑޮކްޓަރުން ބުނަނީ އެއީ ގޭސްކަމަށް" ކުރިން ވާހަކަ ދެއްކި އަންހެން މީހާ ބުންޏެވެ. ދެން އެހެންވިއްޔާ ކަނީ ކިހިނެއް؟ "ކައިގެންތާ ހުރެވޭނީ. ތިއެއް ނޭނގެ" އެ އަންހެން މީހަކަށްވެސް އެކަމުގެ ހަގީގަތެއް ނޭނގެއެވެ.

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ