ސުކޫލެއްގެ ޕްރައިމަރީ ގްރޭޑްގައި ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރެއް، ކްލާހުގައި ކިޔަވާ ފޮތުގައި ހިމެނިފައިވާ މަންޒަރުތަކުގައި ކުލަޖައްސަން އަންނަ ފިލާވަޅުތައް އާދެއެވެ. މިގޮތުން ކުލަޖައްސަން އަންނަ ފިލާވަޅުތަކުގައި "ރީނދޫކުލަ" ޖައްސާތަނެއް އަތުވެއްޖެނަމަ، އެކުއްޖާ އެކުލަ ހޯދަނީ ކުލާހުގެ ކޮންމެވެސް އެހެން ކުއްޖެއްގެ އަތުންނެވެ. މިކަން ކިޔަވަދޭ މުދައްރިސަށް ފާހަގަ ކުރެވިގެން އެކުއްޖާގެ ކުލަފޮށީގައި ރީނދޫކުލަ ނީންނަނީތޯ ސުވާލުކުރިއެވެ! އެހިނދުގައި އެކުއްޖާ މިބުނަނީ އެކުލަ އެއްލާލީ ކަމުގައެވެ! އެއީ ކީއްވެތޯ މުދައްރިސް ސުވާލު ކުރުމުން ޖަވާބުގައި އެތުއްތު ކުއްޖާ މިބުނަނީ "އެއީ އަޅުގަނޑުގެ މަންމީ އެން ޑެޑީ ވަރަށް ރުޅި ދުރުވާ ކުލައެއް" ކަމުގައެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ މުސްކުޅި މީހާއާ ހަމައަށް ހުރި ގޮތިކޮތަކީ މިއީއެވެ. ތިމާ ސަޕޯޓްކުރާ ޕާޓީ ނުވަތަ ތިމާ ޤަބޫލުކުރާ ގޮތް ކުރިއެރުވުމުގައި ތިމާމެންގެ ދަރިންނަށްވެސް އެކަންކަން ވާރުތަވާނޭ ފަދަ ގޮތަކަށް އަޅުގަނޑުމެންގެ ދިވެހިންގެ ޢަމަލުތައް މިދަނީ ބައްޓަންވަމުންނެވެ. ތިމާމެންގެ ދީނާއި ތިމާމެންގެ އެއްބައިވަންތަކަން ވަކި ޕާޓީ އަކަށްޓަކައި ނުވަތަ ވަކި ކުލައަކަށްޓަކައި މުގުރާލާ ދަރަޖައަށް ދިވެހި ޤައުމުގެ ޙާލަތު މިދަނީ ބަދަލުވަމުންނެވެ. މުސްލިމުންގެ ނަމުގައި، އިސްލާމީ ފޭރާމުގައިތިބެ، ތިމާމެންގެ އަމިއްލަ ނަފްސުތަކަށް މަލާމާތާއި ފުރައްސާރަކުރަނީ ނޫންތޯއެވެ؟
ހިތާމައިގެ ކޮޅެއްވެސް ނެތެވެ!
އިސްލާމްދީނަކީ އެބައިމީހުންގެ ދިރިއުޅުމުގެ އަސްލު ކަމުގައި ބަލައިގެންތިބި ދިވެހިން، އެމީހުން ނިސްބަތްވާ ޕާޓީތަކަށްޓަކައި، އެބައިމީހުންގެ ދީނުގެ ގޮތްތައް ދޫކޮށް، އެދީނުގެ ފަރުޟުތަކާއި ސުންނަތްތަކަށް އިޙްމާލުވާތަން އަޅުގަނޑެމެންނަށް މިއަދު މިދަނީ ފެންނަމުންނެވެ. ތިމާމެން ހެއްދެވި ފަރާތުގެ މަތިން ހަނދާންނެތި، ތިމާމެން ބިންމަތީގައި ޚަލީފައިކުރެވުނު މަޤްޞަދު ހަނދުމަނެތި، ދީނެއް ދުނިޔައެއް ވަކިނުވާ ދަރަޖައަށް ދިވެހިންގެ ޢަމަލުތައް މިވަނީ ކުރިއަރައި ގޮސްފައެވެ.
ތިމާމެންގެ ޕާޓީގެ ފިކުރުތަކުގެ ތެރެއަށް ގެނބި އޭގެ ތެރޭގައި ޣާފިލުވެފައި ތިއްބައި، ތިމަތިމާމެންނާ ﷲ ތަޢާލާ ޙަވާލު ކުރައްވާފައިވާ ވާޖިބުތަކަށް އިޙުމާލު ވެވިގެންދަނީ ކިހާ މިންވަރަކަށްތޯ އަޅުގެންމެންގެ އަމިއްލަ ނަފްސުތަކާއި ސުވާލުކޮށްލަމާތޯއެވެ؟ތިމާ ސަޕޯޓްކުރާ ޕާޓޯއަށްޓަކައި، ތިމާގެ އިސްލާމްދީނުގެ އެންގެވުންތައް ދޫކޮށް ޕާޓީގެ ފިކުރާއި ގޮތުގައި ހިފަމުންދަނީ ކިތައް ކިތައް ދިވެހިންތޯއެވެ؟ ފަހެ އެއީ ބޮޑުވެގެންވާ ޝިރުކު ނޫން ދެން ކޮން އެއްޗެއްތޯއެވެ؟ އެހެނީ ﷲ ތަޢާލާ އިންސާނުން ޚަލްޤުކުރައްވާ ބިންމަތީގައި ޚަލީފާވެރި ކުރެއްވީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެކަލާނގެ ޒާތުފުޅާ ބައިވެރި ކުރެވޭ، އަދި އެކަލާނގެ ޒާތުފުޅަށްވުރެ މަތިވެރި ކުރެވޭ ކޮންމެ ކަމަކީ އަދި ކޮންމެ އެއްޗަކީ ކާފިރުވުމެއްކަން ކަށަވަރެވެ.
އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އެންމެހާ މުސްލިމުންނަކީ އަޚުންތަކެއް ކަމުގައެވެ. ނަމަވެސް ތިމާ ސަޕޯޓްކުރާ ޕާޓީއަށް ނުވަތަ ތިމާގެ ސިޔާސީ ފިކުރަށް ސަޕޯޓް ނުކުރުމުގެ ސަބަބުން އެއްބަނޑު އެއްބަފައި ދެމީހުން އެއް އުޅަނދެއްގައި ދަތުރު ނުކުރާ ދަރަޖައަށް އަޅުގަނޑުމެންގެ ޙާލަތު މިވަނީ ގޯސްވެފައެވެ. ތިމާ ނިސްބަތްވާ ޕާޓި ނޫން މީހަކު މަރުވުމުން އޭނާގެ ފޮށި ޖަހައި ނުދީ އަދި އެފަދަ މީހެއްގެ ޖަނާޒާގައިވެސް ބައިވެރި ނުވާތަން މިއީ ފެނިފައިވާ ޙަޤީޤަތްތަކެވެ.ފަހެ މިއީ އަޅުގަނޑުމެންފަދަ މުސްލިމު ޤައުމެއްގައި، މުސްލިމުން ތަކެއްގެ މެދުގައި އެއްވެސް ޙާލެއްގައި ކަންތައް އޮންނަންވާނޭ އުޞޫލެއް ނޫނެވެ. ތިމާމެންގެ އިސްލާމްދީނަށްވުރެ ތިމާމެންގެ ޕާޓީގެ ރޫޙު އިސްކޮށް ބިންމަތީގައި ފިތުނަފަސާދަ ޢާންމުކުރަންވެއްޖެނަމަ ތިމާމެންގެ ހަލާކު ކައިރިވެއްޖެ ކަމުގައި ދިވެހިން ޤަބޫލުކުރައްވެއްޖެއެވެ!
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް ފުރިހަމަވެގެންވީ ހިދާޔަތަކުން އިސްލާމްދީނުގެ ހިދާޔަތު ދެއްކެވުމެވެ. އަދި އެ ހިދާޔަތުގެ މަތީގައި އަޅުގަނޑުމެންގެ ހިތްތައް ޘާބިތު ކޮށްދެއްވުމެވެ.
އަޅުގަނޑުމެންނީ ﷲ ނޫން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާ އަދި އެކަލާނގެއަށް ޝިރުކު ނުކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. ދިވެހި ޤައުމަށް އަދަށްވުރެ ފެހި މާދަމާއެއް ދެއްވާށިއެވެ! އާމީން!

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ