ދަރިފަސްކޮޅެއް ބިނާ ވުމުގެ އަސްލު ކަމަށްވާ ދެމަފިރިއެއްގެ ގުޅުން ފެށެނީ ކައިވެނީގެ ގޮތް ޖަހާލެވޭ ހިސާބުންނެވެ. މި ގޮށް ޖަހާލެވެނީ އަނބިމީހާ އާއި ފިރިމީހާ ކަންތައްތަކެއްގެ މައްޗަށް އެއްބަސްވެ އިޤުރާރުވެ އަޒުމްވެ ނިޔަތްގަނެ ބައެއްގެ ކުރިމަތީގައި ފާޅު ކުރުމުންނެވެ. މި ކައިވެނީގެ ގުޅުން އުފެދުމަށްޓަކައި ފިރިމީހާ އަންހެން މީހާ އަށް ކޮންމެހެންވެސް ދިނުން ލާޒިމްވާ އެއްޗެއް އޮވެއެވެ. އެއާއި ނުލައި ކައިވެންޏެއް ކުރުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ. ފިރިމީހާ މިދޭ އެއްޗަކީ އަނބިމީހާ ބުނެގެން ދޭ އެއްޗެކެވެ. އެއީ ކައިވެނީގެ ގޮށް މޮހާލާ މިނިވަންވާ ދުވަހު އޭނާއަށް ދިނުމަށް ތައްޔާރު ކުރެވޭ އެއްޗެކެެވެ. މިއަށް ދިވެހީން ކިޔައި އުޅެނީ ރަން ކިޔުމެވެ. “
ރަން ކިޔުމަށް މިހެން ކިޔުނު ގޮތެއްވެސް އޮންނާނެތާއެވެ. ކޮންމެއަކަސް މާނައަށް ބަލާލާއިރު ރަނަކީ ވަރަށް އަގު ބޮޑު އެއްޗެކެވެ. އަދި ގިނަ ބަޔަކު ބޭނުން ވާއެއްޗެއްވެސް މެއެވެ. އަދި ވިއްކައިގެން ގިނަ ބަޔަކު ފައިސާ ހޯދުމަށްވެސް އެދޭ އެއްޗެކެވެ. މިހެންކަމުން މިފަދަ އެއްޗެއް އަނބިމީހާ ލައްވާ ބުނުވަނީއެވެ. ނުވަތަ ބުނަނީއެވެ. ބައެއް ފަހަރު ހަޤީގީ ރަނެވެ. އަނެއްބައިފަހަރު ނިކަން އަގުހުރި އެއްޗެކެވެ. މިކަމުގެ ހުރިހާ ކަމެއް ބިނާވެގެންވަނީ އަނބިމީހާ ނިންމާ ނިންމުމެއްގެ މައްޗަށެވެ. ކޯޓުން ހުކުމް އިއްވާ އުސޫލުން އަނބިމީހާ އިއްވާ ރަނުގެ ޤަޒިއްޔާ ނިމޭއިރު ބައެއް ފިރިހެނުން ތިބެނީ ދެމިޔަނަމުން ސޮނިފައިބާ ބޯކޮޅު ވަތަށް ޖެހިފައެވެ.
މިކަން މިހެން ދިމާވާންވީ ސަބަބުތައްވެސް ބައިވަރެވެ. ބައެއް ފަހަރު އަނބިމީހާ ބުނާ ރަނަކީ އާދަޔާ ޚިލާފަށް ތާރީޚުގައި ލިޔެވޭފަދަ އެއްޗެކެވެ. ވެޑިން ޕާރޓީއަށް އެތައް ލައްކައެއް ޚަރަދު ކުރަން ނިންމާފައިވާ ހިނދުގައި އަނބި މީހާ ބުނާ ރަން އޭގެ އެތައް ގުނައެއް މައްޗަށް ޖެހުމުން ފިޓަށް ގޮސް މޭބޮޑުވާ ފިރިހެނުން މަދެކޭ ބުނެވޭކަށް ނެތެވެ. ސާމަރާލައިވުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އަންހެނުން ކިޔާ ރަން ބިނާ ވެގެން ވަނީ އެމީހުން ފިރިހެންމީހާ ދެކެވާ ލޯތްބާއި ފިރިހެން މީހާ ކަންތައް ކުރިން ކޮށްފައިވާ ގޮތާއި، މާމުއި ހަނދުގެ ދުވަސްވަރުގައި ކަންތައް ކުރާނެކަމަށް އިރުވަރު ދައްކާ ގޮތާއި، އެކުގައި އުޅުނު އަނެއް އަންހެން ކުއްޖަކަށް ދިމާވެފައިވާ ހިތި ނޫނީ ފޮނި ތަޖުރިބާގެ މައްޗަށެވެ.
މިކަންތައްތަކުގެ މައްޗަށް ރިއާޔަށް ކޮށް އަންހެންމީހާ ކިޔާ ރަން ކަވަރު ކުރުމަށް ބައެއް މީޑިޔާތައްވެސް ތިބެނީ ފާރަ ލައިގެންނެވެ. ރަންކިޔުއްވުމަށް އަންހެންމީހާގެ ކައިރިއަށް ފޮނުވާ ލަޝްކަރު ފޮނުވާއިރުވެސް މިކަން ވާނެކަމާއި މެދު ގިނަ ފިރިހެނުުންނަށް އޮންނާނީ ވަރަށް ކުޑަ އުންމީދެކެވެ. ސަބަބަކީ އަންހެންމީހާ ބުނާ ރަނަކީ ފިރިހެންމީހާއަށް ދެވެން ނެތް އެއްޗަކަށް ވެއްޖެނަމަ ދެން ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމުންނެވެ. ފިރިހެންމީހާއަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ބައެއް އަންހެންވެރިން ކިޔާ ރަން ބޮޑު ވުމުގެ ސަބަބުން އެ ރަން ބައެއް ފިރިހެނުން އެޕްރޫވް ކުރުމަށްޓަކައި ބޭންކުން ލޯނު ނަގާ ފަހަރުވެސް މަދެއް ނޫނެވެ. ނޫންނަމަ މުޅި ދިރިއުޅުން ނިމެންދެން ކުރަން އޮންނަ ކަމަކަށް ވެފައި އޮންނަނީ އަންހެންމީހާ ކިޔާފައިވާ ރަން ހޯދުމަށްޓަކައި މަސައްކަތް ކުރުމެވެ.
ރަނަކީ ކުރިން ބުނިހެން ކައިވެނީގެ ގޮށް މޮހާލާއިރު އަންހެންމީހާއަށް ދިނުން ޝަރުތު ވާއެއްޗަކަށް ވެފައި އެ އެއްޗަކީ ކައިވެނީގެ ގޮށް މޮހާލުމުގެ ސަބަބުން ލިބުނު ނިކަމެތި ކަމުގެ ގެއްލުމުން އަވަސް މިނެއްގައި އަރައިގަނެވޭ އެއްޗަކަށް ވާންޖެހޭ އިރު މިކަން ހިނގަމުން އަންނަނީ މިގޮތަކަށް ނޫނެވެ. އެންމެ ގިނައިން ރަންކިޔާފައި މިހާތަނަށް ވަނީ ފައިސާ އަށެވެ. ފައިސާ އޭ ބުނުމުން އަނެއްކާ މި ބުނެވެނީ ވަރަށް ބޮޑު އެއްޗެއްގެ ވާހަކައެވެ. މިހާރުގެ ބޯހަރު އަންހެން ކުދިން ފައިސާއިން ރަން ކިޔާނަމަ ކިޔާނީ ދެކަމެއްގެ މައްޗަށް ބިނާކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ. އެއީ ކިޔަން ދުލަށް ފަސޭހަ ނުވަތަ ރީތި އަދަދަކުންނެވެ. އެންމެ ގިނަ ކުދިން ކިޔަނީ ދުލަށް ފަސޭހަކަށްވުރެ ބޮޑަށް ރީތި އަދަދު ތަކަށެކެެވެ. ބައެއް ފަހަރު ކައިވެނި ކުރާ ދުވަހުގެ ތާރީޚާއި ގުޅުވާފައި ވެސް ރަންކިޔާފައި އެބަހުއްޓެވެ.
ދާދި މިދާކަށްދުވަހު ނިމިގެންދިޔަ ދިހައެއް ދިހައެއް ދިހައެއްގައި ކައިވެނި ކުރި ގިނަ ކުދިން ކިޔާފައިވާ ރަން ބިނާ ކުރީ އެ ދުވަހުގެ ތާރީޚަށެވެ. މިގޮތުން އެންމެ ގިނަ ބަޔަކު އެދުވަހަށް ކިޔާފައިވާ ރަނަކީ އެއްހާސް ދިހަ ރުފިޔާ ދިހަ ލާރިއެވެ. ނުވައެއް ނުވައެއް ނުވަދިހަ ނުވައެއްގައި ގޮށްޖަހާލި ބައެއް ކުދިން އެދުވަހަށް ކިޔާފައިވާ ރަނަކީ ނުވަހާސް ނުވަސްތޭކަ ނުވަދިހަ ނުވަ ރުފިޔާ ނުވަދިހަ ނުވަ ލާރިއެވެ. 2008 ވަނަ އަހަރު އޮގަސްޓް އަށެއްގައި ކައިވެނި ކުރި ގިނަ ކުދިން ކިޔާފައިވާ ރަނަކީ އަށްހާސް އަށްސަތޭކަ އައްޑިހަ އައްރުފިޔާ އައްޑިހަ އައްލާރިއެވެ. މިފަދަ ދުވަހެއް އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި އަދި ޖެހިގެން އަންނަ އަހަރު ޑިސެމްބަރު 12 ގައިވެސް އަންނާނެއެވެ. ކޮންމެއަކަސް މީގެ ބޭނުމަކީ ކޮބައިކަމެއް ނޭނގެއެވެ. ބައެއް މީހުންގެ ބޭނުމަކީ ކައިވެނީގެ ސަނަދު ރީތިކޮށްލުން ކަމުގައިވެސް ވެދާނެއެެވެ.
ރީތި އަދަދުގެ ވާހަކަ ދައްކާއިރު ތަނެއް ދޮރެއް ބަލާނުލާ ކިޔާ ރަންވެސް މަދެއް ނޫނެވެ. މިހެން މިބުނާ ފަހަރުތަކަކީ އެއްކަލަ ކަހަލަ ރީތި ޑޭޓް ތަކުގައި ކައިވެނި ކުރުމުގެ ފުރުސަތު ނުލިބޭ ކުދިން ކިޔާ ފަަހަރުތަކެވެ. މިގޮތުން އެއްހާސް އެއްސަތޭކަ އެގާރަ ރުފިޔާ އެގާރަ ލާރި ފަދަ، ފަސްހާސް ފައްސަތޭކަ ފަންސާސް ފަސް ރުފިޔާ ފަންސާސް ފަސް ލާރި ފަދަ އަދަދު ތަކަކީ ޕްރޮގްރާމް އަޑުއަހާ ބައެއް ކުދިންގެ ހަނދާނުގައި އަލުން އާލާވާނެ އަދަދު ތަކެއްކަން ގައިމެވެ.
ފައިސާ އާއި ނުލައި ކިޔާފައިވާ ބައެއް ރަންތަކަކީވެސް ގިނީސް ވޯލްޑް ރިކޯޑުން ޖާގަ ހޯދާ ވަރުގެ ރަންތަކެކެވެ. ކުރީ ޒަމާނުގައި ފައިސާގެ ކަންތައްތައް މާ ބޮޑަށް ތައާރަފް ވެފައި ނެތް ދުވަސްވަރު އާންމުކޮށް ކިޔާފައިވާކަމަށް ވަނީ އޭރެއްގައި ލިބެން ހުރި އެންމެ އަގުހުރި އެއްޗެކެެވެ. މިހާރު މި ދުވަސްވަރުގައިވެސް ރަން ކިޔުމުގެ ނަމުގައި އެދުވަސްވަރެއްގައި އެންމެ ނަން ހިނގާ ހިތް އެދޭ އެއްޗިއްސަށް ރަން ކިޔުމަކީ ހަމަ އާންމު ކަމެކެވެ. މަސްވެރިންނަށް އަންހެން ކުދިންގެ ހިތް ދަމައިގަތް ދުވަސް ކޮޅު ބައެއް ކުދިން ކަންނެލި ދޯންޏަކަށް ރަންކިޔުމާއި، ކަސަބު ބޯވަޅު އެޅި ލިބާހަކަށް ރަން ކިޔުމާއި، 5 ބުރީގެ އެޕާރޓްމަންޓްތަކަށް ރަން ކިޔާފައިވާ ފަހަރުތައްވެސް ހިނގާފައި އެބަހުއްޓެވެ. ބޮޑެތި އާގު ބޯޓު ފަހަރަށް ބައެއް އަންހެން ކުދިން ރަން ކިޔާފައިވާއިރު ކުރިމަގުގައި ރަންކިޔާނީ ސަބްމެރިންނާއި ޕްރައިވެޓް ޖެޓަކަށް ނޫންކަމެއްވެސް ނޭނގެއެވެ.
މޮބައިލް ފޯނު ތަކާއި ލެޕްޓޮޕާއި އައި ޕޮޑަށްވެސް ރަން ކިޔާފައި އެބަހުއްްޓެވެ. ރޯނު ފުރި އެނދަކަށް މާޒީގައި ރަން ކިޔާފައި ހުރި ނަމަވެސް މިހާރު ކިޔަންޏާ ގިނަ ކުދިން ކިޔާނީ ޑަބަލް ހައިކްލާސް ބެޑް ރޫމަކަށެވެ. ސްކޯލާޝިޕަކަށް ރަން ކިޔުމާއި، ސައިކަލާއި ކާރަކަށް ނުވަތަ ޕިކަޕަކަށް ނުވަތަ ހޯމް ތިއޭޓަރ ސިސްޓަމަކަށް ވެސް ބައެއް ފަހަރު ރަން ކިޔާފައިވާ އިރު މީގެ އިން ދޭހަ ކޮށްދެނީ ރަންކިޔާ ކުއްޖާ ރަންކިޔާފައިވަނީ ގިނަ ފަހަރު ރަންކިޔާ ދުވަހެއްގައި އޭނާގެ މޫޑު ހުންނަ ގޮތެއްގެ މައްޗަށެވެ. ބޮޑު ރިސޯޓަކަށް މިހާތަނަށް މީހަކު ރަންކިޔާފައި ވާކެއް އެނގެން ނެތް ނަމަވެސް ކަންތައްތައް މިދާގޮތުން ގްރޭޓް ބެރިއާ ރީފް، އައިފިލް ޓަވާރ، ނުވަތަ ގްރޭޓް ވޯލް އަށްވެސް ބަޔަކު ރަން ކިޔުމަކީ އެކަށީގެންވާކަމެކެވެ.
ކިޔާފައިވާ ރަން ފްރޭމް ކޮށްގެން ގޮށްޖަހާ ރަސްމިއްޔާތަށް ގެން ދިޔުމަކީވެސް ބައެއް ކުދިން ކޮށް އުޅޭ ކަމެކެވެ. ފައިސާގެ ރީތި އަދަދުން ރަން ކިޔާފައިވާ ކުދިން ކިޔާފައިވާ ރަން ފްރޭމް ކޮށްގެން ގެންދިއުމަށްޓަކައި ފިރިމީހާ ކުރާ ކަމަކަށް އޮންނަނީ ވަކި ލާރި އެއްކުރުމެވެ. ބޮޑެތި ކަންނެލި އޮޑިއާއި ޔަންމާ މެރިން އިންޖީނު ރަސްމިއްޔާތަށް ގެންދެވޭނެ ގޮތެއް ނޯންނާނީ މިކަން އޮންނަނީ ދެފަރާތުގެ މެދުގައި އޮންނަ އަންޑަސްޓޭންޑިން އެއްގެ މަތީގައެވެ. ކޮންމެއަކަސް މުހިއްމު ރީތި ދުވަސްތަކުގައި ގޮށްޖަހާލެވޭ ދިރިއުޅުންތަކަށް ކީފައިވާ ރަންތަކުގެ ސަބަބުން ފިރިމީހާ ފިޓަށްގޮސް ދެމިޔަނަމުން ސޮނި ފައިބާ އަޖައިބުވެ ބައްތިރީސްވެ، ބޮޑެތި ކަންނެލި އޮޑި އާއި އާގު ބޯޓު ފަހަރަކީވެސް ކިޔާ ރަނަކަށްވެ، ކުރިމަގުގައި ކިޔާ ރަނަކީ ބޮޑެތި ގައުމުތަކާއި ސިޓީތަކަށްވެ، ކިޔާނެ ރަނެއް ކަނޑައެޅުމަށްޓަކައި އަންހެންކުއްޖާ ޤައުމީ ފެންވަރުގެ ބޮޑު ދިރާސާއެއް ހަދައި، އެއްހާސް ދިހަ ރުފިޔާ ދިހަ ލާރިއަށް ރަން ކިޔައިގެން ގޮށް ޖަހާލެވޭ ގުޅުންތަށް ފުރިހަަމ 10 ދުވަސް ނުވަނީސް ނުވަތަ ދިހަ ގަޑި އިރު ނުވަނީސް ނިމިގެން ގޮސްފައިވާކަމީ ދުނިޔެ ދައްކަމުންދާ ހަޤީގަތެކެވެ.

0 comments:
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ