• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އަމިއްލަ ގޮތުން ކޮނޑޭ ކައުންސިލަށް ހޮވުނު ތިން މެންބަރަކު އެމްޑީޕީ އަށް ސޮއިކޮށްފި

Posted by faradays on Tuesday, February 22, 2011 No comments

މުޅިން އަމިއްލަ މެންބަރުން ހިމެނިވަޑައިގަންނަވާ ގއ. ކޮނޑޭ ރަށު ކައުންސިލްގެ ތިން މެންބަރަކު އެމްޑީޕީ އަށް ސޮއި ކުރައްވައިފި އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެކަމަށް ޓަކައި އެމްޑީޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެބޭފުޅުން އެމްޑީޕީ އަށް ސޮއިކުރައްވާފައި ވަނީ އިއްޔެ ކަމަށެވެ.

އެމްޑީޕީ އަށް ސޮއިކުރެއްވި މެންބަރުންނަކީ، އިންތިހާބުން އެންމެ ގިނަ ވޯޓު ހޯދި އަހުމަދު އައްބާސް އާއި ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ޝުޖާއު ނާސިރާއި އެންމެ މަދުން ވޯޓު ލިބުނު މޫސާ އަޙްމަދު ދީދީ އެވެ.

އިލެކްޝަންސްގެ ނަތީޖާ ދައްކާ ގޮތުން އަހުމަދު އައްބާސް އަށް ލިބިފައި ވަނީ 128 ވޯޓެވެ. ޝުޖާއު އަށް 122 ވޯޓު، މޫސާ އަހްމަދު ދީދީ އަށް 97 ވޯޓެވެ.

އެމްޑީޕީގެ އޮފިޝަލް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމިއްލަ ގޮތުން ކާމިޔާބު ހޯއްދެވި އިތުރު ކައުންސިލަރުން ވެސް ވަރަށް އަވަހަށް އެމްޑީޕީ އަށް ސޮއިކުރައްވާނެ ކަމަށެވެ. އަދި އެކަމަކީ، ސަރުކާރު ހިންގާ ޕާޓީއާ ގުޅިގެން އެ ބޭފުޅުން ނިސްބަތްވާ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމުގެ ބޭނުން ފުޅުގައި ކުރައްވާ ކަމެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ
ކޮނޑޭ ކައުންސިިލަށް ހޮވުނު ފަސް ބޭފުޅުންނަކީ ވެސް އަމިއްްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންނެވެ
ކޮނޑޭ ކައުންސިލަށް ހޮވުނު މެމްބަރުން ގެ ތެރެއިން އެމްޑީޕީ އަށް ގުޅި ވަޑައިގެން ފަރާތް ތަކަށް ސާމަރާލައިވުގެ ނަމުގައި ތިޔަ ނިންމި ނިންމުމަށް މަރުހަބާ ދަންނަވަން. 

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments