• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ހީކުރި ހެނެއް ނުވިއެވެ

Posted by faradays on Saturday, February 26, 2011 No comments

ކަޅި ޖަހާ ނުލާ އަހަރެން ބަލަހައްޓައިގެން ހުރީމެވެ. އެމޫނަށެވެ.
ލޯބި ލޯބި މޫނެކެވެ. ލުއި ހިނިތުން ވުމެކެވެ. މަސްތީ ބެލުމެކެވެ.
ބަލާ ފޫހިވުމެއް ނެތެވެ. އެހާވެސް ފުރިހަމައެވެ. ލަފެއް ލަކުނެއްނެތެވެ.
ހިތަށް އެރިއެވެ. ރީތިކަމަކީ ހާދަހާ ވާ ފުރިހަކަމެއް ތާއެވެ. ބަސްހުއްޓުނެވެ.

ފަން ފަށުވި އިސްތަށި ގަނޑެކެވެ. އޮފްއަރާއިރު ބަލާލަން ފުރިހަމައެވެ.
ލޮލުގެ ކަޅިރަވަ ތޫނެވެ. އުޖާލާވެފައި ހިތްގައިމެވެ. ފާޑެއް ނުކިޔޭނެއެވެ.
މަޑުމަޑު ފިޔާތޮށި ކުލައިގެ ތުނިތުނި ނާޒުކު ތުންފަތެކެވެ. ބީހެއްހިތްވާނެއެވެ.
ހިތަށް އެރިއެވެ. ރީތިކަން ދެއްވި އިންސާނުން ކިހާ ފުރިހަމަ ބާވައެވެ؟

މަޑު ޖެލީކޮޅެއް ކަހަލަ އިނގިލި ތަކެކެވެ. އަތްތިލަ ކަހަފާ މަޑެވެ.
ސަލާމްކޮށްލުމުން ލިބުނު ފިނިކަން އަދިވެސް އިޙްޞާޞްވާ ކަހަލައެވެ.
ހިނިތުންވެލުމުން އަންތަރީސްވިއެވެ. ހުދު ކަފަކޮޅެއް ކަހަލަ ދަތްޕިލައެކެވެ.
ހިތަށް އެރިއެވެ. މިފަދަ ރީތިކަމަށް ތަޢުރީފް ކުރާނީ ކިހިނެއް ބާވައެވެ؟

އެ ރީތި އަޑުން އަހަރެންގެ ނަމުން ގޮވާލުމުން ލިބުނީ އިންތިހާ އުފަލެވެ.
ޝުކުރުން މިހިތް ފުރުނު ކަހަލައެވެ. އެފަދަ ފުރިހަމަ ކުއްޖަކު ގޮވާލުމުންނެވެ.
އަހަރެން އޭނާގެ ކައިރިއަށް ދިޔައީމެވެ. ގޮސް މަޑުކޮށްލީމެވެ. ދެން ބަލާލީމެވެ.
ހިތަށް އެރިއެވެ. މިހާ ރީތި ކުއްޖަކާއިއެކު، މިހާ ގާތްވެލަން ލިބުނީ ކީއްވެހެއްޔެވެ؟

އޭނާ ހިނިތުންވެލިއެވެ. އަހަންނާއި ވާހަކަ ދައްކަން ފެއްޓިއެވެ.
ވާހަކަ ފަށުވިވެފައި އަޑުއަނހާލަން ފަސޭހައެވެ. އަޅައިގަތުމެއްނެތެވެ.
ހިތް އުފަލުން ފުރިގެން ބަންޑުން ނުވީ ކިރިޔާއެވެ. ހިތް ފުރުނުކަހަލައެވެ.
ހިތަށް އެރިއެވެ. މުޅި ޢުމުރަށް މިވަގުތުކޮޅު ދެމެހެއްޓޭނެނަމައެވެ.

އަހަރެން ހިތްވަރު ކޮށްފައި ހިތުގެ ޙާލަތު ބަޔާންކުރީމެވެ.އެސްއެމްއެސް އަކުންނެވެ
ފުރަތަމަ ނަޒަރުން އޭނާގެ އިޝްޤްގައި ޖެހުނު ވާހަކަ ބަޔާންކުރީމެވެ.
އެސްއެމްއެސް އަކުން ވަރަށް ވަރުން އާބަސް ބުނެފިއެވެ.ހިތް އުފަލުން ބަންޑުން ވިއެވެ
ހިތަށް އެރިއެވެ. މިކުރެވުނީ ކިހާވަރެއްގެ ކަމެއްބާވައެވެ.އަހަރެން ހީކުރިކަހަލަ ރީތި ކަމެއް ހުއްޓަސް 
ހިތަށް ކެތްނުވަ ކަހަލަ ސިފަ ތަކެއް ހުރީމައެވެ.އަބަދު ފޯނުގައި ކޮންމެވެސް ފިރިހެނަކަށް ގުޅައިގެންނެވެ.
މާޒިގައި ވެފަ ގޮސް ހުރި ކަންތައްތަކުން އިބުރަތް ހޯދުމެއް ނެތިއެވެ.
އެހެނަސް އަހަރެން އޭނަ ދެކެ މިވާ ލޯބި ދެން ބަދަލް ކުރަން ވަރަށް އުދަގޫ ވާނެއެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments