• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ޚަތިމު އުފެއްދުމުގެ މަސައްކަތް ހުއްޓިއްޖެ އެވެ

Posted by faradays on Wednesday, March 16, 2011 No comments

 
ކީރިތި ޤުރުއާން ލިޔެ ޗާޕްކޮށްގެން ނެރުމުގެ މަސައްކަތް ހުއްޓުމަކަށް އައުމަކީ ކޮންމެ މުސްލިމަކުމެ ނުހަނު ކަންބޮޑުވާނެ ކަމެކެވެ. ނަމަވެސް މިދުވަސްވަރު ވަނީ، ކީރިތި ޤުރުއާން އުފެއްދުމުގެ މަސައްކަތް ހުއްޓިފަ އެވެ. މިކަމުގެ ސަބަބަކީ، ސުޢޫދީ ޢަރަބިއްޔާގެ ކިންގް ފަހުދު ކޮމްޕްލެކްސްގައި ކީރިތި ޤުރުއާން އުފެއްދުމުގެ މަސައްކަތްކުރާ 1400 މުވައްޒަފުންގެ ތެރެއިން 900 މުވައްޒަފުން މަސައްކަތް ހުއްޓާލުމެވެ.

ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލުމުގެ ސަބަބުން މިހާރު މުޅިން މަސައްކަތް ހުއްޓާލެވިފައިވާ ކަމަށް ބައެއް ފަންނީ މުވައްޒަފުން ޔަޤީންކޮށްދީފައިވެ އެވެ. މުވައްޒަފުން ހީވާގިކަމާއެކު މަސައްކަތްކުރިއިރު، ދުވާލަކު ކީރިތި ޤުރުއާނުގެ ބައިލައްކައަށްވުރެ ގިނަ ކޮޕީ އުފެއްދެ އެވެ. ނަމަވެސް މުވައްޒަފުން މަސައްކަތް ހުއްޓާލަން ފެށުމުން ދުވާލަކު ގިނަވެގެން އުފެއްދިފައިވަނީ އެންމެ ދެހާސް ކޮޕީ އެވެ. މިހާރު ކީރިތި ޤުރުއާން އުފެއްދުން މުޅިން ހުއްޓާލެވިފައިވަނީ، ހަންޖެހޭނެ ގޮތެއް ނެތިގެން ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.

މުވައްޒަފުން މަސައްކަތް ހުއްޓާލީ އެމީހުނަށްދޭ މުސާރަތައް ކުޑަކަމުންކަމަށް މިވަގުތު ސައޫދީ އަރަބިއްޔާގައި ހުންނެވި ރިޕޯޓަރު މުވައްޒަފުންނާއި ހަވާލާ ދެއްވާ ވިދާޅުވިއެވެ. އެމީހުންގެ މުސާރައަށް އިތުރުކޮށްދޭނެ ކަމަށް ބުނި 10 އިންސައްތައާމެދު އެމީހުންނަކު ނުރުހެ އެވެ. އެމަސައްކަތުގައި 17 އަހަރު ދުވަސް ހޭދަކޮށްފައިވާ މުވައްޒަފަކު ބުންޏެވެ. "އެންމެ ހަތަރު އަހަރު ދުވަހު ނޫނީ، މުސާރައިގެ އިތުރުން ލިބެންޖެހޭ އެއްވެސް ޢިނާޔަތްތަކެއް ނުލިބެ އެވެ." ކީރިތި ޤުރުއާން އުފެއްދުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށް ލިބެނީ މާ ބޮޑު މުސާރަތަކެއް ނޫނެވެ. އިތުރު ޢިނާޔަތްތައް ވެސް ބޮޑެއް ނޫނެވެ. ހުރިހާ އެއްޗަކާއެކު މުވައްޒަފަކަށް މަހަކު ލިބޭ ރިޔާލައަކީ، 1500 އާއި 4000 ދެމެދުގެ ޢަދަދެކެވެ.

މައްސަލަ ޙައްލުކުރުމަށްޓަކައި މަސައްކަތް ކުރެވެމުން އެބަދެ އެވެ. ފުރަތަމަ ވަޒީފާއަށް ނުކުތުމުން މަނާވެގަތީ، 300 މުވައްޒަފެކެވެ. އެމީހުންގެ ޢަދަދު އިތުރުވަމުން ގޮސް މިހާރުވަނީ 900 އަށް އަރާފަ އެވެ. މުވައްޒަފުން ބުނަނީ، މަސައްކަތަށް ނުނުކުންނާނެ މުވައްޒަފުން ދާނީ އަދިވެސް އިތުރުވަމުން ކަމަށެވެ. ނަމަވެސް އެމީހުން ޤަބޫލުކުރާ ޙައްލަކާ ހަމައަށް އަދިވެސްވަނީ ވާޞިލުނުވެވިފަ އެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments