” އަހަންނަކީ ބޮޑު މީހަކީމެވެ. އެހެން ނަމަވެސް އަހަރެންގެ މަންމަގެ ކައިރީގައި އަހަންނަކީ ކުޑަ މީހަކީމެވެ. މުސްކުޅިވެފައިވާ މީހަކީމެވެ. އެހެނަސް އަހަރެންގެ މަންމަގެ ކައިރީގައި އަހަންނަކީ ތުއްތު ކުއްޖަކީމެވެ. އަހަރެންގެ ޙައްޤުގައި، އެއްވެސް ޝަކުވާއެއް ނެތި، އެމީހެއްގެ ލޮލުގެ ކަރުނަތައް އޮއްސައި، އެމީހެއްގެ ހަށިގަނޑުގެ ކިރާއި ލެއި ޤުރުބާން ކުރި ދެވަނަ މީހަކު ތިޔަ މަންމަ ނޫނީ ނުވެއެވެ.އަދި ދުވަހަކު ނުވެސް ވާނެއެވެ. އަހަރެންގެ މަންމަ ފިޔަވައި އެހެން އެންމެން އަހަރެންގެ މަތިން ހަނދާން ނައްތާލާނެއެވެ. އަހަންނާމެދު މުޅި ޢާލަމްގެ މުޢާމަލާތް ބަދަލުވިޔަސް އަހަރެންގެ މަންމަ އަހަންނަށްޓަކާ ދުވަހަކު ދެގޮތެއް ނުވާނެކަމަށް ގަބޫލް ކޮއް އެކަމާ މިއަދުވެސް އަހަރެން ވަރަށް އުފާވެއެވެ.
އޭ މަންމާއެވެ! އަހަރެން ރަށުން ބޭރަށް ކިޔަވަން ފުރުމުން ހިތާމައިގެ ކަރުނަ އޮހޮރުމުގެ ސަބަބުން މަންމަގެ ކޯތާފަތްމަތި އެތައް ފަހަރު ދޮންނަން ޖެހުނު ނޫންތޯއެވެ! އަހަންނަށް ޓަކައި އެތައް ރޭގެ ނިދި ނަންގަވާލެއްވީމު ނޫންތޯއެވެ! އަހަރެން ބަލިވެއްޖެނަމަ ކިހާވަރަކަށް އެކަމާއިގެން އުޅުއްވީމު ނޫންތޯއެވެ!
އޭ މަންމާއެވެ! އަހަރެން ކިޔަވައިގެން އެނބުރި އައިހިނދު ގޭގެ ދޮރުމަތީގައި އަހަރެންގެ އިސްތިޤްބާލަށް ހުންނަވައިގެން އަހަރެން އެނބުރި އައިކަމަށްޓަކައި އުފާކުރައްވައި އުފަލުގެ ކަރުނަ މަންމަގެ ލޮލުން ފޭބި ނޫންތޯއެވެ! އަހަރެން ގެއިން ނިކުންނަހިނދު އަހަންނަށް ވަދާޢު ކުރެއްވުމަށް ދޮރުމަތީގައި ހުންނެވިން ނޫންތޯއެވެ!
އޭ މަންމާއެވެ! ވޭނާއެކުގައި މަންމަގެ ބަނޑުގައި އަހަރެން އުފުއްލެވީމުއެވެ. އަދި ވޭނާއެކު އަހަރެން ވިހެއުމުގެ ބުރަތައްވެސް މަންމަ އުފުއްލެވީމުއެވެ. އެއަށް ވޭނާއެކު މަންމަ އަހަރެން މުޖުތަމައު ގަބޫލް ކުރާ މީހަކަށް ހެދުމުގެ ބުރަ މަސްއުލިއްޔަތު އުފުއްލެވީމްނޫންތޯއެވެ.
އޭ މަންމާއެވެ! ރޭގަނޑުގެ ހަތަރުދަމު އަހަރެންގެ ފާރަވެރިއެއްގެ ގޮތުގައި ނުނިދާ މަންމަ އުޅުއްވީމު ނޫންތޯއެވެ! އަހަރެންގެ ގާތުގައި އެހެން އޮންނަވައި އެންމެ ފަހުން ވަރުބަލިވެގެން ނިދި މަންމަގެ މައްޗަށް ވެރިވަންދެން މަންމަ ހޭލާ އޮންނެވީމު ނޫންތޯއެވެ! އަހަރެން ހިނިތުން ވެއްޖެނަމަ މަންމައަށްވެސް ހީލެވެއެއް ނޫންތޯއެވެ! އޭގެ ޙަޤީޤީ ސަބަބު މަންމަ އަކަށްވެސް ނޭނގެ އެއް ނޫންތޯއެވެ. އަހަރެންގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނިލައްވައިފިނަމަ މަންމައަށް ރޮވެއެއް ނޫންތޯއެވެ. ވެގެން އުޅޭ ކަމެއް އެނގިނުލެއްވި ނަމަވެސް ކަން އޮތީ މިހެން ނޫންތޯއެވެ! އަހަރެންނަށް ކުށެއް ކުރެވޭހިނދު އަހަރެން އަމިއްލައަށް މާފަށް އެދުމުގެ ކުރީގައި އަހަންނަށް މާފު ކުރެއްވީމު ނޫންތޯއެވެ!
މަންމާއެވެ! އަހަންނަށް މީހަކު މަދަހައާއި ސަނާ ކިޔައިފި ނަމަ މަންމަ ޤަބޫލު ކުރެއްވީހެވެ. އެއީ އަހަންނަށް ސަނާ ކިޔުމުގައި އެމީހަކު އަހަންނަކީ އިންސާނުންގެ އިމާމު ކަމަށް ހަދައި، އުޑުގައިވާ ހަނދު ކަމުގައި ބުނި ކަމުގައި ވީނަމަވެސް މެއެވެ.
އަދި އަހަންނާމެދު މީހަކު ގޯސް ވާހަކައެއް ދެއްކި ނަމަ މަންމަ އެވާހަކަ ޤަބޫލެއް ނުކުރެއްވީހެވެ. އެއީ އެކަމުގެ މައްޗަށް އަދުލުވެރި އެތައް ހެކިންނެއް ގެނެސް ދެއްކި ކަމުގައި ވީނަމަވެސް މެއެވެ.
މަންމާއެވެ. އަހަރެންގެ ކަންކަމާމެދު އަބަދާއަބަދު މަޝްޣޫލުވެ އުޅުއްވާ ހަމައެކަނި އިންސާނަކީ ތިޔަ ލޮބުވެތި މަންމައެވެ.
އޭ މަންމާއެވެ! އަހަންނަކީ މަންމަގެ ފޮނި އުއްމީދެވެ.
އޭ މަންމާއެވެ! އަހަންނަށްޓަކައި ދުޢާކޮށްދެއްވާށެވެ! މަންމަގެ ދުޢާއަކީ އަހަންނަށްޓަކައި ދުނިޔެއާއި ދުނިޔޭގައިވާހާ މުދަލަކަށްވުރެ އަގުހުރި އެއްޗެކެވެ.
މަންމާއެވެ! މަންމަގެ ހިތުގައި ޖެހޭފަދަކަމެއް، އެނގިގެން ނަމަވެސް، ނޭނގި ނަމަވެސް ކުރެވިފައިވާނަމަ، އެކަމަކަށް އަހަންނަށް މާފުކޮށްދެއްވާށެވެ.
އޭ ލޯބިވާ މަންމާއެވެ! އަހަންނަކީ ދެދުނިޔޭގެ ބާއްޖަވެރިއަކަށް ވޭތޯ ދުޢާ ކުރައްވާށެވެ! އަދި ދެދުނިޔޭގައިވެސް މަންމަގެ ލޮލުގެ ފިނިކަން ކަމުގައި ވުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކޮށްދެއްވާށެވެ!
ހައްދަވާ ގެންގުޅުއްވާ މަތިވެރި އިލާހު! އިބައިލާހީ މައިންބަފައިންނަށް އިޙްސާންތެރިވުމަށް އަޅުތަކުންނަށް އަމުރު ކުރެއްވި އިލާހެވެ! މިއަޅާއަކީ މިއަޅާގެ މައިންބަފައިންނަށް ކިޔަމަންތެރި އިޙްސާންތެރި ދަރިއެއް ކަމުގައި ލައްވާށިއެވެ! އަދި އެދެމީހުންގެ ލޮލުގެ ފިނިކަން ކަމުގައި މިއަޅާ ލައްވާށިއެވެ!
ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާގެ މައިންބަފައިންނަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާ ކުޑަ ކުއްޖެއް ކަމުގައިވީދުވަހު، އެދެމީހުން މިއަޅާގެ މައްޗަށް ރަޙުމު ކުރި ފަދައިން މިއަދު އެދެމީހުންނަށް ރަޙްމަތް ލައްވާނދޭވެ! رَبِّ ارْحَمْهُمَا كَمَا رَبَّيَانِيْ صَغِيْراً

1 comments:
އަސްލުވެސް ތީ މަންމަ އަކު އެންމެ ލޯބިން ބެލި އެއްދަރި.މިއަދު ނަމަވެސް ވިސްނުނީތީވެ އުފާކުރަން
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ