• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ނ.ލަންދޫ އޮއިވަރު ކިޔާގެ ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ފަޅާލައިފި

Posted by faradays on Sunday, March 20, 2011 No comments

ނ.ލަންދޫ އޮއިވަރު ކިޔާގެ ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ފަޅާލައިފިއެވެ. ރޭ ދަންވަރު މިގެއަށް ބަޔަކު ވަދެފައިވަނީ އެގޭ ވަލުފަރާތު ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރޭ އޮއިވަރު ފަޅާލައިގެން އެގެއަށް ބަޔަކުވަދެ އަލާމަރި ތަކާއި ކަބަޑުފަދަ ތަކެތި ހަލާކުކޮށް ހާވާ ހަދާފާ ވާކަމަށާއި، އެގޭގައި ރައްކާކޮށްފާ ހުރި -/700ރ. އާއި، ރަނުގެ އަގުބޮޑު ގަހަނާތަކަކެއް ވަގުންވަނީ ގެންގޮސްފާ ކަމަށް ނ.ލަންދޫ އޮއިވަރު ސަލްމާ ޙުސެއިން މައުލޫމާުތު ދެއްވިއެވެ.
މިކަން ލަންދޫ ކައުންސިލް އިދާރާ މެދުވެރިކޮށް ފުލުހުންނަށް އެންގުމުން މިއަދު ހެނދުނު 10:30 ހާއިރު ފުލުހުންގެ 3 ބޭފުޅުން ލަންދުއަށް ވަޑައިގެން އެކަން ތަޙްޤީޤު ކުރައްވަމުން މިހާރު އެބަގެންދަވައެވެ.

ސަލްމާ ފިޔަވާ "އޮއިވަރު" ގޭ އެންމެން މިވަގުތުވަނީ ބޭސްފަރުވާއަކަށް ރަށުންބޭރަށް ގޮހެވެ. ސަލްމާ ބުނީ ތުހުމަތު ކުރެވޭ އެއްވެސް މީހެއްގެ ނަން ބުނަން ނުކެރޭނެކަމަށެވެ. "އެހެންވެ އަޅުގަނޑު ބުނާނީ ތުހުމަތު ކުރެވޭމީހަކު ނެތޭ" މިއަދު ލަންދޫއިންފޯއަށް މަޢުލޫމާތު ދެމުން ނ.ލަންދޫއޮއިވަރު ގޭގެ ވެރިމީހާ ނ.ލަންދޫ މުދިމް އަލްފާޟިލް ހުސެއިން އާދަމްގެ ދޮށީ ދަރިފުޅު ސަލްމާޙުސެއިން މިއަދު ބުންޏެވެ.
މިކަމާ ގުޅޭ ތަފްޞީލް ލިބެމުން ދިޔަވަރަކުން ކިޔުންތެރިންނަށް ގެނެސްދެވޭތޯ ބަލަމުން ދާނަމެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments