• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ފިނިހަކެއްގެ ކިބައިން ފިލާވަޅެއް

Posted by faradays on Sunday, March 20, 2011 No comments

ކުދިންނޭވެ! އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ހިތައި ސޮހޮލުނުވާށެވެ! ތިބާއާ ކުރިމަތިވާ ކޮންމެ މައްސަލައެއް ޙައްލުކުރުމަށް ގޮތެއް އޮންނާނެ އެވެ. އެއް ގޮތުން ކާމިޔާބު ނުވެއްޖެނަމަ، އަނެއް ގޮތަކުން ކާމިޔާބުކުރެވޭތޯ ބަލާށެވެ! ކާމިޔާބު ކުރާނޭ ގޮތް ތިބާއަށް ނޭނގިއްޖެނަމަ، އެހެން މީހެއްގެ ތަޖުރިބާގެ ބޭނުން ހިފާށެވެ!

ފޮޓޯތަކުގައި އެވަނީ ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އޭގައި އެވަނީ ފިނިހަކެކެވެ. ނުވަތަ ގޮޅައެކެވެ. މި ގޮޅައި ފިނިހަކަށް މަގު ހުރަސްކުރަން ދަތިވި ހިނދު، ކަންކުރި ގޮތް ނިކަން ދެކިބަލާށެވެ!

ޙައްލެއް ހޯދަން މަސައްކަތްކުރަނީ އެވެ.

ހުރިހާ ގޮތަކަށް ނަޒަރުހިންގައި ބަލަނީ އެވެ.

އެންމެ ރަނގަޅު ގޮތް ވިސްނުމުން އެގޮތް ތަންފީޒުކުރަނީ އެވެ.

ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުންކުރަނީ އެވެ.

އީޖާދީ ޙައްލެއް ހޯދައިފި އެވެ.

ކާމިޔާބުގެ ފާލަމެއް އެޅީ އެވެ.

އާޚިރުގައި، މަޤުޞަދު ޙާޞިލުކޮށް މަގުހުރަސްކުރީ އެވެ.

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments