• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އާދޭސްކުރަންވީހޭ، އާދޭސް އަހާނަންހޭ، ރޮއިފާބުނަންވީހޭ، ހެވިފާ އަހާނަންހޭ

Posted by faradays on Tuesday, March 22, 2011 1 comment

 
ޢާޝިޤީ މައިދާނުގާ  ފަރުހާދު  ހުއްޓާ  ކުޅިބަލަން،
        ފާސިޤަކު އޭނާގެ ވިއްކާލައިފި،    ގޮސް  ލަގަނާ  އަހާ 
އަހަރެން ހިތާމަކުރަމެވެ. ހިތުގައިވާ ރިހުމަށް ލުޔެއް ނުލިބެއެވެ.

އަހަރެން ވިސްނާ ފިކުރުކުރަމެވެ. ޚިޔާލުތަކަށް އަލިމަގެއް ނުފެނެއެވެ.

އަހަރެން ދުނިޔޭގެ ދެކޮޅު ހޯދަމެވެ. އެކަމަކު، މަންޒިލެއް ނުލިބުނެވެ.


ދުނިޔޭގެ ދިރިއުޅުމުން އަހަންނަށް ފެނުނީ އެންމެ އެއްޗެކެވެ. އެއީ ކަލާއެވެ.

އަހަރެންގެ ހުރިހާ އުފަލަކީ ކަލާއެވެ. އެވާހަކަ ބުނަންވެސް ބުނީމުނޫންހެއްޔެވެ؟

އާނ އެކޭ ބުނުމުގެ ގޮތުން ކަލާ އަހަރެންގެ އަތުގައި ހިފީމު ނޫންހެއްޔެވެ؟


އެރޭ އަހަރެންގެ ހިތް އުފަލުން ފުރުނެވެ. މޮޔަވާވަރަށެވެ.

ކަލާގެ ފިނި ފޮނި ދެއަތުގެ ތެރޭގައި އަހަރެން ނަށަމުން ގެންދިޔައީމެވެ.

މަލުގެ ކަރުގަނޑުގެ ތެރޭގައި މާބުރު ކުރާ އުފާ އަހަރެން ކުރީމެވެ.


ފަސް ހަފްތާގެ ތެރޭގައި ކަލާ ބަދަލުވީއެވެ. ސަބަބުވެސް ނުބުނެއެވެ.

އަހަރެންގެ ޙަޔާތުގައި ހިތާމައިގެ ސާލެއް ލެވުނެވެ. އެހިނދުންފެށިގެނެވެ.

ހިތުގައިޖެހުނެވެ. ދެރަވެ ދުނިޔެމަތިން ފޫހިވެސްވެއްޖެއެވެ. ހިތްރޮއްވާލީތީއެވެ.

 އެކަމަކު ބުނަންހެއްޔެވެ
އަހަރެން ތިބާ އާއި ބައްދަލުވީ މި މަންޒިލުން ނެވެ.
އެ ދުވަހު ތިބާގެ ސޫރަ ދަސްވި އެވެ.
ތިބާގެ ފަރާތުން ލަފުޒެއް ދަސްކުރީމެވެ.
ތިބާގެ ހިތުން ޖާގައެއް ލިބުނެވެ. އެއްވެސް ބަދަލަކާ ނުލަ އެވެ.
ތިބާގެ އޯގާވެރިކަމާއި ހަމްދަރުދީ އިޙްސާސް ކުރީމެވެ.
ހަމަ މި މަންޒިލުގަ އެވެ.

ތިބާގެ ހަންހާރަކުރުމާއި، ލޯބިވެތި ޙަރަކާތްތަކުން ހިތް އޮޔާލީމެވެ.
ތިބާގެ އުންމީދުންފުރިގެންވާ ބަސްތަކުން، ކުރިމަގު އާރާސްތު ކުރުމަށް ހިތްވަރު ލިބުނެވެ.
ހަމަ މި މަންޒިލުގަ އެވެ.

ތިބާގެ ބަދަލުވަމުން ދިޔަ މިޒާޖު ދުށީމެވެ.
މި ކަމުގެ ހެކިވެރިޔަކަށް އަހަރެން ފުދެ އެވެ.
ހަމަ މި މަންޒިލުގަ އެވެ.

އޯގާވެރިކަމުގެ އަތް ދުރަށް ދާތީ ދުށީމެވެ.
ލޮބުވެތި ބަސްތައް މަދުވާން ފެށި އެވެ.
އެސް އެސް އެމް ތަކުގެ ރިޕްލައި ލަސްވާން ފެށިއެވެ.
ހަމަ މި މަންޒިލުގައެވެ.

އެކަނިވެރިކަމާއި މާޔޫސްކަން އިޙްސާސް ކުރަމުންދިޔަ ހިތުގެ އަޑު އެހީމެވެ.
ކެތްތެރިކަމާއެކު ހިންދަމުން ދިޔަ ކަރުނަތައް ދުށީމެވެ.
ހަނު ހުރެގެން، ހިތާއި ސިކުނޑީގައި ހަނގުރާމަކުރި މަންޒަރު ތަސްވީީރު ކުރީމެވެ.
ހަމަ މި މަންޒިލުގަ އެވެ.

މިއީ އަހަރެން ލޯބި ދަސްކުރި މަންޒިލެވެ.
ވަފާތެރިކަމާއި ބޭވަފާތެރިކަން މިންކުރި މަންޒިލެވެ.
ހިމޭންކަމާއި އެކަނިވެރިކަމުގެ ރަހަ ލިބިގަތް މަންޒިލެވެ.
 އެކަމް އަދިވެސް އަހަރެންގެ ހިތް ބުނަނީ

ތިޔަ އުފާ ދުނިޔޭގެ ހުރިހާ އުފަލަކަށްވުރެ އިސްކުރާނަން
       ތިޔަ އުފާވެރި ލޯބިވެރިޔާއަށްޓަކައި  ހިތް  ހުސްކުރާނަން
         ތިޔަ ހިމޭން ފިނި ހިޔަލުގައި   އުފަލާއެކީ ޚިދުމަތްކުރާނަން
          
  ތިޔަ ނަޒަރު ސީދާ ވުމުންނޭ ވިންދު   މޭގާ އުފެދެނީ ވެސް
       ތިޔަ މިތުރު ހިނިތުން ވުމުންނޭ ހިތްމަގޭ ހިނގަމުންދަނީ ވެސް
         ތިޔަ އަސަރު ހަދިޔާ ވުމުންނޭ  ރޫޙު  ހަށިގަނޑުގައިވަނީ ވެސް
          
        ހަތުރުނާ އަދި ދުޝްމަނުން ނަފުރަތުގެ ކަނޑިތައް އުފުލިޔަސް ވެސް،
           މިތުރުނާ ރަޙްމަތްތެރިން ނުރުހުންވެ ޢުމުރަށް ވަކި ވިޔަސް ވެސް،
              ހަތަރު އުދަރެސް ގާތްވަމުން އައިސް، ޖާނު އެކު، ފިއްްތާލިޔަސް ވެސް،
                     
  ރާޅުތައް އައްސޭރިތަކުގައި މެދު ނުކެނޑި ބޮސްދޭ ފަދައިން
          ވާރެޔާ   ވާރޭވިލާ ތައް، އެކު އެކީ     އުދެހޭ ފަދައިން
              ޔާރު މިހިތާ ރޫޙުގައިވީ ގުޅިފައޭ  ނޭވާ       ފަދައިން
                      
     ހިތް މި ހެން އެދުނަސް،  ބަދަލުވާ ޤުދުރަތީ  ޤާނޫނުގާ
         ދެން ނެތޭ ގުޅިގެން އެކީ އުޅުމަށް ތަނެއް މި   ޙަޔާތުގާ   
             ބިން، އުޑާ އޮތް ދުރުމިނަށް، މި ދަނީ ދުރަށް މަޖުބޫރުގާ 
                  
  ލޯބިވާ ނެތި  ކިހިނަކުންތޯ   ނޭވައެއްލާނީ   އަލުން  
          ލޯބިވާ ވަކިވުން އެއީ  ޖަޒުބާތުތަކުގާ    ޒަހަރުލުން
             ލޯބިވާ ދިޔުމީ   އެއީ ނަފުސާ ފުރާނަ ހަށިންް ދިޔުން
                 ލޯބިވާގެ ހިޔަނި ފެނޭތޯ ވެސް، އެހެންނަމަވެސް  ލޮލުން
                         މި އަދުވެސް އަދި މާދަމާވެސް މުޅި  ޢުމުރުވެސް ކެތްކުރާނަން 

1 comments:

އެއީ ކާކް ކަން ބުނެދީބަލަ.އަހަރެން ވަރަށް ބޭނުން

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments