• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

އޭރު އަހަރެންގެ އެސްއެމްއެސް އަށް އިންތިޒާރު ކޮއްފަ މިއަދު އަހަރެން ގުޅީމަ ފޯނު ނިއްވާލީ ކީއްވެހެއްޔެވެ؟

Posted by faradays on Tuesday, March 22, 2011 No comments

މިރޭ އަހަރެން ބޭނުމީ އަނދިރީގައި އޮންނާށެވެ.
ޙަޔާތުގައި ދިއްލި ހުޅުކޮޅު ނިވެމުންދާތީއެވެ.
ދިރިއުޅުމުގައި އަހަންނަށް ލޯބި ދަސްވީ ކަލާ ފެނުމުންނެވެ.
އިޝްޤީ ޖަޒުބާތުގެ އޮއިވަރު ހިތުގައި ދައުރުވީ ކަލާގެ ތުނިތުނި ނާޒުކު ތުންފަތް ފެނުމުންނެވެ.

ދިރިއުޅުމުގެ ހިތްހަމަޖެހުން ލިބެނީ ކަލާގެ ލުއި ހިނިތުންވުން ފެނުމުންނެވެ.
ޙަޔާތުގެ ދަންމަރުގެ އަލިކަން އިތުރުވީ ކަލާގެ ތޫނު ކަޅިރަވައިގެ ސަބަބުންނެވެ.
ހިތުގެ ހުރިހާ ރިހުމެއް ފިލަނީ ކަލާގެ ނާޒުކު އަޑުގެ މިޔުޒިކުންނެވެ.
ދިރިއުޅުމުގެ ހިތްހަމަޖެހުން ލިބެނީ ކަލާގެ މަސްތީ ބީހިލުންތަކުންނެވެ.

އެހެނަސް، އުންމީދުން ފުރިގެންވާ ހިތް، މިލާ މޯޅިވެ މަރުވެއްޖެއެވެ.
މަންޒިލަށް ދާން އެޅި ހުރިހާ ފިޔަވަޅެއް ކުއްލިއަކަށް ހުއްޓުވަންޖެހިއްޖެއެވެ.
މިސްރާބުން ހަޔާތުގެ ނައު ކަސިޔާރުވެގެން ހިނގައްޖެއެވެ.
މިއަދު، ކުށްވެރި ކުރާނެ މީހެއް އަހަންނަކަށް ނޭނގެއެވެ.

ބުނާތީ އަޑުއަހަމެވެ. ވަޢުދުވަނީ އެއާއި ޚިޔާފުވުމަށެވެ.
ތެދުވެރިން މަދު ދުނިޔެއެއްގައި މިހެން ވާނެކަން އިނގެއެވެ.
އެކަމަކު ޝަކުވާއެއްވެސް އެބައޮތެވެ. އަހަރެންގެ ހިތްއުފާކޮށްދިނީ ކީއްވެގެން ހެއްޔެވެ؟
އޭރު އަހަރެންގެ އެސްއެމްއެސް އަށް އިންތިޒާރު ކޮއްފަ މިއަދު އަހަރެން ގުޅީމަ ފޯނު ނިއްވާލީ ކީއްވެހެއްޔެވެ؟

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments