t
ލަންދޫ ރައްޔިތުން ސިޔާސީ ގޮތުން ހޭލުންތެރި ބަޔަކަށް ހެދުމަށް ކަމަށް ބުނެ ވެބްސައިޓެއް ވުޖޫދަށްގެނެސް މިނިވަން ނޫސްވެރިކަމޭ ކިޔާގެން އަންގަަ ކޮފާތީ މި ކަމުގައި ބައިވެރިވާ އިސްވެރިންނާއި ތިމާ ވަރުގެ ދޫހެލޭ މޮޅު މީހަކު ނެތިގެން އަދި ތިމާވަރުގެ ލިޔުންތެރިއަކު ނެތިގެން ނުވިތާކަށް ތިމާވަރުގެ ދީނީ އިލްމުވެރިއަކު ނެތިގެން ވައުދާއި ނަސޭހަތް ދެމުން އެނަސޭހަތުގައި ތިމާ ކޮޅުފައިން ޖަހަމުން ދުވާ ރިޕޯޓަރަށް
ވެދުން ސަލާމަށް ފަހު ވަރަށް އަސަރާއި އެކު ނަސޭހަތާއި ފަޞީހަތުގެ ދެތިން ބަހެއް ބުނެލަމެވެ.
އަޅުގަނޑަކީވެސް މަދުދުވަސްކޮޅަކަށް ނަމަވެސް ސޭހާއި ނުހަނު ކައިރީގައި އުޅުނު މީހެއްކަމުގައިވާތީ ސޭހާއި، ސޭހްު ތިޔަ ނިސްބަތްވާ އާއިލާ ވަރަށް ރަގަޅަށް ދަންނަ މީހެކެވެ. ބޭރުފުށުން ކިތަންމެ ރީތި ކުލައެއް ދައްކައިގެން އުޅުނަސް އެތެރެ ވަރަށް ހަޑިވާނެކަން އަޅުގަނޑު ލަންދޫގެ އެހެން ރައްޔިތުން ފަދައިން ގަބޫލު ކުރަމެވެެ. ނުބައި ރޭވުންތަކާއި ރުޅިވެރިކަމާއި ޙަސަދަ މީސްމީހުންނަށް ފިލުވާނެ މޮޅު ގޮތަކާއި ދަނޑިވަޅަކަށް ތިބޭނީ އަބަދުމެ ބަލަބަލަާ ކަން އަޅުގަނޑައް އަލަކުން މީހަކު ކިޔާދޭކަށެއް ނުޖެހޭނެއެވެެ. އެއީ ކުރާކަންތަކުގައި އިޚްލާޞްތެރި ކަމެއްނެތް ހަރުދަނާކަމެއްނެތް ޒިއްމާދާރުކަންކުޑަ މީހަކަށް ސޭހު ވާތީ ކަމަށްވެސް ވެދާނެއެވެ
އަޅުގަޑަކީ ސޭހް ގަބޫލްކުރާ ފަދައިން އަދި މީގެކުރިން އަޅުގަނޑަށް ނިސްބަތްކޮއް ސޭހް ލިޔުންތައް ލިޔެ ނުވިތާކަށް ފާޑް ފާޑް ނަންނަމުގައި އެލިޔުމަށް އަމިއްލައަށް ކުރި ކޮމަންޓް ތަކުގައި ލިޔުން ފަދައިން ނުލަފާ ވީމަ އެކަމުގައި ހައްދުފަހަނައަޅާވެސް ދާނެ މީހެކެވެ. އެއީ ފަހަރުގައި ސޭހަށް ލިބިފައި ހުރި ވަރަށް ކަންކަން އޮޅުވާލުމާއި ހިލޭ އަންހެނުން ގެންގުޅުމާއި ޒިނޭއަށް މަގުފަހިވާގޮތަށް އެކަނިވެރިކޮށް ކުލާސް ރޫމު ތަކުން ކަރަންޓް ކަނޑާލައިގެން އަންހެންޓީޗަރުންނަށް ލެސަން ޕްލޭނު ހަދަން ދަސްކޮއްދިނުމަށް މިސްރުގެ އަޒްހަރުން ދަސްވެފައި ނެތް މީހެއް ކަމުން ކަމަށް ވެސް ވެދާނެއެވެ.
ލޮބުވެތި ސޭހާއެވެ. ތިޔަ ވެބްސައިޓެއް ހެދިންސުރެ އަބަދުމެ ލިޔަމުން ތިދާ ލިޔުންތަކުން އިތުރަށް ލަންދޫ ހަލާކެއްގެ ތެރެއަށް ވެއްޓެމުން ދާކަމަށް އިޖްތިމާއީ ގޮތުން ލިޔަމުން ދާ ތިޔަ ރިޕޯޓަރަށް ހުވަފެނަކުންވެސް މޭރުން ނުވީތީ ހަމަހޭގައި ހޭލާ ހުއްޓައި އަޅުގަނޑުގެ މި ލިޔުމުން ބުނެދޭން ގަސްތު ކުރެވުން އެއީވެސް ސޭހުގެ ފުރާނަޔަށް ހެޔޮ ކަމެއް ހޯދައި ދިނުމަށް ކުރެވޭ ނުބައިކަމެއް ކަމަކަށް ނުދެކެމެވެ. ކޮންމެ ނިޔަތެއް އޮތްނަމަވެސް މިހާތަނަށް އެޑިޓަރު މާއްޔަށް ދައްކައިގެން ތިޔަ ފިލުވަނީ މުޅިންވެސް ހަސަދައެވެ. ސޭހުގެ ބޭނުމަކީ ވަކި ބަޔަކާއި ޖައްސާލާގެން ހަސަދަގަނޑެއް ފިލުވާލުންކަން ވަރަށް ބޮޑަށް ގަބޫލުކުރަމެވެ. ސޭހުގެ ދެލޯ ސަލާމަތުން ނެތީތޯއެވެ ނޫނީ ސޭހަކީީ އެއް ލޮލުންބަލާ ލުއްޗާއަކީ ތޯއެވެ.
ފޮތެއްގައި ލިޔެގެން އެހެންނޫނީ މީހަކު ލިޔެފައޮތްއެއްޗެއް ބަލައިގެން ވެސް ކުއްނުޖައްސާ މާތްﷲށް ހަމުދުކޮށް މާތް ރަސޫލާއަށް ސޮލަވާތް ކިޔަންވެސް އުނދަގޫ ސޭހާއެވެ.
ފަރުހާދު ރައްޔިތުން މަސައްކަތަށް ދާނީ ހިތަށް އެރިއްޔާއެވެ.ދެން މިކަމާ އަޅުވާ ފާޑްފާޑް ނަންނަމުގައި ލިޔުން ތަށް ނުލިޔާށެވެ. އަހަރެން ބިރު ގަންދުވަން ނަހަދާށެވެ. އިތުރަށް މިކަން ކޮއްފާނެތީ ބުނެލާހިތް އޮތީ"ވަޅު ކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ"."ފުރިފަ ހުރިނަމަ ގުޑްގުޑެއް ނާޅާނެއެވެ"."ކަނޑްވީމަ ކަނޑްވެދާނެތީ ގަންނަބިރު ކުޑަވާނެއެވެ"ރާއްޖޭގެ އެންމެ އަދަބު ބޮޑެތި ޖަލްތަކުގެ ކުޑަ ގޮޅީގައި އޮވެލުމުގެ ނަސީބު ފަރުހާދަށް ލިބުނީމަ އެކަމުގެ ބިރުވެސް ކެނޑިއްޖެއެވެ.ރާއްޖޭގެ މަސްހޫރު ހުރިހާ ކޯޓެއްގެ ދޮރުން ވަދެވުނީމަ އެކަމުގެ ބިރުވެސް ފަހަނައަޅާ ހިގައްޖެއެވެ..ތަހުގީގުގައި އަދަދު ނުކުރެވޭހާ ގިނައިން އެކިގޮތްގޮތަށް ބިޑި އަޅުވާފަ ވިޔަތީ ނަސީބަކުން އެބިރުވެސް މުޅިންމެ ނެތިއްޖެއެވެ.އެހެން ނޫނަސް ލަންދޫ ޖެޓީ އެޅުމުގެ މަސައްކަތަށް ރައްޔިތުން ބަންދަށް ގޮވާފަ އޮއްވާ އަދި ރަށްޔިތުން އެމަސައްކަތް ކުރަމުން ދަނިކޮށް ސޭހު މާލޭގައި ހުރި ރަށްޓެއްސަކަށް ކައްޓަ ފޮނުވަންޖެހޭތީ މިއަދު މަސައްކަތު ދާނެކަމެއް ނެތޭ އެއްވެސް މީހަކަށް ނޭންގޭނޭ ބުނެ އަހަރެން ގޮވައިގެން އެތެރެފަޅަށް ކައްޓަ ހިފަން ދިޔަ ހަނދާން ނެތުނީތޯއެވެ. އޭރު އަހަރެން މީ އާދާގެ ޗަލޯ ސޮރަކަށް ވިޔަސް ސޭހްވީ އެތައް ކުދިންނަކަށް ނަމޫނާ ދައްކަން ހުރި މުދައްރިސަކަށް ނޫންތޯއެވެ
ސޭހަށް ގަބޫލް ކުރަން ދަތި އަދި ކައުންސިލްގެ ރައީސް ކަން ލިބިދާނެތީ މެމްބަރުންނަށް ބިރުދެއްކިޔަސް ގާނޫނަކުން ބާރުލިބިދިން ލަންދޫގެ ކައުންސިލްގެ ރައީސް މުހައްމަދުފަޔާޒާއި، ލަންދޫ ސުކޫލު ދޮޅު އަހަރު ނުވަނީސް އެތަށް ގޮތަކުން އިއްޔެއަށް ވުރެ ކުރިއަށް ޖައްސާލި ހެޑް އޮފް ސުކޫލް މުހައްމަދު އިބްރާހިމާއި، ލިޔެސްގެ ކުރީގެ ރައީސް ހަފްސީ އަބުދުއްﷲއާއި، ހަމަ އެ ޖަމްއިއްޔާގެ ނައިބްރައީސް ސަލީމު ހުސައިނާއި، ނުވިތާކަށް އަޅުގަނޑު ފެނިގެން ފަހަތު އަޅުވާލައިގެން ތިޔަ ތެޅެނީ ސޭހު ކޮންސޫރަތަކުން ނުވަތަ ކޮން ހަދީޘަކުން ލިބިދިން ދީނީ ބާރަކުންތޯއެވެ. ތީވެސް މުޅިއަކުން ގޯސް ގޮތެއްވެސް ނޫނެވެ. ފަރުހާދުވިޔަސް މުހައްމަދު ވިޔަސް މެއްޑޯ ވިޔަސް ފަޔާޒް ވިޔަސް ޚިޔާނާތެއް ވެއްޖިއްޔާ ރައްޔިތުންނަށް އޮޅުން ފިލުވައިދޭންވާނެއެވެ. ދެކޮޅު ރަނގަޅަށް ބެލުމަށްފަހު ޙަޤީޤަތް އަންގައިދޭން ޖެހޭނެއެވެ.
އެކަމަކު ދެރަކަމަކީ ކުޑަމިނުން ސޭހަށް އެވަރު ނޭނގޭތީއެވެ. އެއް މުއައްސަސާއެއްގައި ވަޒީފާ އަދާކުރަމުން ދާ ބޭބެ އާއި ބައިވެ ކޮށްފައިވާ ވައްކަންތައް އެންޓިކަރަޕްސަން ކޮމިސަނުން ބަލަމުން ދާއިރު ސޭހަކަށް ނުވަތަ ތިޔަވަރުގެ އިންފޯއަކަށް އިޖްތިމާއީ ފޭރާން ބަލިކަށިވާނެ ކަމާއި އެތަށް ސަތޭކަ ކުދިންނަށް ކިޔަވައިދޭ އެދުރުބަޔަކު ކޮއްގެން ނުވާނެ ކަމެއްކަމަކަށް ބުނެ ލިޔެ ފޮޅުވަތެއްވެސް އަޅާލާކަށް ނުކެރުނެވެ. އަމިއްލަ ނަމުގައި ބެލެނިވެރިންގެ އަތުން ލާރި ނަގައިގެން ހިންގި ނާސަރީ ކުލާހަކަށް ވަޒީފާގެ ބިރު ދައްކައިގެ އަހަރެން ގެންގޮސް ކިޔަވައި ދޭން ބޭނުންކުރި އިރު ސޭހު އެވާހަކަވެސް ލިޔެލާނަމަ ހާދަ ރަގަޅުވާނެއެވެ. މިކަމަށް އިންކާރުކޮށް ނާސަރީ ކުލާހަށް ހިލޭ ސާބަހަށް ކިޔަވައިދެން ނުދިޔަ ސަލީމަށް ލަންދޫ ސުކޫލުގެ އޭރުގެ އިސްވެރިންގެ ގޮތުގައި ތިބެ ސޭހާއި ސޭހުގެ ބޭބެ ހެދި ހިތިގޮތް މިއަދުވެސް ހިތަށް އެރިޔަސް، ސޭހު މިއޮށް ނުލަފާމީހާ ކަމަށް ބުނާ އަހަރެންވެސް ފެންކަޅިވެއެވެ. ސުނާމީގައި ބޭރު ގައުމުތަކުން ނާސަރީ ކުލާސް ތަކުގެ ކުދިންނަށް ބަހަން ދިން އެތަށް ހާސް ފޮތް ފަންސުރަކާއި އެކިއެކި ހިފާ ގެންގުޅޭ ތަކެތި ބޮޑެތި ސަންދޯކު ފޮށިތަކުގައި ގެނަސް ގެއަށް ގުދަންކޮށް އޭރު ނާސަރީގައި ކިޔަވަމުން ދިޔަ ކޮންމެ ކުއްޖަކަށް ދެފޮތާއި ހައެއްކަ ފަންސުރާއި ދީ ނިންމާލިއިރު ބާކީ ހުރި އެތަށް ހާސް ފޮތަކާއި އެތަށް ހާސް ގަލަމަކާއި އެނޫންވެސް ސުކޫލަށް ބޭނުންވާނެ ލިޔެކިޔުމުގެ ސާމާނާއި ޓެންޓް ޖަހަން ދިން ސަތަރި ތަކާއި ކުޅިވަރު ކުޅެން ދިން ބޯޅަތަކާއި ހިފާގެންގުޅޭ ސާމާނު ތަކަށް ވީގޮތުގެ ވާހަކަ ނުވަތަ ހެދި ގޮތުގެ ވާހަކަ ނުލިޔާތީ ސޭހު ކަންކަމަށް ތިޔަހުންނަ ފޯރިއާއި މެދު ހާސްވަނީއެވެ. ރަށުގައި ހަމައެކަނި ޑޮކްޓަރީބޭސް ވިއްކުމަށް ހުރި ފާމަސީގައި ފާމަސިސްޓަކު ނެތީމައި މިރަށުގައި ހިނގާ ކަންކަމަށް އާންމުން ލޯ ހުޅުވާ އިންފޯ އާއި ސޭހު ކަންބޮޑް ނުވަނީ އިންސާނިއްޔަތާއި ދޭތެރޭ ވިސްނާތީހެއްޔެވެ. މިކަހަލަ ވާހަކަތަކަކީ ދުނިޔެއަށް ނޭންގޭނެ ބޮޑެތި ސިއްރުތަކެއް ކަމަށް ހަދަން ބޭނުންވާއިރު މި ފަދަ މައުލޫމާތުތަށް ހުރި މީހުންނާއި އަޅާގަނެގެން ނުތެޅުމަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމެވެ. އެހެންނޫނީ މިކަހަލަ ހާސް ހާސް ކަންތައް ފަޅާއަރުވާލާނަމެވެ. ސޭހު ލަދު މާބޮޑަށް ގަނެދާނެތީ އަދި މީ އަހަރެން އަޅާލި ފޮޅުވަތެއް ކަމަށް ހީކޮށް ލާށެވެ.
ލޮބުވެތި ސޭހާއިއެވެ.ސޭހައް ކުޑާމިސް ވާގޮތަށް އަހަރެން ލިޔަން ގަސްދުކުރާ އެންމެ ފުރަތަމަ އަދި އެންމެ ފަހު ލިޔުމަކަށް މިލިޔުން ވާން އަހަރެން ބޭނުން ވާތީ ނިންމާލާހިތް އޮތީ އަދިވެސް ދެކަމަކަށް އަލި އަޅުވާލަމުންނެވެ.
އިސްލާމްދީނާއި ގުޅޭ ލިޔުމެއް ސޭހު ލަންދޫއިންފޯގައި ލިޔާކޮންމެފަހަރަކު ސޭހުގެ އާއިލާމީހަކު ހައްޖަށްގޮސް ނުވަތަ އުމުރާގައި އުޅޭ ތަސްވީރެއް ޖަހާއިރު ކޮންމެ ނުބާކަމެއްގެ ވާހަކަތަށް ޖަހާއިރު ކަމާއި އެއްވެސް ގުޅުމެއް ނެތް ލަންދޫގެ މީސް މީހުންގެ ފޮޓޯ ތަށް ޖަހާ ހެދޭދޯއެވެ. ސޭހު ހެޔޮއެދިފަ ބުނަންތަ! އެފަދަ ލިޔުން ތަކުގައި ސޭހު ޖަހަމުންދާ ފޮޓޯ ތަކުގައި ތިބޭ މީސްމީހުންނަކީ ކޮންމެ ނަޒަރިއްޔާތަކުން ބެއްޔަސް ސޭހުގެ އާއިލާ މީހުނަށް ވުރެ މާ މާތް ބައެއް. އެފަދަ ފޮޓޯ ތަކުގައި ހުރި ކޮންމެ މީހަކީ އިއްތިފާގުން ނަމަވެސް ލޮބުވެތި ދަރިން ތަކެއް މި ބިމަށް ތަރުބިއްޔަތު ކޮއްދިން ބައްޕައެއް. އެމީހުންގެ މަސައްކަތްތަކުގައި އޮޅުވާލުމެއް މަކަރެއް ހީލަތެއް ނެތި ޕެންސަން ވެފަ ތިބި ތައުރީފް ހައްޤް ބައެކެވެ.
ލަންދޫގައި ގާއިމްވެފަ ހުރި މުއައްސަސާތަކުގެ ވެރިކަމާ ހިފަން ނޫޅޭށެވެ.ކޮންމެވެސް ނަމެއްގައި ދީން އަށްޑަނައަކަށް ހަދައިގެން ޖަމްއިއްޔާއެއް ހަދައިގެން ލާރި ގަނޑެއް ޕަކަޅާ ކޮއްލެވޭތޯ ބަލާށެވެ.
ސުކުރިއްޔާ
ފަރުހާދު ހުސައިން
ސާމަރާގެ / ނ.ލަންދޫ
ސޭހު އަބޫދު ޖާނާއަށް
ކޮޕީ:
ހަފަރާތް ނުފެންނަ އެޑިޓަރަށް







9 comments:
asl thee varah bodu thedheh.heevaakahala mee landhooge dhaadhaa ey.irak maa mathivegen thelhunas miadhu dhen thi ulhen jehey gothun hih aasumaanah naarabala.hasadha nuvey moosaa.kaley kurikanthah thah falhaa aruvaa hadhanee hama kaleyge sababun.moosa kobaa heevitha.kaleyah noonas liyan engey hen
ey haadha vareh thi aruvaalee.mioh hurihaadhuvahu ehchehi thakeh copy kohkohfa.asl ginain mikahala liyun liyebala.varah gadha youge bro eh noontha landhoo info hinganee
ފަރަޑޭ އަސްލުވިސް ތީ ބޮޑްވެއްޖެ ބަލާއެއް.ސާބަސް ތިޔަ ކުރި މަސައްކަތަށް
konkamakaatha you aa alHaagathee.you tha eyna thaslee ah kuri phone adu ehee
oh adhives maa madhu thikuri varu ekamaku vaa.dhen faharakun ehcheh jehumuge kurin my ah gulhaalahchey.hihsaa kohlan jehey baivaru vaahaka ebahuri
ތި ސޭޚު އެބަ ހޯދާ ސަރުކާރުން ހުކުރު ހުތުބާ ލިޔަން .ފަހަރުގައި އިސްލާމިކް މިނިސްޓަރު ކަންވެސް ދީފާނެތާ
varah reethi photoeh dhentha seyhuge ethaa jahan
faraday haadha varekey dho thi aruvaalee mioh hurihaa dhuvahu koppy liun thah jeheeme saporteh nulibuneh nun ekam balaabala mi liumah saport lbun varu gadha kae adhive thi sahih ge gina siru vaahaka thah aharemen kiuntherin vvv bodah adu ahaalan beynun v maa ummeedhu kuran mikahala ethah liunthakeh fennane kamah adhi nenge dho thi shaih aharemennaa dheytherey kanthah kohlaafa huri gotheh vess nege dho thi meehehge hageegai balan vv bodah fen bovaagan fa mithibee shukuriyaa faradays a hero in a ..... heheheheheh
kobaa kalo heevitha.dhen ves meehunaa nubeheythi.mivaru kohleethee faraday ah thanks.adhi varah avahah keumakah dhauvathuves dheynan
Post a Comment
މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ