• RSS
  • Delicious
  • Digg
  • Facebook
  • Twitter
  • Linkedin
  • Youtube

ލޯބިވެރިޔަކު ހޯދަން ފަންޑިތަ ހެދުމަކީ ކޮންކަހަލަ ކަމެއް

Posted by faradays on Thursday, April 07, 2011 No comments

لحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މުއުމިނުންނަށް ކޮންމެ ކަމެއް ބޮޑުވިކަމުގައިވީ ނަމަވެސް އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ. މާތް ﷲ ވަހީކުރައްވަނީ: (وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ) غافر: 60  މަނާއި: “އަދި ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހް ވަޙީކުރައްވައެވެ. ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުޢާކޮށް ދަންނަވާށެވެ، ތިމަން ﷲ އިޖާބަ ކޮށްދެއްވާނަމެވެ.” އެހެންކަމުން ހިތްއެދޭ ކުއްޖަކު ހޯދުމަށްވެސް ކުރުމަށް އެންމެ ރަނގަޅު ކަމަކީ ގިނަގިނައިން ދުޢާކުރުމެވެ. މުއުމިނުން އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާ ﷲ ރައްދެއްނުކުރައްވާނެއެވެ. އެހެނީ މުއުމިނަކު ދުޢާ ކޮށްފިނަމަ ތިން ކަމުން ކުރެ އެއް ކަމެއް އެމީހަކަށް ދެއްވާނެއެވެ. އެއް ގޮތަކީ ސީދާ އޭނާގެ ދުޢާ އިޖާބަ ކުރެއްވުމެވެ. އަނެއް ގޮތަކީ އެއަށްވުރެ ރަނގަޅު އެހެންގޮތެއް މެދުވެރި ކުރެއްވުމެވެ. ތިންވަނަ ގޮތަކީ އޭނައަށް ދިމާވާން އޮތް ބޮޑު މުޞީބާތަކުން ސަލާމަތްކޮށްދެއްވުމެވެ.
އެހެންކަމުން ފަންޑިތަހަދާ ބިދްޢަވެރިން ކައިރިޔަށް ދިޔުން ހެޔޮނުވާހުއްޓެވެ. އޭގެ ބަދަލުގަ ތިމާ އަމިއްލަ އަށް ބޭނުން ބަހަކުން ދުޢާ ކުރުން މޮޅުއިތުރުވެގެންވެ އެވެ.
والله أعلم

0 comments:

Post a Comment

މިލިޔުމަށް ކޮމެންޓްކުރެއްވުމަށް ތިރީގައިވަ ގޮޅީގައި ލިޔުއްވާ

 
  • Blogroll

  • Consectetuer

  • Popular

  • Comments